10 ޑިސެމްބަރ 2021 - 14:04
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ޑޮކްޓަރަށް ދައްކަން ނުދާ މީހުންގެ އަދަދު ގިނަ ކަމަށް ބުނެ އެ އަދަދާއެކު، އެ ހޮސްޕިޓަލުން ޓުވީޓް ކުރުމުން މީހުން ރުޅިގަދަވެ، ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފި އެވެ.
އައިޖީއެމްއެޗުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ނުދާ މީހުންގެ އަދަދު މިދިޔަ ބުދަ ދުވަހު 189 އަށް އަރާ ކަމަށެވެ. އެއީ 38 ޕަސެންޓު މީހުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މިއީ މި ގޮތަށް އެ ހޮސްޕިޓަލުން މި އަދަދު ހާމަކުރި ފުރަތަމަ ފަހަރެވެ.
އެ ޓުވީޓަށް 100 އަށް ވުރެ ގިނަ މީހުން ރައްދު ދީފައިވާ އިރު، އެންމެން ކަހަލަ ގޮތަކަށް ބުނެފައި ވަނީ ޑޮކްޓަރަށް ދައްކަން ނުދަނީ އެޕޮއިންޓްމެންޓް ހައްދާތާ އެތައް މަހެއް ފަހުން ވެސް ނަމްބަރު ނުޖެހޭތީ ކަމަށެވެ.
Appointment hahdhaafa male’ anna meehaa e doc ah dhekkumah mas dhemas dhuvas heydhavaa iru male’ ga hurumah dhaa haradhuves hospital in cover kohdheynama thi vaahaka aaai thi adhadhu thah kiyaakah nujeheyne
— ℝ𝕖𝕖𝕙𝕒𝕟 𝕀𝕓𝕣𝕒𝕙𝕚𝕞 ⚖️ 🇵🇸 (@R6VR46) December 9, 2021
"އެޕޮއިންޓްމެންޓް ބުކް ކޮށްފައި ނުލިބި ލަސްވެގެން ފުރައިގެން ގޮސް ބޮޑު ސާޖަރީއެއް ހަދައި، ރަނގަޅު ވެގެން އަންނަން މަސް ފަހުން އެޕޮއިންޓްމަންޓް ދިނީމާ ކާކު ދާނީ؟" ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވި އެވެ.
This is very unfair data to present, there are so many factors to miss an appointment. Not sure who pressured IGMH to publish this data. @igmhmv kindly consider removing this data. There are better ways to deal with peoples behavior change. @MoHmv
— Abdul Hameed (@hamyds) December 9, 2021
އެ އަށް ރައްދު ދިން އަހުމަދު ނާއިލް މަނިކު ކިޔާ މީހަކު ބުނިގޮތުގައި އައިޖީއެމްއެޗުން އެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހެ އެވެ. އެޕޮއިންޓްމަންޓް ހައްދާފައި 3-4 މަސް ފަހުން އެޕޮއިންޓްމަންޓް ލިބޭއިރު، ވޭން އަޅާ މީހުން އެހެން ތަނަކަށް ގޮސް ޑޮކްޓަރަށް ނުދައްކާ ތިބޭނެތޯ އޭނާ ސުވާލު ކުރި އެވެ. އަދި ހުރިހާ ޑޮކްޓަރުން މަސައްކަތް ކުރަނީ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލާއި ކްލިނިކްތަކުގައި ކަމަށް އެ މީހާ ބުންޏެވެ.
ޝާކުވާ ކުރި ވަރަށް ގިނަ މީހުން ބުނީ، ރަށްރަށުން ބޮޑު ހަރަދު ކޮށްގެން މާލެ އައިސް އެޕޮއިންޓްމެންޓް ހަމަނުޖެހުނުމުން ފުރައިގެން ދާން ވެސް ޖެހެ އެވެ. އަދި ކިއޫއަށް މަޑުކޮށްގެން ތިބެ އެތައް ބަޔަކު މަރު ނުވާ ކަމެއް ވެސް ނޭނގޭ ކަމަށް އެއް ބަޔަކު ބުންޏެވެ.
Haha you should include the average waiting time for an appointment. Patients have died and have gone to other facilities and overcome the sicknes by the time your number is up. https://t.co/YG0j5omWuS
— shamun 🇲🇻 🇵🇸 (@shamoonsabig) December 9, 2021
"މި ހުރީ ވެއިޓް ލިސްޓުގެ 1،000 ވަނަ ލިބިފަ އިނގޭތޯ. ހަތަރު މަސް ވަންދެން ޑޮކްޓަރަށް ނުދައްކާ ހުރެވޭތޯ ބަލާނަން،" އެހެން މީހަކު ބުންޏެވެ.
އައިޖީއެމްއެޗްގެ ވެއިޓިން ލިސްޓުގައި ތިބި މީހުންގެ އަދަދުތައް ވެސް އާންމު ކުރުމަށް ބައެއް މީހުން ގޮވައިލި އެވެ. އަދި ރަނގަޅަށް ހިދުމަތް ދޭން ނުކުޅެދޭއިރު، ރައްޔިތުން ގޯސް ކުރަން ޓުވީޓް ކުރުމުން ވެސް ގިނަ ބަޔަކު ވަރަށް ބޮޑަށް އެ ހޮސްޕިޓަލަށް ފާޑު ކިޔެވެ.
އައިޖީއެމްއެޗުގެ ކިއޫގައި 10،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް "މިހާރު" ރިޕޯޓް ކުރުމާ ގުޅިގެން އެ ހޮސްޕިޓަލުން ވަނީ އެއީ ކޮވިޑް-19 އާ ގުޅިގެން އައި ބެކް ލޮގެއް ކަމަށް ބުނެފަ އެވެ. އަދި މަހެއްގެ ތެރޭގައި އެ މައްސަލަ ހައްލުވެ، އޭޑީކޭ ފަދަ އެހެން ޕްރައިވެޓް ހޮސްޕިޓަލްތަކާ އެއްވަރަށް ކިއޫ ރަނގަޅުވެ އަވަހަށް ސްޕެޝަލިސްޓުންނަށް ދެއްކެން ފަށާނެ ކަމަށް އައިޖީއެމްއެޗުން މިދިޔަ ސެޕްޓެމްބަރު މަހު ބުންޏެވެ.
ނަމަވެސް މިދިޔަ މަހު ފަހުކޮޅު ވެސް ކިއޫގައި ތިބި މީހުންގެ އަދަދު ބެލިއިރު ހިސާބުތައް ހުރީ އެއްވަރެއްގަ އެވެ. ބައެއް ޑިޕާޓްމަންޓުތަކުން އަދިވެސް 1،000-2،000 ދޭތެރޭ މީހުން ކިއޫގައި އެބަތިއްބެވެ.
އާބާދީގައި ލައްކައަކަށް ވުރެ ގިނަ މީހުން ހިމެނޭ މާލެ އިން ހިލޭ ބޭސްފަރުވާ ލިބޭ ހަމައެކަނި ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ. އެ ހޮސްޕިޓަލަށް ދައްކަން އަތޮޅުތަކު ތެރެއިން ވެސް ގިނަ ބަޔަކު މާލެ އަންނަ އިރު ޓެސްޓުތައް ހައްދަން ވެސް ދިގު ކިއޫއެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑު ކުރަން ޖެހެ އެވެ. އަދި ބޮޑެތި އޮޕަރޭޝަންތައް ނުކުރެވި ލަސްވާ ކަމުގެ ޝަކުވާ ވެސް އިންތިހާއަށް އޮވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމްއާރު ރިޕޯޓް
13 December 2021
މޯލްޑިވްސް ރިސާޗްގެ ރިޕޯޓުއިންއެގޭނެ އަތޮޅު ތަކުގެ ސިއްޚީ ހިދްމަތް ރަގަޅުވެގެންނޫނީ މާލޭގެ ހޮސްޕިޓަލްތަކުގެ ޚިދްމަތް ރަގަޅުނުވާނެކަން. ރިޕޯޓަށް އިންތިޒާރުކޮށްގެން މިތިބީ. https://maldivesresearch.org/news/press-release-keynote-speaker-videos-from-maldives-researchs-health-forum/
ހަމަ ރަގަޅު
13 December 2021
ބައެއްފަހަރު އެޕޮއިންޓްމަންޓް ކެޓުމުގެ ރަގަޅު ސަބަބުތައް ހުރިކަމުގައިވިޔަސް، ފަރުވާކުޑަ މީހުންވެސް އުޅޭ. ވަރަށް ގިނަމީހުންގެ ވިސްްނުން ހުންނަ ގޮތަކީ، އެޕޮއިންޓްމަންޓް ހަދަނީ ދެވިއްޖެއްޔާ ދާގޮތަށް ކިތައްމެ ކުޑަކަމެއް ދިމާވިޔަސް އެޕޮއިންޓްމަންޓް ދުއްވާލަން ފަހެއް ނުޖެހޭ. ވިސްނާނުލާ އެހެން މީހުންގެ ފުރުސަތު ގެއްލުވަނީކަން. ހަގީގަތުގައި އަމިްލަ މީހާއަށްވެސް ކުރެވޭ ބޭއިންސާފެއް. ޒިންމާދާރު ރައްޔަތުންނަށް އަޅުގަޑުމެން އެއްމެން ވާންޖެހޭ.
ހަދިސާތިޔާ
12 December 2021
އަހަރެންގެ ގާތްމީހަކަށް އެޕޮއިންޓުމެންޓު ލިބުނީ އެޕޮއިންޓުމެއްޓަށް ނޯޓުކުރިތާ 45 ދުވަސް ފަހުން ، ނޯޓުކުރިތާ 10 ދުވަސް ފަހުން ބަލިމީހާގެ ހާލުގޯސްވާތީ އިންޑިޔާއަށްގޮސް 30 ދުވަސް ހޭދަކޮށްފއި މާޅޭއައިފަހުން
ތޫހާ
11 December 2021
އެޕޮއިންޓްމަންޓްގެ ބޭނުން ދިޔައިމަ އެ ކެންސަލް ކުރާނީ. އޭނުން ދެން އެ ބޭނުން މީހަކަށް ވެސް ލިބޭނީ. ދިވެހިންމީ ވަރަށް ޑިމާންޑިން، އެންޓައިޓަލްޑް ބައެއް.ފަރުދީ ޒިންމާއެއް ނޯންނާނެ. އެއްފަޅިން ތަރައްގީ ވާ ބައެއް. މަށަކީ ސެލޫނެއްގަ އުޅޭ މީހެއް. ބިދޭސީން ލަސްވެދާނެހެން ހީވިޔަސް ގުޅާލާފަ ބުނާނެ. ގިނަ ދިވެހިން އަންނާނީ 20 މިނިޓު ލަހުން. ނޫނީ ނައިސްގެން ގުޅީމަ ފޯނުވެސް ނުނަގާނެ. ދެން ހިތަށް އެރި ވަގުތަކުން އައިސް އަޑުގަދަ ކުރީމަ ތިމާގެ ފެންވަރު މަތިވީ.
ސްވާދީބު.
11 December 2021
ތިތަނުގައި ކުރިން އިސްވެރިއަކަށް ހުންނެވި މީހާ އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލް ސީއޯ އަކަށް ވަދައިގަތް ފަހުން މިތަނަށްވެސް މޮޅު ކިއު ސިސްޓަމެއް ތައާރަފު ކުރިފަހުން އެޕޮއިންޓް މަންޓް ހެއްދީމަ 3 މަސް ފަހުން ނޫނީ ޑޮކްޓަރަށް ދެއްކޭނެ ގޮތެއްނެތް. ވަރަށް ގިނަ ފަހަރު އެޕޮއިންޓް މަންޓް ޖެހެނީ 12 ވަރަކަށް ހާސް ރުފިޔާ ޖީބުން ޙަރަދުކޮށް މެދުރާއްޖެތެރޭ ގައި އޮތް މާލެއަށް ގޮސް ޕްރައިވެޓް ހޮސްޕިޓަލަކަށް ދައްކާ ފަހުން. މިއީ އައްޑޫ އޭއީއެޗް ގެ ހާލުވެސް ހުރިގޮތް.
ާަމުޖޭ
11 December 2021
ޢެޕޮއިންޓް ނިޒާމު އުވާލަންޖެހޭ. ކޮންމެ ދުވަހަކު ބަލިވެގެން ޑޮޚްޓަތަށް ދައްކަންދާ މީހުންނަށް ނަމްބަރު ދޫކޮށް ދައްކަންދާ އެންމެންނަށް ހިދުމަށް ފޯރުކޮށް ދޭންޖެހޭ. ޢަދި ސަރުކާރު ހޮސްޕިޓަލުގައި ވަޒީފާ އަދާކުތާ ޑޮކްޓަރުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރުން މަނާކުރަންޖެހޭ. ޢެހެން ނޫނީ ހޮސް÷ިޓަލް ބަންދު ކޮށްލާ އެރުން ރައްޔިތުންނަށް އެގޭނެ ސިއްހީ ފަރުވާ ހޯދަން އެހެންގޮތަކަށް ބަލިމީހާ ހާންތި ނުވަނީސް
ސިއްހީ ނިޒާމް ރަނގަޅުކުރުން
11 December 2021
ރާއްޖޭގެ ސިއްޚީ ނިޒާމް ރަނގަޅު ކުރަން ބޭނުންނަމަ، ސަރުކާރާއި ދައުލަތުގެ ވެރިންނަށް ބޭރު ޤައުމުތަކުން އެފަދަ ޚިދުމަތް ހޯދުން މަނާ ވެއްޖެނަމަ، 2 އަހަރު ނުވަނީސް މި އޭޝިއާ ސަރަހައްދުން އެންމެ ރަނގަޅު ސިއްޚީ ޚިދުމަތް ރާއްޖެއިން ލިބެން ފަށާނެ.
ޙަސަން އަޙްމަދު
12 December 2021
ތިޔައީ ވަރަށް ބުއްދިވެރި ކޮމެންޓެއް. އެކަމަކު މަނާކުރަން ތިބީ ވެސް އެމީހުން
އަހުމަދު އަލިމަނިކް
11 December 2021
ލަދުވެތި !!!!! ޚިދުމަތް ނުދެވި މީހުންގެ ނުރުހުން އަންނަނީ އަންނަންވެެގެން. ބަލިމީހަކަށް ފަރުވާ ނުލިބި ކެއްވާނީ ކިހާ އިރަކުތޯ. ރަށްރަށުން އަންނަ މިހުން އިންޑިޔާ އަށް ގޮސްގެން ފަރުވާކުރިޔަސް ނުދާހާ ބޮޑު ޚަރަދެއް މާލޭގައި އައިސް ތިބެގެން ކުރަން އެންމެ ރަނގަޅު ތޯ ? ތަން ހިންގަން ލާފަ މި ތިބީ ކޮން ބައެއް ކަމެއް ކަންކަން ރަނގަޅު ކުރަން ކުރީ ކޮންކަމެއް ކަމެއް ނޭނގޭ. ދެން ރައްޔިތުބް ބްލޭމް ނުކުރައްވާ.
ށަލޮ
11 December 2021
5 މަސްވީ އަދި ނުގުޅާ. އެކަމަކު މިހާރު ސަލާން ޖަހައިގެން ލާރި ހޯދައިގެނަ ދައްކައިފިން. ދެން ގުޅިއަސް ތި އެޕޮއިންޓްމަންޓްއަށް ދިއުމުގެ ބޭނުމެއް ނެތް. އަހަރުމެންގެ ފެންވަރެއް ނޫ ޖަރުމަނަށް ދިޔުމަކީ
ޝަފީރު
11 December 2021
މިލިއުންކޮޅުގެ ފަހަތު ޖުމުލަ ބަދަލުކޮށްލަންފެނޭ މިގޮތަށް. އަހަރެމެން ބަލިވެގެން ޖަރުމަނަށް ދިޔަޔަސް ދައުލަތުގެ ބަޖެޓަކު ޚަރަދުކުރާނެ ލާރިއެއް ނުހުންނާނެ. އަހަރެންނަކީ ހިތްތިރި މީހަކަށް ވިޔަސްވެސް.
އަގީލާ
11 December 2021
މަ ރަށުން އައިސް ކުއްޔަށް ތަނެއް ހިފައިގެން ދޮޅުމަސް ވީ އިރުވެސް އެޕޮއިންޓް މަންޓެއް ނުލިބިގެން ބެންކުން ލޯނެއް ނަގާ ހަމަ އެ ޑޮކްޓަރ އިން ކްލިނިކަށާއި ޓްރީޓޮޕަށް ހަމަ އެ ޑޮކްޓަރަށް ދައްކާ ، ތަނުގެ ކުލި ދައްކާ ރަށަށް އައިސް ދެވަނަ ހަފްތާގައި އައި.ޖީ.އެމް.އެޗް އިން ގުޅާފައި ބުނީ ތިބޭފުޅާ އެޕޮއިންޓްމަންޓް މިއަދު ވަނީ ހަމަޖެހިފައޭ، އަޅުގަނޑު އެ ކުއްޖާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް ފޯނު ބާއްވައިފިން. ކެރަފާ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!!!!
!!؟!!
13 December 2021
ބަލަގުޅާފައި އެޕޮއިންޓްްމެންޓްމެންޓް ކެންސަލެއް ނުކުރަންތަ؟ ކީކޭ ބުނާނީ! އެގުޅި ކުއްޖާއަށް ކިހިނެއްތަ އެގޭނީ ތިބޭފުޅާ ބޭންކުން ލޯނުނަގައިގެން ޕްރައިވެޓް ހޮސްޕިޓަލަށް ދެއްކިކަން؟