ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންކަމުގެ ދައުވާލިބޭ އަދުހަމް: އޭނާގެ މައްޗަށް އަންނަ އަންގާރަ ދުވަހު ހުކުމް އިއްވަން ވަނީ ހަމަޖައްސާފައި
12 ޑިސެމްބަރ 2021 - 16:07
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އެއްބަސްވެފައިވާ އަދުހަމް އަހުމަދު ރަޝީދުގެ މައްސަލާގެ ހުކުމް އަންނަ އަންގާރަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ މެއި މަހު، ނަޝީދު އުޅުއްވި ކެނެރީގެ ކައިރީގައި ނަޝީދަށް އަމާޒުކޮށް، ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ އަދުހަމްގެ މައްޗަށް ޓެރަރިޒަމްގެ ތިން ދައުވާއެއް ކުރެ އެވެ. އެ މައްސަލާގައި ކޯޓުގައި ކުށަށް އިއުތިރާފްވުމަށްޓަކައި ދައުލަތުން ވަނީ އޭނާއާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ކުރިން ހަދާފައިވާއިރު، އޭނާގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އަދުހަމާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުން ބަލައިގަތުމަށް އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ހުކުމް އަންނަ އަންގާރަ ދުވަހު އިއްވަން ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ދައުލަތުން އެއްބަސްވެފައިވަނީ އަދުހަމް ކޯޓުގައި ކުށަށް އިއުތިރާފްވެއްޖެ ނަމަ، އޭނާގެ އަދަބު 23 އަހަރުގެ ޖަލު ހުކުމަކަށް ކުޑަ ކުރުމަށެވެ.
އަދުހަމްގެ އިތުރުން އިތުރު ގިނަ ބައެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރެ އެވެ. އެކަމަކު އެ މީހުން ދައުވާތަކަށް އިންކާރު ކޮށްފައިވާއިރު، އެ މީހުންގެ ޝަރީއަތްތައް ވެސް ކުރިއަށް ގެންދަނީ ވަކިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިތާނަ
13 December 2021
ތުބުޅި ދިގު ކޮއްލައިފި ދެއްތޯ؟ މިހާރު އެހެރީ ސޯލިހު ވެފަޔޭ. ދެން ކުށެއްނެއްކަމައް ހަދާފަ އޭނަ ދޫކޮއްލާ. ވަޖުހުފުޅައް ޓަކާ! ކަޅުވަކަރު ކައްޓަފުޅިއައްޓަކާ! ދޮންއައިސަ ގެ ހުޅިއައް ޓަކާ ދޫކޮއްލާ ދެން. ޕްލީޒް...
ކޮތަރު
12 December 2021
އަވަސްކުރޭ.. ޓެރަރިސްޓުންތަށް ދާންއޮތީ ޖަލު.
މަހްފޫޒް
12 December 2021
އަދުހަމްގެ އަޑުއެހުންތަކުގަ ފުރަތަމަ ކޮޅު ދިޔައީ އިންކާރު ކުރަމުން. އެހެނަސް ޕީޖީއަށް މައްސަލަ ފޮނުވާ ދުވަސް ކައިރިވެ ހެކި ނެތިގެން އަދުހަމް ވަކިކޮށް ޖިސްމާނީ ގޮތުން އެކި އަނިޔާ ދިން. މިގޮތުން ފައިގަ ވާ ޖަހާފަ ލޯންޗެއްގެ ފަހަތުކޮޅުން ކަނޑަށް ވައްޓައި ދުއްވަންވެސް ދުއްވި. އެވަރުކޮށް އަދުހަމް ލައްވާ އިއުތިރާފް ކުރުވީ. މިވަގުތު އަދުހަމް އަށް މިވާހަކަތައް ކިޔައިދޭން ކޯޓުގަ ނުކެރުނަސް ފަހުން އަދި މިވާހަކަ ދައްކާނެ. ބަލަން ތިބޭތި.
1828
12 December 2021
މީހެއްގެ ފުރާނަ ދުއްވާލަން ހަމަލާދިން ބިޔަކާ އެކު ދައުލަތުން ހަދަން ޖެހޭ އެއްވެސް އެއްބަސްވުމެއް އޮވެގެން ނުވާނެ. އެއްބަސްވުން ހަދައިގެން ތިޔައުޅެނީ އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާތީ ކަމަށް ވަރަށް ބޮޑަށް ބެލެވޭ.
ޤަރީބް
13 December 2021
އޭނަ ހެކި ހޯދަ ދޭ އެހީތެރިވީމަ ލުއިގޮތް ހަދާދިނީ
ބޮޑު
12 December 2021
ޝަރުއީ ދާއިރާ އާ ތަހުގީގީ ދާއިރާ ލަހޭ ބުނީ ކާކު؟ އެބަފެނޭތަ ސްޕީޑް؟
1828
12 December 2021
ހަޤީޤަތުގައި ރާއްޖޭގައި އިންސާފް ލިބުން ވަރަށް ލަސް. މިމައްސަލަވެސް މިހާ އަވަހަށް ކުރިއަށް އެދަނީ އެމްޑީޕީގެ ބޮޑު މީހާ ވީމަޔާ އަދި މަޖިލިސްގެ ރައީސްއަކަށްވެސް ވީމައި. އާއްމު ނިކަމެތި ފަރުދަކަށް މިފަދަ ހަމަލާއެއް ދިން ނަމަ ފުލުހުން ދެދަޅައަށް އަރާ ޕްރެސްއެއް ނުދޭނެ. މައްސަލަ ވީ ހިސާބެއްވެސް ނޭނގޭނެ. ނޫސްތަކުން އެ ޚަބަރެއް ކަވަރވެސް ނުކުރާނެ.