އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި މިނިސްޓަރު އަޒްލީން (ކ) އަދި އެޗްއާރްސީއެމްގެ ރައީސް އީނާސް ބައިވެރިވެ ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
13 ޑިސެމްބަރ 2016 - 17:22
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސް އައިމިނަތު އީނާސް ދެއްކެވި ވާހަކަ ބަދަލުކޮށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތައް މީޑިއާތަކުން ފެތުރި ކަމަށް ބުނެ އެ ކޮމިޝަނުން އެކަން މިއަދު ކުށްވެރިކޮށްފި އެވެ.
އެޗްސީއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތް" ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އެ ކޮމިޝަނަށް ފާޑުކިއުންތައް އަމާޒުވެ، އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅޭގޮތް މެދުވެރިވުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ކަމަށް ތުހުމަތު ކުރެވޭ ގިނަ އަމަލުތަކެއް ހިންގަމުން ގެންދާ ކަމަށް ތުހުމަތު ކުރެވޭއިރު، ބައެއް މީޑިއާތަކުން އެ ވާހަކަ އެގޮތަށް ޝާއިއުކުރުމުން އީނާސް އަށް ވަނީ ވަރަށް ގިނަ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ. އެހެން ނަމަވެސް، އެއީ އޭނާ ވިދާޅުވި ވާހަކަތަކެއް ނޫނެވެ. އެގޮތަށް އެ ޚަބަރު ޝާއިއުކުރި މީޑިއާގެ ތެރޭގައި "މިހާރު" ވެސް ހިމެނެ އެވެ.
ކޮމިޝަނުން ނެރުނު ބަޔާނުން ބުނި ގޮތުގައި ޒިންމާދާރުކަން ކުޑަ ގޮތަކަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމުގެ ސަބަބުން އެޗްއާރުސީއެމްގެ ކަރާމާތަށް އުނިކަން ލިބި، ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުނެވެ.
"ނޫސްވެރިކަމާއި ހިޔާލުފާލުކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާ އެކު ބޭނުން ކުރުމަށް އެންމެހާ ފަރާތްތަކަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި އީނާސް ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކޮމިޝަނާއި ހުރިހާ ފަރާތްތަކުން ކުރާ މަސައްކަތުގައި ބޮޑު ބަދަލުތަކެއް ފެންނަމުންދާ ކަމަށެވެ. އަދި އެ ބަދަލުތައް އިތުރަށް ގެންނަން އެންމެން މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
14 December 2016
ދޮގުޚަބަރު ފެތުރި ނޫސްތަކާމެދު އެއޮންނަ އުސޫލުން ފިޔަވަޅު އެޅީމާ އެނިމުނީ.....!!!
ރަޒްވާން
14 December 2016
ތިޔަ ކޮމިޝަން މިހާރު ރަނގަޅުވާނީ މަގުމަތި ކުނިކަހާ ސާފުކުރަން
ރާއްޖެ
14 December 2016
ދިވެހިންނަކީ ތިން ހަތްދުވަސްވަންދެން ވާހަކަދައްކައިއުޅޭ ބަޔެކެވެ. އެހެން ވާހަކައެއް ފެންނަންދެން ނުވަތަ ފެށެންދެން ރިޟްވާނުގެ ވާހަކަ ދައްކާނެއެވެ. މާޒީއަށް ބަލަމާ ހިނގާށެވެ. މާލެއަތޮޅުގައި ހާރިސް ކިޔާ މީހަކު މީހަކު މަރާލި ވާހަކަ އެތައް ދުވަހެއްވަންދެން ދެއްކިއެވެ. އެއަށްފަހު ސިވިލްވިޔާއޭ ކިޔާ މީހަކު މާލޭގެ ގެސްޓްހައުސްއެއްގައި މަރާލި ވާހަކައެވެ. އެއަށްފަހު ހުވަދުއަތޮޅުގައި އުވަވަޅަކަށް ލައި ބަޔަކު މަރާލި ވާހަކައެވެ. މިހެން ބޮޅަކަށްފަހު ބޮޅެއް ގެތެމުން އައެވެ. ފަހުގެ ތާރީޚުގައި ފެށުނީ އަތްބަޅޭގެ ވާހަކައެވެ. އެކަމަކު އެއީ ބަޔަކު ހަދާފައި އޮތް ބޮޑުވެގެންވާ ބޮޑު ދޮގެކެވެ. އެކަމަކު އެވާހަކަވެސް އެއްބަޔަކު ގަބޫލުކުރިއެވެ. ދެން ފެށުނީ ހުސައިން ސަލާހުގެ ވާހަކައެވެ. ފުރަތަމަ ޕޯސްޓްމޯޓަމްވެސް ހެދީއެވެ. އެވާހަކަ ހުއްޓުނީ އަފުރާޝީމުގެ ވާހަކައަށްފަހުގައެވެ. އޭގެ ފަހުން ފުލުފުލުގައި މީހުން މެރުމުގެ ހާދިސާތައް ތަކުރާރުވާން ފެށިއެވެ. އޭގެ ފަހުން ދެން މިފެށުނީ ރިޟްވާނުގެ ވާހަކައެވެ. އެއްވާހަކައަށްފަހު އަނެއް ކަމެއް ވެ އެވާހަކަ ދައްކަން ފެށެންދެން ކުރީގެ ވާހަކަ އަންނަނީ ތަކުރާކޮށް ދައްކަމުންނެވެ. މީ ދިވެހިންގެ އާދައެވެ. ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އިންސާނުންގެ ޢަމަލުތައް ރަނގަޅުނުކުރާހައި ހިނދަކުން ކަންކަން ރަނގަޅެއް ނުވާނެއެވެ. ނުބައިކަންކަމުގެ ވާހަކަ ތަކުރާރުކޮށް ދެއްކި ވަރަކަށް އެކަންކަން ދާނީ އިސްތިހާރުވަމުންނެވެ. އެކަމަކު ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްޤު ހޯދައިދެވޭތޯ މަސައްކަތްކުރުމަކީ ދުނިޔޭގައި ތިބި މީހުންގެ ވާޖިބެކެވެ. މިކަން ކުރަންވާނީ އަނެއްކާވެސް ނުބައިކަމެއް ނުބައިމަގެއް ޚިޔާރުކޮށްގެން ނޫނެވެ.
މަޒް
14 December 2016
ކަލޭމެންތީ މިވެނި ގޮތަކަށް ބުނެފަ އެހެން ނުބުނަމޭ ބުނާ ބައެއް... ވީޑިއޯ ދެއްކީމާ ބުނަނީ ތީ މޮޅު އެޑިޓެކޭ... މިހާ މި އުޅޭ ކުދިން ހާދަ މޮޅޭ
ވިލު
14 December 2016
ހާދަ ދެފެންދޭތެރޭ ބަޔާނެއް؟ ދޮގުކުރާނަމަ ތިޔަ ބަޔާނުން އެ ބުނެވެނީ "ރާއްޖޭގައި އިންސާނީ ހައްގުތައް ހުރި ގޮތުން މި މުއައްސަސާއިން ވަރަށް ކަންބޮޑުވަމޭ" އެކަމަކު އެހެން ބުނާކަށްވެސް ނުކެރުނު. ހަގީގަތަކީ ތިޔަ މުއައްސަސާއިން ތިޔަހެން ބުނަން ވެސް ތިޔަ ކެރުނީ ރައްޔިތުންގެ ސަފުގައި ގައުމުގައި ހަމައެކަނި ތިބި މީޑިޔާގެ މަދު މީސްކޮޅާ ދިމާލަށް. އެނޫން ކޮންކަމެއް. ދެން ތިޔަ މުއައްސަސާއިން ހޯދަމުން އަންނަކަމަށް ތިޔަބުނާ ކުރިއެރުން މިރާއްޖެއަކުން ނުފެނޭ.
މުހައްޒިބު
14 December 2016
އަބުރުގެ ދައުވާ ކުރުމަށްގޮވާލަން.
އްހުމަދު
13 December 2016
ހާ.. މިތާގައި އިންސާނީ ހައްގުތަކަށް އަރައިގެން ފައިވާއިރު މިތާގެ އިންސާނި ހައްގުތަކާއި ބެހޭ ކޮމިސަނުން އެކަމާ އަޅާނުލާ އޮވެފައި ކުއްލިއަކަށް އިންސާނީ ހައްގުތަކުގެ ދުވަސްފާހަގަކުރަންކަމަށް ބުނެ ރާއްޖޭގެ އިންސާނީ ހައްގުތައްވަނީ ހިމާޔަތްކުރެވިފަޢެ ބުނުމަކި ޢެކޮމީސަނުގެ ނާގަަބިލުކާމެޥެ
ަަސިންޙޫތް
13 December 2016
އީނާސް ދޮގު ހަބަރު ފެތުރިކަމަށް ބުނެ ނެރުނު ބަޔާސް ނޫސް ތަކުން ނުފެތުރިނަމަ، އެ ބަޔާން ވާނީ އީނާސްގެ ބަނޑުތެރޭގައި އޮތް ބަޔާނަކަށް..
GAN Island
13 December 2016
ސްޕްރީމް ކޯޓާއި ހަމައަށް ނުގޮސް ތިޔަ މައްސަލަ ނިމިއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު. ދައުލަތުގެ އެންމެ އިސް ވެރިޔާ ''ދިވެހި ބަހުން ދައްކަވާ ވާހަކަ ވެސް އަހަރުމެންނަށް އޮޅޭ އިރު'' ކަމަނާ ދައްކަވާ ވާހަކަ ވެސް ފަހުމު ނުވެ ހިގައިދާނެ. . . . ދައުލަތެއްގެ ސިފަ ގެއްލިއްޖެނަމަ ވެރިކަމުގައި ތިބޭ ބަޔަކު ބޭނުން ގޮތަކަށް ބަސްބުނެ އެބަސް ތަކުގެ މާނަވެސް އެބޭފުޅުން ބޭނުން ގޮތަކަށް ނެރެއުޅުމަކީ ނުވެ ނުދާނެ ކަމެއް. ގޯހެއްނެތް.
ޙަސަން
13 December 2016
އީނާޒް އަކީ އަޅުގަނޑު ވަރަށް އިޙްތިރަމް ކުރާ ބޭފުޅެއް ... އެކަމަކު ތި ފަދަ މިނިވަން ކަމެއް ނެތް މުއައްސަސާ އެއްގެ ރައީސް އަކަށް ވުމުން ނޫހެއްގައި ޖެހިޔަސް ނުޖެހިޔަސް ކަމަނާ އަށް މީހުން ވަރަށް އެއްޗެހި ގޮވާނެ ... މި ރާއްޖޭގައި ތަޢުލީމީ މީހުން ފަސްބައި ހަޑިކުރަން ތިކަހަލަ ނަމުން މިނިވަން މަޤާމްތަކަށް ކުރިިމަތިލުމަށް ވުރެ ރަނގަޅީ އަމިއްލަ އަށް ލިބިފައިވާ ރީތި ނަމާއިގެން މީހުންގެ ލޯތްބާއި އިޙްތިރާމް އާއި އެކު މިނިވަން ކަމާއި އެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން ..
ދޮގެއްތަ؟
14 December 2016
ކަލޭމެންގެ ރޫހާނީ ލީޑަރަށް ތިޔަފަދަ ނަސޭހަތެއް ދޭން ނުކެރި އޭނައާ ނުއެކަށޭން ކަންކަމާ ކުރިމަތި ކުރުވަން އުޅެނީ އެސޮރު ކޯފާ ވެދާނެތީ އޮތަ؟