ސީރިއާގެ ހަލަބު ސިޓީ އަށް ދޭ ވައިގެ ހަމަލާތަކުގައި ހޮސްޕިޓަލްތައް ހަލާކުކޮށްލާފައިވާތީ ސިއްހީ ޚިދުމަތް ދޭނެ ގޮތެއް ވެސް ނެތް. --ފޮޓޯ:ރޮއިޓާަސް
13 ޑިސެމްބަރ 2016 - 10:29
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 13) - ސީރިއާގެ ހަލަބު ސިޓީގައި އާއްމުންނަށް ދޭ އަނިޔާތަކާ މެދު އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ވިދާޅުވެއްޖެ އެވެ.
ހަލަބުގެ އާއްމުން ސަލާމަތް ކުރުމަށް ސަރުކާރު ސިފައިން ޚާއްސަ ގޮތެއްގައި މަސައްކަތް ކުރުމަށް ބާން ވަނީ އެދިވަޑައިގެންފަ އެވެ. ބާން ކީ މޫންގެ ތަރުޖަމާން ސްޓެފަން ޑުޖަރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަލަބުގެ އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ މެދު ސެކްރެޓަރީ ޖެނެރަލް ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ހަލަބު ސިޓީގައި ސަރުކާރު ސިފައިން ކާމިޔާބީ ފާހަގަކުރާ މަންޒަރުތައް އެ ގައުމުގެ ސަރުކާރު ޓީވީން ވަނީ ދައްކާފައި. --ފޮޓޯ:އޭއެފްޕީ
ސީރިއާގެ ހަލަބުން އާއްމުން ނެރުމަށް އެހީވުމަށް މަސައްކަތްކުރާ އެމެރިކާ ސިފައިންގެ އޮފިޝަލަކު ބުނީ ހަލަބަށް ދޭ ބޮމުގެ ހަމަލާތަކުގައި 50،000 އާއްމުން ތާށިވެފައި އެބަތިބި ކަމަށެވެ. ހަލަބުގައި ހާލުގައި ޖެހިފައި ތިބި މީހުންނާ ބެހޭ ގޮތުން ސީރިއާ ސަރުކާރު އަދި ވައިގެ ހަމަލާތައް ދޭ ރަޝިޔާ އިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
އދ.ގެ އިންސާނީ އެހީއާ ބެހޭ އެޑްވައިޒަރު ޖޭން އެގެލޭންޑް ވިދާޅުވީ ހަލަބުގެ އާއްމުންނަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ ސަރުކާރާއި ރަޝިޔާ އިން ކަމަށެވެ.
ހަލަބުގެ އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ސަރުކާރު ސިފައިން ވަރަށް އަވަހަށް ކާމިޔާބު ހޯދާނެ ކަމަށް ވަނީ ބުނެފައި. --ފޮޓޯ:ރޮއިޓާސް
ހަލަބަށް ސަރުކާރު ސިފައިން ދޭ ހަމަލާތަކުގައި އިދިކޮޅު ހަނގުރާމަވެރިން ބަލިވުމުގެ މަގުމަތީގައިވާ ކަމަށް ސަރުކާރުގެ ސެކިއުރިޓީ ކޮމިޓީގެ އޮފިޝަލެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ޒައިދު އަލް ސާލިހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިންނަށް ވަގުތެއް ނެތް ކަމަށާއި އެ މީހުންނަށް އޮތީ އަމާން ދިނުން ނޫނީ މަރުވެ ދިއުން ކަމަށެވެ. ސީރިއާ ސަރުކާރު ޓީވީން ވަނީ ހަލަބުގެ ކާމިޔާބީ ސަރުކާރު ސިފައިން ފާހަގަ ކުރަމުންދާ މަންޒަރުތައް ދައްކައިފަ އެވެ.
ސީރިއަން އޮބްޒަވޭޓަރީން ބުނީ ނޮވެމްބަރު 15 އިން ފެށިގެން ހަލަބުގެ އާއްމުންގެ ތެރޭން 415 އަދި އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭން 364 މީހުން މަރުވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
13 December 2016
ބަންކީމޫން ކަންބޮޑުވަނީ ކީއްކުރަން ؟ އެމެރިކާ އިން ހަތިޔާރު ދީގެން ސޫރިޔާގަ ހަގުރާމަ ފެއްޓިއިރު ބަންކީ ކޮބާ ؟ އެއްފަހަރުވެސް ބުނިންތަ އެގޮތަށް ހަތިޔާރުދީގެން ސަރުކާށރެއް ވައްޓަލަން މަސައްކަތް ކުރުން އދ ގެ ޗާޓަރާ ހިލާފު ކަމަށް . އޭރު ހުންނެވީ އެއްމިޔަކަނުން ހީލަހީލާ ދެވަނަ ދައުރު ޔަގީން ކުރުމުގެ މަރުހަލާ ގަ ނޫންތޯ ؟ މިހާއު އެއްވެސް ކަނެއް ބޮ
ނުރަބޯ
13 December 2016
އިސްރާއީލުން ފަލަސްތީނުގައި ހިންގާ ނުބައިކަންބޮޑު ޖަރީމާ ތަކާމެދު ބަންކީމޫން ކަންބޮޑެއްނުވޭ.....؟؟؟
ޑަފީނާ
13 December 2016
ހަލަބުގެ ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ބާންކީ މޫނ އާއި އެމެރިކާ،ސައޫދީ، ތުރުކީ އަދި ގަޠަރުން. ހަލަބުން ޓެރެރިސްޓުން ނައްތާލީމާ ދެރަވީދޯ ބާންކީ.
އަހުމަދު
13 December 2016
ޝިއީންނާއި ރާފިދީން ނާއި ޔަޒީދީން ނާއި ސުންނީން ނަކީ ކޮބާ ކަން އިލްމުވެރީން ކިޔާ ދިނުން ވަރަށް މުހިއްމެވެ.