ފްލެޓެއްގައި މުށި ޖެހުމަށް މުށި ކަފަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޑިސެމްބަރ 2021 - 11:22
ހިޔާ ފްލެޓްތަކުގެ "ފިނިޝިން"ގެ މަސައްކަތް ގޮސްފައިި އޮތް ހިސާބާއި އެ މަސައްކަތް ނުނިމިގެން އުޅޭ ސަބަބު ބެލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ފަށައިފި އެވެ.
މި މަހުގެ 16 ގައި ފެށި މި ސާވޭގައި ބައިވެރިވުމަށް، ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް މެސެޖް މެދުވެރިކޮށް ލިންކެއް ފޮނުވަމުން އަންނައިރު މި ސާވޭގެ ބޭނުމަކީ ފްލެޓްތަކުގެ މަސައްކަތް ނުނިމިގެން އުޅޭ ސަބަބު ދެނެގަތުމެވެ.
ގްރޭސް ޕީރިއަޑް އިތުރުކުރުމާ މެދު ގޮތް ނިންމުމުގައި ވެސް މި ސާވޭ އަށް ބަލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތް އެކީ ނިންމައިގެން ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު އެތަނުގެ ފިނިޝިން މަސައްކަތް އެއްގޮތަކަށް ނުފަށާ އެތައް ބަޔަކު ވެސް އެބަ އުޅެ އެވެ.
ކުލި ނުނަގާ ގޮތަށް ފްލެޓްގެ ފިނިޝިން ނިންމަން ދިން ހަތަރު މަހުގެ މުއްދަތު މި ޑިސެމްބަރުގެ ނިޔަލަށް ހަމަވާއިރު ފިނިޝިން އަށް ބޮޑު ހަރަދެއް ކުރަމުން އެ މަސައްކަތް ނުނިމެނީސް ކުލި ދައްކަން ޖެހުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. އެހެންވެ، މިހާރު ދީފައިވާ ގްރޭސް ޕީރިއަޑްގެ ތެރޭގައި އެ މަސައްކަތް ނުލެވިއްޖެ ނަމަ މުއްދަތު އިތުރުކުރުމަށް ސަރުކާރާ އެކު އެޗްޑީސީން އަންނަނީ މަޝްވަރާކުރަމުންނެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި މީގެ ކުރިން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ގްރޭސް ޕީރިއަޑް އިތުރު ކުރުމާމެދު ގޮތެއް ނިންމާނީ މިހާރު ދީފައިވާ މުއްދަތު ހަމަވުމުން ކަމަށެވެ. އެ މަޝްވަރާ ފަށާފައި ވަނީ މުއްދަތު ހަމަވާތީ އެވެ.
ހިޔާ ފްލެޓުތަކުގެ މަހު ކުއްޔަށް 7،500ރ. އަދި މެއިންޓަނަންސް އަށް 1،000ރ. އާ އެކު މަހަކު ޖުމްލަ 8،500ރ ދައްކަން ޖެހެ އެވެ. އެކަމަކު އެ ކުލި 5،600ރ. އަށް ކުޑަކޮށްދީ ގްރޭސް ޕީރިއަޑް އެއް އަހަރަށް އިތުރު ކޮށްދިނުމަށް ފްލެޓުތައް ލިބުނު މީހުން އެދެ އެވެ.
ފްލެޓުތައް ހަވާލުކުރި އިރު އެއްވެސް ވަރަކަށް ފިނިޝިންގެ މަސައްކަތެއްކޮށްފައި ނުވާތީ އެ މަސައްކަތްކުރަން ފްލެޓު ވެރިންގެ އަތުން ހޭދަވާ ހަރަދުން އެއް ލައްކަ ރުފިޔާ ސަރުކާރުން ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޔޮނުދޯރު
25 December 2021
ދެން ސަރވޭއަށް ހުރަސްއަޅާފަ ކޮޔާނެ ނުނިމެޔޭ، ލާރިޔޭ.
ގައިސް
23 December 2021
އެއީ ބޭރުން މީހުން ގެނެސްގެން ސަރވޭކުރަންޖެހޭކަމެއްނޫން. ލާރިނެތިގެން ނުނިމެނީ
ސައްތާރުދ1245
23 December 2021
ފުލެޓްތައްނުނިމޭ ސަބަބު ހޯދާނެކަމެއްނެއް، ފުލެޓްތައްނުނިންމާ ހަވާލުކުރިސަބަބުހޯދާ
ޖަމީލް22
23 December 2021
މަސައްކަތް ނުކުރާތީ ނުނިމެނީ.. ތިއުޅެނީ އަނެއްކާވެސް ވަކިބަޔަކަށް ނިންމަންށޭ ކިޔާފަ ލާރިގަނޑެއް ދޭން ވެގެން.
ނަވީ
23 December 2021
އެޗް.ޑީ.ސީ އަށް ރަނގަޅަށް އެނގޭނެ އަބައި މީހުން ނައް މިއުޅޭހާލު ތަކެކެތިނުލިބިގެންކަން
ހުސްނުހީނާ
23 December 2021
އެޗް.ޑީ.ސީ އަށް ރަނގަޅަށް އެނގޭނެ ކީއްވެގެންކަން ނުނިމިގެން އުޅެނީ. އަނެއްކާ އަނެއް އުނދަގޫ ޖައްސަނީ. ނިންމަންބޭނުންވާ ތަކެތި ނުލިބޭ. ލިބެންހުންނަ އެތިކޮޅުވެސް އިންތިހާއަށް އަގުބޮޑުކޮށް ވިއްކަނީ. މަސްކަތް ކުރާނެ މީހުންނެއް ނުލިބޭ. ތަންހަދަން ހަވާލުކުރީމަ ލާރިކޮޅުނަގައިގެން ފިލަނީ. މިކަންތައްތައް ތި މީހުންނަށް ރަނގަޅައް އެނގޭނެ!
ކަސަބުން ޖަރީ
23 December 2021
ހަމަ އެންމެސަބަބެކެވެ ސަރުކާރުގެތެރޭގައި ރައްޔިތުންނަށްޚިދުމަތް ކުރުމުގެރޫޙުނެތުމެވެ އެހެންއެއްވެސް ސަބަބެއް ނޫނެވެ އެމްޑީޕީ ވެރިކަމަށް އައި ކޮންމެ ފަހަރަކު ގައުމުގައި ހުރި ތަންތަން ވީރާނާ ކުރުން އޮވެއެވެ މިހާރުވެސް ރަސްފަންނުގަ ހުރި ކެފޭ އެހުރީ ވީރާނ ަވާށެވެ ބޭނުންވީ ޓަވަރުތައްވެސް ވީރާނާ ކޮށްލާށެވެ ކުރިން އތޮޅުގެ ތަކާ ތީމުގެ ވީރާނާ ކުރި އެވެ އަދި ނިމިދިޔަ ވެެިކަމުގައި އައްޑޫ އެކްއެޓޯރިއްލަ ސެންޓަރ ވީރާނާ ކުރި އެވެ ގައުމުން ފެނިގެން ދަނީ އެކަން
ސާވޭ
23 December 2021
ޢެޗްޑީސީން ނިންމަންޖެހޭ މަގުތަކާއި ހައުކުރަން ބުނި ކެމެރާތަކާއި ސްކޫލްތައް ލަސްވާ ސަބަބުދެނެގަންނަން ސާވޭ އެއް ހަދާލަންވީނޫންތޯ؟؟
@ ސާވޭ
23 December 2021
އެއީވެސް ވަގުތު ނެގުމާ ދެއްކުންތެރި ކަމުގެ ކަމެކެވެ ހޭއަރާ ތިބޭށެެވެ. 2022 ވެސް އެބަ އޮތެވެ އެކަމަކު މިހާރުވެސް އެ ދައްކަނީ 23 ގެ ވާހަކަ އެވެ. ވޯޓުލާން ދާއިރު މިކަހަލަ ބަޔަކު ލަފާ ގާތް ނުކުރާތި އިނގޭ އެދުވަސް ކައިރި ވީމަ ދެން ދައްކާނެ ފާޑު ފަދުގެ މޮޅު ވާހަކަ އީވާ ފިރިމީހާއަށް ޓަވަރުތަކުގެ މަރާމަތު ޙަވާލުކޮށްގެން މަހަކު 1000 އިތުރަށް ދައްކަން ޖެހުން ކިތައް ލައްކަތޯ އެނެގނީ އުމުރަށް ދެކޮޓަރި ނަތެއް ދެމިލިއަނަށް ތަންހަދަން މިހިންގާ ޚަރަދާ ނުލާ
ނިކް
23 December 2021
ލާރި ކޮޅު ހިފައިގެން ބަޗަނީ މޮޅެތި އިސްތިހާރުކޮށްފަ.. ޕޮލިހުން އަޅައެއް ނުލާ މައްސަލަ ހުށަހެޅިޔަސް.. ފަރީހު ކިޔާ މީހަކު މީހަ އެންމެ ކުރީގަ އުޅެނީ
ބިލް ކުލިންޓަން
23 December 2021
ސާވޭއެއްކުރާނެކަމެއްނެތް. ސަބަބަކީ ލާރި.
އަފްރާސިޔާބު
23 December 2021
ތެދެއްތިބުނީ. މަސައްކަތްކުރަން ތިބީ ބަންގާޅީން. އެމީހުން ކިޔާއަގާ ގަބޫލުވުން ނޫން އެހެންގޮތެއްވެސްނެތް. ހުރިހާ މަސައްކަތެއް ދަންނަކަމަށް ބުނެ އެޑްވާންސަށް ބައެއްމީހުން އަތުން ފައިސާނަގާފައި ފިލަނީ. ދެން ބައެއް ބަންގާޅީން ކުރާމަސައްކަތުގެ ކޮލިޓީ ނެތުމުން އަލުން ދެވަނަފަހަރަށް އެމަސައްކަތް ކުރުވަންވެސްޖެހޭ. ފްލެޓްލިބުނު ގިނަމީހުންނަކީ އޮފީސްތަކުގައި ވަޒީފާ އަދާކުރާމީހުން ކަމަށްވާތީ ހަދާމީހުންނާއި ތަޅުދަނޑި ހަވާލުކުރުމުން އެތިކޮޅުވިއްކާލާފާއެބަހުރި.