ފެނަކައިން އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގެ އެޅުމަށް ފެށުމަށް ބޭއްވި ރަސްމިއްޔާތު--ފޮޓޯ:ފެނަކަ
25 ޑިސެމްބަރ 2021 - 19:48
ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި ކަލައިދޫ ކައުންސިލް ރައީސް އަހުމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާހު ބައިވެރިވެވަޑައިގަތެވެ. ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.
މި އިންޖީނުގެ ހުންނަނީ ކަލައިދޫގަ އެވެ.
މި އިންޖީނުގެއިން 1.2 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ އެވެ. ތިން ރަށަށް ކަރަންޓު ފޯރުކޮށްދޭ މި އިންޖީނުގޭގައި ބެޓެރީ ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ޓެކްނިކަލް އޮފީހަށް ހާއްސަ ބައެއް ވެސް ހިމެނެ އެވެ.
ލ.އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އެމް.ޑީ އަޙުމަދު ސައީދު އާއި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް، ކަލައިދޫ ކައުންސިލް ރައީސް އަޙުމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާޙް އަޅުއްވައިދެއްވައިފި. pic.twitter.com/RoE4CMbO0m
— Fenaka Corporation Ltd (@TeamFenaka) December 25, 2021
ފެނަކަ ޓްވީޓް
ލ އަތޮޅުގެ ކަރަންޓުގެ ހިދުމަތް އެއް ވިއުގައަކުން ގުޅާ ލުމުގެ މަސައްކަތް ފެނަކައިން ފެށީ މިދިޔަ އަހަރު އެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް އެކުންފުނިން ބުންޏެވެ. އެ ޕްރޮޖެކްޓު ނިމޭ އިރު މުޅި އަތޮޅަށް 4.5 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދެވޭނެ އެވެ.
މިކަން ކުރަން ލ. ގަމުގައި ވެސް ކަރަންޓް ހިދުމަތްދޭން ބޮޑު އިންޖީނުގެ އެއް އަޅަން ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 December 2021
ވަރަށްރަނގަޅު ނިންމުމެއް މަރުޙަބާ ފެނަކަ ކޯޕަރޭޝަން. ތިއީ ޙަރަދުކުޑަކުރުމަށާއި އިތުބާރާއިއެކު ހިދުމަތްދިނުމަށް ކުރެވުނު ހޭދައެއް. # ހަމަ މިގޮތަށް ފެނަކަ ކޯޕަރޭޝަނުން އެންމެބޮޑު އާމްދަނީ ލިބޭ އަދި ފެނަކައިގެ ވިޔަފާރި އެންމެ ފުޅާކޮށް އޮތް އަައްޑޫސިޓީގެ ހުޅުމީދޫ، ހިތަދޫ މެރިންކޭބަލް އަކުން ގުޅާލުން ވަރަށް މުހިންމު. މި އިންވެސްޓްމަންޓް ދެކޮޅު ޖެއްސުމަށްޓަކާ ޝަންގްރިލާޒް، ހެރެތެރެ އަދި ސައުތު ފާމް ވެސް ގުޅާލައި ކުންފުނީގެ އާމްދަނީ ތަނަވަސް ކުރެވިދާނެ.