"ކުޅިވަރު ނޫސްވެރިންނާއި މީޑިއާތަކުން ވެސް އެ އިހްތިރާމް ކްލަބުތަކަށާއި ފުޓްބޯޅަ އާއިލާ އަށް އަދާކޮށްދޭން ޖެހޭ."
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާ ވިދާޅުވީ ކްލަބްތަކުގެ ގުރުބާނީ އަގުވަޒަން ކުރަން ޖެހޭ ކަމަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 ޑިސެމްބަރ 2021 - 10:19
ކްލަބުތަކަކީ ފުޓުބޯޅައިގެ މައިބަދަކަމަށާއި ގޭންގްތަކެއްގެ ގޮތުގައި ކްލަބްތައް ސިފަކުރުން ބަލައި ނުގަނެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވިދާޅުވެފައި ވަނީ، ކްލަބްތަކުން ޕްރެސް ކޮންފަރެންސްތަކުގައި ދައްކާ ވާހަކަތައް ބަދަލުކޮށް މައްސަލަ އުފެއްދުމަށް މީޑިއާއިން ކުރާ ކަންކަން ބަލައި ނުގަނެވޭނެ ކަމަށެވެ.
ބައްސާމް މިގޮތަށް ވާހަކަ ދެއްކެވީ، ފުޓުބޯޅަ އަށް ގެއްލުންވާ ގޮތަށް ޚަބަރު ލިޔާ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަނުގެ ހަތް ކްލަބަކުން "މިހާރު" ނޫސް ބޮއިކޮޓް ކޮށްފައިވަނިކޮށެވެ.
ބައްސާމް ވިދާޅުވީ، ބިނާ ކުރަނިވި ފާޑުކިޔުމަށް ކްލަބުތަކުންނާއި ފުޓުބޯޅަ އާއިލާ އިން މަރުހަބާ ކިޔައި، އެކަންކަން ބަލައިގަންނާނެ ކަމަށެވެ.
"ކުޅިވަރު ނޫސްވެރިންނާއި މީޑިއާތަކަކީ ފުޓުބޯޅަ އާއިލާގެ ބައެއް. ކްލަބުތަކާއި ފުޓުބޯޅަ އާއިލާއިން އަބަދުވެސް މީޑިއާ އަށް އިހްތިރާމްކުރޭ،" ޓްވިޓާގައި ބައްސާމް ލިޔުއްވާފައިވެ އެވެ. "ކުޅިވަރު ނޫސްވެރިންނާއި މީޑިއާތަކުން ވެސް އެ އިހްތިރާމް ކްލަބުތަކަށާއި ފުޓްބޯޅަ އާއިލާ އަށް އަދާކޮށްދޭން ޖެހޭ."
ދަތި އުނދަގުލުގައި ވެސް ކްލަބްތައް ފުޓުބޯޅަ އަށް ވާ ގުރުބާނީ އާއި އުފުލާ ތަކްލީފު އަގުވަޒަން ކުރަން ޖެހޭ ކަމަށް ވެސް ބައްސާމް ވިދާޅުވެފައި ވެއެވެ.
ކްލަބްތަކުން "މިހާރު" ނޫސް ބޮއިކޮޓް ކުރި ކަމަށް ބެލެވޭ އެއް ސަބަބަކީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ހާމިދު އަބްދުލް ގަފޫރު، ކްލަބްތަކާއި އެފްއޭއެމް ހިންގާ ގޮތާމެދު "މިހާރު" ނޫހުގައި ލިޔުއްވާ ކޮލަމްގައި ފާޅުކުރައްވާފައިވާ އަމިިއްލަ ހިޔާލާ މެދު އެވެ. އަދި މިހާރު ނޫހުގެ ކުޅިވަރު ޚަބަރުތަކުގެ ސުރުހީތައް ގެންނަ ގޮތާމެދު ވެސް ކްލަބްތަކުން ހިތްހަމަ ނުޖެހޭކަން ވަނީ އެނގިފަ އެވެ.
އޮފިޝަލް ޕްރީ މެޗު އަދި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމަކީ މުބާރާތުގެ ގަވާއިދާ ކްލަބްތަކުން ހިލާފުވުމެވެ. އެފްއޭއެމުން ބުނެފައި ވަނީ ޕްރެސް ކޮންފަރެންސަށް ހާޒިރުނުވި ކްލަބްތަކުގެ މައްސަލަ ބަލާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
27 December 2021
ބައްސާމު ރުހުނަސް ނުރުހުނަސް ހަގީގަތަކީ ފުޓުބޯޅަ ކުލަބްތައް އެއްފަރާތްކޮށް ކްލަބްތަކުގެ ނަމުގައި ހިންގާ ގޭންގްތަކެއް ގާތތްކޮށްގެން ބައްސާމު ފުޓުބޯޅަ ހަލާކު ކުރަމުންދާކަން. އިންޑިޕެންޑެންޓްކޮށް ހުންނަންޖެހޭ މީހާ މިހާރުވެސް ތިޔަ ދިފާއުކުރަނީ ޕްރެސް ބޮއިިކޮޓް ކުރި މީހުން. ދެން ކިހިނެއް މައްސަލަ ބަލާނީ. ތިޔަ ކްލަބްތައް ނިވާފަތްގަނޑަކަށް ހަދައިގެން ފަހަތުގައި ކުރާ ކަަންކަން ބައްސާމަށް ވެސް އެނގޭނެ.
ފަޒާ
27 December 2021
ތިބޭފުޅާ ކިރިޔާވެސް އަގަލެއް ކުލުނެއް ހުރިއްޔާ ނިއު ވިކުޓްރީ ގަލޮޅު ދަނޑަށް ނެރެށް މަސައްކަތް ކުރާނެ. ނިއު ވިކުޓްރީ އޭ މިރާއްޖޭގަ ފުޓްބޯޅައިގެ މައިބަދައަކީ. މައިބަދަ މިހާރު ބިންދާލައިގެން އުޅެނީވެސް ތިބޭފުޅުންނޭ.
މިރުސް.
27 December 2021
ނުޖެހޭ މުބާރާތުން ކަޓައި ރެލިގޭޓް ވެފައިވާ ޓީމް ތަކެއް އަލުން ކުރިން އޮތް މަޤާމަށް ގެންނާކަށް. އެހެން ވެއްޖެއްޔާމު ރެލިގޭޓު ނުވެއޮތުމަށް އެހެން ޓީމްތަކުން ކުރި މަސައްކަތް ކޮބާ؟ ތިހެންވެއްޖެއްޔާ އުދުހޭ މުފީދު ކުޅުނު ޓީމާއި އޭއެންސީ ހުރާ އާއި ކުޅުދުއްފުށި މަގުލަސް އައްޑޫ އެފްސީ ވެސް ގެންނާންވާނެ.
މޫސަ
26 December 2021
ފުޓްބޯޅައިގެ މައިބަދަ މިއަދު ވަނީ ބައެއްގެ ހުދުމުތާރުކަމުން ދިވެހި ފުޓްބޯޅައިން ގެއްލުވާލައިފަ. އިންސާ ﷲ ނިއު. ވިކުޓްރީ ގަލޮޅުދަނޑްން ވަރަށް އަވަހަށް ފެންނާނެ
ސަފޯޓަރ
26 December 2021
ބަންސާމްގެ ހުދުމުހުތާރުކަމުން ނިއު ސަސްފެންޑްކުރީ. ނުވިތާކަން އެކައުންޓްތައް ހިފަހަށްޓާ. މެއިލްތައް ބުލޮކުކޮށް. ހުރިހާ ދިމަދިމާއިން ނިއުފުޑާލަށް މަސައްކަތް ކުރީ. އައި ހޭޓްޔޫ
މޯޑް
26 December 2021
ކުފޫހަމަވާ ރައީސް އެއް ނޫންތީ. އިސްތިއުފާ
ކޮންސޮޅި
26 December 2021
ރާއްޖެގޭ ފުޓުބޯޅަ އޭގެގޮތުގައި ފެންވަރުގައި އެބަޖެހޭ ކުރިއަރުވަން. ކުޅުންތެރިން އުފައްދަން. މިކަން ކުރެވޭނީ މިކަން ދަންނަ ކުރެވޭކަހަލަ ބަޔަކު ކަންކަމާޢި ހަވާލުވެގެން. މިހާރުމިފެންނަނީ ގަދަކަމު ބަޔަކު ގޮނޑިއެއްގެ އިށީދެތިބެ ވާހަކަ ކިޔާތަން.
ޝުކުރިއްޔާ!
26 December 2021
ބައްސާމު، ތިޔަ ޔަގީންކޮށްދިނީ ޕްރެސް ބޮއިކޮޓްކުރީ ހަމަ ކަލޭބުނެގެންކަން. ބޮއިކޮޓްކުރުމަކީ ހުރުމަރްތެރިކުރުން ކަމުގައިވާނަމަ، ކަލޭތީ ވަރަށްބޮޑަށް ވާނުވާނޭގޭ މަގާމާއި ހަމަ ނޫންމީހެއްކަން އެގޭ. މިނޫންދުވަހެއް ރާއްޖޭގެ ފުޓްބޯޅައަށް އެދެން.
މައިބަދަ
26 December 2021
ކުލަބް ތަކަކީ ފުޓްބޯޅައިގެ މައިބަދަކަން އަދިކިރިޔާދޯ މިއެނގުނީ. ތިމާނުރުހޭ ހުރިހާޓީމެއް ދުރުވުމުން ބާކީތިބިޓީމުތަކަކީ މައިބަދައައްމިވީ.
ޖަމަލު
26 December 2021
ހަމަ ކަންމަތީ ޖަމިއްޔާތަކެއް. ފުޓްސެލް ދަނޑުވެސް ކުޅެލަން ދާނެ ހުރިގަ ތަނެއްވެސް ތިއިން ޖަމިއްޔާތަކަށް ދީފަ އޮންނަނީ ކޮނ އުސޫލަކުންތައް؟ ދަނޑުގަ ގޮވާ ހަޑިއެއްޗިސް ހުއްޓުވޭތަ؟ ފުޓުބޯޅައަށް ލިބުނު ކުރިއެރުމެއް އެބޮއިތަ؟ ބައްސާމު ބަލައިގަތަސް ނުގަތަސް ހެޔޮ އަހަރުމެން ރައްޔިތުން ބަލައިގަންނަށް މީހެއް ނޫން ބައްސާމަކީ. ތިޔަ މަގާމަށް އައި ވޯޓު އަދި ހަނދާން ނެތޭހާ ދުވަހެއް ނުވޭ
ނިއަކް
26 December 2021
ބަލައި ގަތަސް ނުގަތަސް ހަޤީގަތްވާނި ހަޤީގަތަށް، ހައްޤު ބަހަކީ ހަޖަމު ކުރަން ހިތި އެއްޗެއް.. އަސްލަކީ ނިއު ވިކްޓަރީ ފުނޑާލާފަ ބައިބަލާ ކުޅެން އުޅުން ގޭންގުތަށް ފުޓު ބޯޅައަށް ވައްދާ މި ކުޅިވަރު ހަލާކު ކުރީމަ ފޯރި ގެއްލި ދަނޑު ފަޅުވީ.. ވެލެންސިޔާ ނަގާފަ ތިއޮތީ ބައްސާމުގެ ނުފޫޒުން އަމިއްލާ ގޯތި އާއިލީ ކުލަބު ވީމަ. އެކަމު ނިއު ވިކްޓަރީ ނުލައި ވެލެންސިޔާއަކީ ނުފޮޅޭމަލެއް ސަޕޯޓަށް ބަލާއިރު.. ބައްސާމާެެކު އެމީހުންވެސް އޮއްސޭނެ..