ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--ފޮޓޯ: ފަޔާޒް މޫސާ/މިހާރު
27 ޑިސެމްބަރ 2021 - 19:45
އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް މި އަހަރު 1.3 މިލިއަން ވަނަ ޓޫރިސްޓު އައުން ފާހަގަކުރަން ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މައުސޫމް ވިދާޅުވީ، އަންނަ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ރާއްޖެއަށް ގެންނަން ކަނޑައަޅާފައިވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. އެހެން ކަމުން މިއީ ބަޖެޓަށް ވުރެ ހަތަރު ލައްކަ އިތުރު އަދަދެކެވެ. ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައެވެ.
މައުސޫމް ވިދާޅުވީ މިދިޔަ ދޮޅު އަހަރު ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބުނު އިރު އެ ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިންދަމާލެވުނީ އަދި ކިރިޔާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާ ހިސާބަށް ޓޫރިޒަމް ދާއިރާ މި ގެނެވުނީ ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ.
ރާއްޖޭގައި 155 ރިސޯޓުން ހިދުމަތް ދޭ އިރު ގިނައީ ބޭރުގެ ބޮޑެތި އިންވެސްޓަރުގެ ރިސޯޓްތަކެވެ.
ރިސޯޓުތަކުގެ ހިއްސާ 100 ޕަސެންޓް ބޭރުގެ އިންވެސްޓަރުންނަށް ނެގުމުގެ ފުރުސަތު ގާނޫނުން ލިބިދީފައި އޮވެ އެވެ. އަލަށް ފަށާ ހޯމް ސްޓޭ ޓޫރިޒަމާ އެކު އެކަން ބަދަލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލުމަށް ފަހު މިހާރު ވަނީ ރަނގަޅުވާން ފަށައިފަ އެވެ. މި ވަގުތު ޓޫރިޒަމް ދާއިރާގައި 55،000 އެނދު ހުރި އިރު ހިދުމަތް ދެނީ 50،000 އެނދުންނެވެ. މީގެ ތެރޭގައި ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރާނާ
28 December 2021
ލަދެއްނުގަނޭދޯ މިތިބަމީހުންޔާމިނު ވެރިކަމުގަ ހަދާނިންމާ ޓެސްޓުފުލައިޓު ޖައްސާފައޮތް ރަންވޭގަނޑު ހުޅުވާުލެވޭ އެމަނިކުފާނު އެތައްބައިވަރު ފޮރިންއިންވެސްޓުތަކެއް ގެނެސް ކިތައްއާރިސޯޓު އެޙުޅުވީ ކަލޭމެނައް ގެނެވުނީ ކޮވިޑު އިސްތިޔުފާދީފަ ފައިބާ
އެމްސް
27 December 2021
މިލިޔަން ނޫން ބިލިޔަނުން ޓްއަރިސްޓުން އަޔަސް، އޭގެ ފައިދާ ކުރަނީ ވަރަށް މަދު ދިވެއްސަކަށް!
ޑިސްއޮނަރަބަލް ޑީޑީ
27 December 2021
މާލެއަތޮޅަށް އައި ޓޫރިސްޓުން ގިނަކަމުން މާލެއަތޮޅު އެންމެން ނަށަނީ. އައްޑުއަށް އައި ޓޫރިސްޓުން ގިނަވެގެން އެމީހުން ޕައުންޑުތައް މަތީގާ ފަތަނީ. ލާރިތައް ގިނަވެގެން ރައްޔިތުންގެބޮލަށް އޮހެނީ. ޝުކުރިއްޔާ ޑރ. މައުސޫމު.
_____
27 December 2021
ޓުއަރިސްޓުން ގެނެވުނީމައި ނިމުނީ ތޯ؟ އަދިވެސް ބައެއް ރިސޯޓްތަކުގައި މުވައްޒަފުން ގެންގުޅެނީ ބަންދުކޮށްގެން.
ބަބުރަންޖީ ހާޖީ
27 December 2021
މަގާތަށް ރުޅިއަންނަނީ މިތަނަށްއަންނަ ބަންގާޅީންވެސް ޓޫރިސްޓުންކަމަށް ގުނާތީ.
އެޑްމުންޑޯ
27 December 2021
މިއަހަރު މިލިއަން ފަހަނަޅާ ދިޔައީ ތިބޭފުޅާގެ ކުޅަދާނަކަމަކުންނޫން ، މާބޮޑަށް ފޮނިވާނެ ކަމެއްނެްތް ،، ކޮވީޑާއި ހެދި ދުނިޔޭގެ ގިނަގައުމުތަށް ބަންދުވެފައި އޮތުމާއި ރާއްޖެއަށް ދަތުރުކުރުމުގެ މަގުފަހިވެފައި އޮތުމުން ވީގޮތެއް ،، ޓާގެޓް ނުކުރިއަސް 2 މިލިއަނަށްވުރެ ގިނައިންވެސް އަންނަ އަހަރު ޓޫރިސްޓުން އައުން އެކަށީގެންވޭ ،،،
ދަސްވެނިން
27 December 2021
ރިސޯޓު ކުދިން މަދިން ހަނދާންނައްތައިލައިފައި ކޮން ދެމިލިޔަނެއް. ސާވިސް ޗާރޖު ރަނގަޅެއް ނުވޭ. އެވޭލާ އިރެކޭ އެއްގޮތް. ވޯޓު ކައިރިވީމައި ފިރުމާނެ.