ލައިފްސްޓައިލް

"މޫދު ބުޅާ" ޒޫނާގެ ވާހަކަ ސީއެންއެންގައި

ޒޫނާ ނަސީމާއި "މޫދު ބުޅާ ޑައިވިން ސެންޓަރު" ގެ ވާހަކަ ދިވެހިންނަށް މިހާރު އަލެއް ނުވާނެ އެވެ. މި ސްކޫބާ ޑައިވިން އިންސްޓްރަކްޓަރުގެ ވާހަކަ ރާއްޖޭގެ ވަރަށް ގިނަ މީޑިއާތަކަށް ވެސް އަރާފައިވެ އެވެ. ޒޫނާ، 49، އަކީ ދިވެހިން މޫދަށް ލޯބި ޖެއްސުމާއި ވަކިން ހާއްސަކޮށް ފެތުމާއި ޑައިވް ކުރުމާއި މޫދާއި ފަޅުގެ ސާފުތާހިރުކަން ދަމަހައްޓަން ވެސް ވަރަށް ބޮޑު އިސްކަމެއް ދީ، އެކަމަށް ހޭލުންތެރިކަން ވެސް އުފައްދާ މީހެކެވެ.

އޭނަގެ "މޫދު ބުޅާ ޑައިވިން ސެންޓަރު" އަކީ އެކަމަށް މިހާރު ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނަމަށް ވާނެ އެވެ. ޒޫނާ އަކީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓެކްޓާ (ޕަޑީ) ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެން ޑައިވަރު ވެސް މެ އެވެ. މި ދާއިރާ އިން އޭނާ ބޮޑެތި ކާމިޔާބީތައް ވެސް ހޯދަމުން އަންނަ އިރު، އިނގިރޭސިވިލާތުގެ ބޯޓް އިންޓަނޭޝަނަލް މެގަޒިން އާއި ބްލޫ މެރީން ފައުންޑޭޝަނުން ދެމުން އަންނަ "އޯޝަން އެވޯޑް" 2019 ގައި 8 ފަރާތަކަށް ލިބުނު އިރު ޒޫނާ ހިމެނުނީ "ލޯކަލް ހީރޯ" ކެޓަގަރީގަ އެވެ. އޭނާ އަށް އެ އެވޯޑް ލިބުނީ ކަނޑުގެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކޮށްފައިވާތީ އެކަން އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މިއީ "އޯޝަން އެވޯޑް" ދިވެއްސަކު ހާސިލް ކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ ހުރިހާ ގޮތަކުން ވެސް ޒޫނާގެ ވާހަކަ ހާއްސަ އެވެ. އެހެން ނޫން ނަމަ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މީޑިއާ ކަމަށްވާ އެމެރިކާގެ ސީއެންއެން އިން ވެސް އޭނަގެ ވާހަކަ ނުގެނައީހެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ޒޫނާ ވަނީ އޭނަގެ މި ތަޖުރިބާ ކިޔައިދީފަ އެވެ. އޭނާ މި މަސައްކަތުގެ ތެރެއަށް ނުކުތީ އަންހެން ޑައިވިން އިންސްޓަރަކު ނެތް ދުވަސްވަރެއްގަ އެވެ. އޭރު ވެސް އެކަން ނެގީ ހިތްވަރެއްގެ ގޮތުގަ އެވެ. އެގޮތުން އެއީ ޗެލެންޖެއް ކަމަށް ބަލައިގެން ފީނުމުގެ ދުވެލި ބާރުކޮށްލީ އެވެ.

މިހާރު ޒޫނާ އަށް އާދެވިފައި ގުރި ހިސާބަކީ އެ ހިތްވަރާއި ކެރުމުގެ ނަތީޖާ އެވެ. ޒޫނާ އަކީ ސްކޫބާ ޑައިވިންގައި ރާއްޖޭގައި އެންމެ ނަގާކިޔާ އަންހެނާ އެވެ. އަދި އެކަން ގިނަ ބަޔަކަށް ދަސްކޮށްދޭން މަސައްކަތްކުރާ ދެވަނައެއް ނެތް ފަދަ މީހެކެވެ.

ސީއެންއެން އިން ވެސް އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ލޯކަލް ކޮމިއުނިޓީ އަށް ޑައިވްކުރަން ދަސްކޮށްދޭން ޒޫނާ ކުރާ މަސައްކަތެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިންނަށް ޑައިވްކުރަން ދަސްކޮށްދޭން ޒޫނާ ކުރަމުން އަންނަ ހިތްވަރުގެ މަސައްކަތުގެ ވާހަކަ ގެނެސް ދީފައިވެ އެވެ.

"ޑައިވް ސެންޓަރެއްގެ ހިންގުމުގެ މައިގަނޑު މަގުސަދަކީ ވެސް ކަނޑުގެ މާހައުލަށް މީހުން އަހުލުވެރި ކުރުވުން، މޫދާއި ކަނޑަށް މީހުންގެ ލޯބި ޖެއްސުމަކީ އަހަރެން އެންމެ ކުރާ ހިތްވާ ކަންތައް. އެކަމަށް ލޯބި ޖައްސައިގެން ނޫނީ ރާއްޖޭގެ މޫދާއި ކަނޑުގެ ސާފުތާހިރުކަން ވެސް ނުދެމެހެއްޓޭނެ." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މޫދަށް ޕްލާސްޓިކާއި އެ ނޫން ވެސް ކުނިބުނި އުކާލުމުގެ ގޯސް އަމަލުތައް ވެސް ހުއްޓުވޭނީ މޫދާއި ކަނޑަށް މީހުންގެ ލޯބި ޖެއްސުވި ވަރަކުންނެވެ. މި މަސައްކަތުގައި މިހާރު 26 އަހަރުގެ ތަޖުރިބާ ހުރި ޒޫނާގެ އަބަދު ވެސް އެންމެ ބޮޑަށް އިސްކަންދޭ ކަމަކީ އަރަމުން އަންނަ ޖީލު މިކަމަށް ހޭލުންތެރިކޮށް، އެ މީހުން އެޑިއުކޭޓް ކުރުމެވެ. ހާއްސަކޮށް ކުޑަކުދިންނެވެ. އޭނަގެ "މޫދު ބުޅާ ޑައިވިން ސެންޓަރު" އަކީ އުމުރުން 8 އަހަރުން ކުދިންނަށް ވެސް ޑައިވިން ދަސްކޮށްދެމުން އަންނަ ތަނެކެވެ.

ޒޫނާ ބުނީ، އެ ސެންޓަރު ވެރިރަށް މާލެއާ ކައިރީގައި އޮންނަ ވިލިމާލޭގައި ހިންގުމުގެ މަގުސަދަކީ ވެސް ލޯކަލް ކޮމިއުނިޓީ އަށް ހިދުމަތް ދިނުމެވެ.

"މި މަސައްކަތްކުރަން ރިސޯޓެއް ހުރި ނަމަ މާ ބޮޑު އާމްދަނީއެއް ހަމަ ޔަގީނުން ވެސް ލިބޭނެ. އެކަމަކު ވިލިމާލޭގައި މިކަން ކުރަން ބޭނުންވި ސަބަބަކީ ހަމަ ލޯކަލް ކޮމިއުނިޓީ އެޑިއުކޭޓް ކުރުން." ކުރިން ރާއްޖޭގެ އެކި ރިސޯޓްތަކުގައި ސްކޫބާ ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ޒޫނާ ބުންޏެވެ.

މި ދާއިރާ އަށް އޮތް ލޯތްބާއި ޝައުގުވެރިކަމާއި ހެދި ޒޫނާ މިހާރު އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ކަމަކީ ސަރުކާރުން ރާއްޖޭގައި މެރިން އެކެޑެމީއެއް ގާއިމް ކުރުމެވެ. އޭގެ ސަބަބުން ކަނޑުއަޑީގެ ދުނިޔެ އަށް އެތައް ބަޔަކު ލޯހުޅުވޭނެ އެވެ. މެރިން އެކެޑެމީއަކަށް ގޮވާލާ ޕެޓިޝަނަކަށް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭގެ އުންމީދުތަކުގެ ތެރޭގައި މޮބައިލް ޑައިވިން ސްކޫލެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، ވީހާ ވެސް ގިނަ ބަޔަކަށް ސްކޫބާ ޑައިވިން ދަސްކޮށް ދިނުން ހިމެނެ އެވެ.

"އަހަރެމެންގެ ބިމަކީ އެއް ޕަސެންޓް. 99 ޕަސެންޓަކީ ކަނޑު. އެހެންވެ ދިވެހިންގެ ޕްލޭގްރައުންޑަކީ ހަގީގަތުގައި ވެސް ކަނޑު." ޒޫނާ ބުންޏެވެ.

3 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 3%
icon inlove icon inlove 70%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިރިހެން

29 December 2021

މީ އެއްކަލަ ގުޅިފަޅު ހިއްކާތީ ނިދިނައިސް ގެން އުޅުނު މީހާދޯ

The name is already taken The name is available. Register?

ސާބަހޭހަމަ

31 December 2021

ކޮންމެކަމަކަށްވެސް ނުބައި އެއްޗެއް ކިޔޭތޯ ބަލާތި!

The name is already taken The name is available. Register?

ކޮންސޮޅި

29 December 2021

ސާބަހޭ ޒޫނާ. މިއީއޭ އިކިޔާ ފިސާރި ކަނބަލުންނަކީ، ހިއްވަރާއި ފަންވަރު ދައްކުވާލަދޭ، ތަރުބިއްޔަތު ކުރުން އަދި މުޖުތަމައަށް ފައިދާހުރި މަސައްކަތެއް. ފިސާރިކަން ދައްކުވާލަދޭ ނަމޫނާމިންގަޑެއް. ބާރަށް ކުރިއަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454