ފެނަކައިން ރަށެއްގެ އިންޖީނުގެ އެޅުން ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން--ފޮޓޯ:ފެނަކަ
31 ޑިސެމްބަރ 2021 - 14:37
ރަށްރަށުގެ އިންޖީނުގެތައް އާއްމުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ގެންދިއުމުގެ މަސައްކަތުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން ބުނީ މި މަސައްކަތުގެ ދަށުން މ. ރަތްމަންދޫގެ އިންޖީނުގެ ވެސް އަޅާނީ އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ.
އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރުމުން އެކަމުގެ އުނދަގޫތައް އެ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ކުުރިމަތިވެ އެވެ. އާންމުގޮތެއްގައި ރަށްރަށުގައި ވެސް އިންޖީނުގެތައް އަޅާފައި ހުންނަނީ އާންމުން އުޅޭ ސަރަހައްދުތަކާ ދުރުގަ އެވެ.
އެކަމަކު އިންޖީނުގެތައް ބަދަލުކުރަން ޖެހެނީ ރަށްރަށުގެ އާބާދީ އިތުރުވެ، އިންޖީނުގެއާ ކައިރިން އާންމުންނަށް ގޯތި ދޭން ފެށުމުންނެވެ.
މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ވެ ވަޑައިގެންނެވި ވައުދު ރަތްމަންދޫ އިންޖީނުގޭގެ ބިންގަލާއި އެކު 99% ހާސިލް ކުރެވިފައިވާކަން އުފަލާއިއެކު ފާހަގަކުރަން.
— Fenaka Corporation Ltd (@TeamFenaka) December 30, 2021
ފެނަކަ ޓްވީޓް
ފެނަކައިން ރާއްޖޭގެ 150 ރަށެއްގެ ފެނާއި ކަރަންޓުގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ކަރަންޓް ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރަށެއްގެ އިންޖީނުގެތައް މިހާރު ވަނީ އާންމުން އުޅޭ ސަރަހައްދުތަކާ ދުރަށް ރީލޮކޭޓްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
01 January 2022
150 އިންޖީނުގެ %99 ބަދަލުކުރީތޯ؟ ނޫނީ އޭގެތެރެއިން ކޮންމެވެސް އަދަދެއްގެ %99 ތޯ؟
ހައްވާ
31 December 2021
ގދ- ގައްދޫ އާއި ގއ- ގެމަނަފުށި އިންޖީނުގެ ހުންނަނީ ރަށުގެ މެދުގައި ، ވަށާގެން އުޅޭ ގޭގޭގެ މީޙުންނަށް ދުމުގެ އަސަރުކޮށް ވަރަށް އުދަގޫވޭ ، 99 ޕަސެންޓް އެއީ އަދުރޭގެ ހިސާބުން ސައީދު ދަސްކުރި ހިސާބެއްތޯ ؟؟؟؟
ބޭރުވެލާ
31 December 2021
އެހެންވީމަދޯ ބިލު ބޮޑު މިވަނީ....ޝުކުރިއްޔާ ސައީދު........
އުތުރު
31 December 2021
100 ޕަސެންޓް ހަމަވާއިރު ހދ.ނޮޅިވަރަމު އިންޖީނުގެވެސް ދުރަށް ދާނެކަމަށް އުންމީދުކުރަން.