މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

މި އަހަރުގެ އުންމީދީ ދިވެހި 4 ފިލްމެއް

"ބީވީމާ" ގެ މަންޒަރެއްގައި އަޝްފާ.

ބޮޑު ސްކްރީންގައި ދިވެހި ފިލްމެއް ބަލާލަން ނުލިބޭތާ ދެ އަހަރު ފަހުން މި އަހަރު އެ ފުރުސަތު ލިބޭނެކަމުގެ އުންމީދުގައި އެތައް ބަޔަކު އެބަތިއްބެވެ. އެކަމަކު ދިވެހި ފިލްމުތައް އަޅުވާ ރާއްޖޭގެ މައި ސިނަމާ، އޮލިމްޕަސް ހުޅުވާނެ އިރެއް އަދިވެސް ނޭނގެ އެވެ.

ނަމަވެސް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ތިބީ އޮލިމްޕަސް ހުޅުވާނެ އިރަކަށް ބަލަބަލަ އެވެ. މި އަހަރު އަޅުވާނެ ކަމަށް ބެލެވޭ ފިލްމުތަކުގެ ތެރެއިން އުންމީދީ ހަތަރު ފިލްމެއް އެބައޮތެވެ. އެ ފިލްމުތަކުގެ ބައެއް ވާހަކަތަކުގެ މަތިން ހަނދާން އާކޮށްލުމަ ދިވެހި ފިލްމު އިންޑަސްޓްރީ އަށް ލިބޭނެ ދިރުމަކަށް ވެދާނެ އެވެ.

* ނޮވެމްބާ

ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ނޮވެމްބާ" އަކީ ކުރިން މިދިޔަ އަހަރުގެ ޖުލައި މަހު ގައި އަޅުވަން ހަމަޖެހިފައި އޮތް ފިލްމެކެވެ. އެކަމަކު ކޮވިޑް-19 އާ ހެދި އެ ފިލްމު ފަސްކުރަން ޖެހުނީ އެވެ. "ވާށޭ މަށާއެކީ" އާއި "މާމުއި" ފަދަ ފިލްމުތައް ގެނެސްދިން އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަދު ފުއާދު ތައުފީގު ޑައިރެކްޓް ކޮށްފައިވާ "ނޮވެމްބާ" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

ސިންގަޕޫރްގެ އިތުރުން އައްޑު އާއި ލ. އަތޮޅުގެ އިތުރުން ވެސް ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑްގެ ތަރިންނަކީ މި ފަހުން އެންމެ މަގުބޫލުވި ސްކްރީން ޖޯޑު ކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގެ ހާއްސަ ރޯލަކުން ކުރީގެ މަޝްހޫރު ތަރި އިސްމާއީލް ވަޖީހު ފެންނާނެ އެވެ.

* ނީނާ

ކުރިން 2020 ގެ ފަހުކޮޅު އަޅުވަން އަމާޒު ހިފައި، އެ އަހަރުގެ ކުރީކޮޅު ޝޫޓީން ނިންމާފައި އޮތް "ނީނާ" އަކީ ކްރައިމް ތުރިލާއެކެވެ. މި ފިލްމަކީ 2019 ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަވަތި" ގެނެސްދިން އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓް ކޮށްފައިވާ އެއްޗެކެވެ.

"ނީނާ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ މިހާރު އިންޑަސްޓްރީގައި އެންމެ ވިދާ އެއް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. "ބަވަތި" ގެ ބަތަލާ އަކީ އޭނަ އެވެ. ލ. އަތޮޅުގައި ބޮޑު ބައި ޝޫޓްކޮށްފައިވާ "ނީނާ" ގެ ކާސްޓްގައި އާ އެކްޓަރު ޝަރަފު އަބްދުﷲ އާއި މަރިޔަމް ޝަކީލާ، ހަމްދާން ފާރޫގާއި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ރަޝީދާ (މަރަދޫ ރަޝީދާ) ހިމެނެ އެވެ.

* ބީވީމާ

"ބީވީމާ" ހާއްސަވާ ސަބަބަކީ މި ފިލްމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ އަލަތު ފިލްމަށް ވުމެވެ. ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޢަނީ (ތޭރަވާ) ގެ އަންހެނުންގެ މި ފިލްމަކީ ވެސް ޑާކް ރެއިންގެ ފިލްމެކެވެ.

"ބީވީމާ" ގެ ޑައިރެކްޓަރަކީ "ލީނާ" ގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީރެވެ. މި ފިލްމުގެ ކާސްޓްގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އައިމިނަތު ރަޝްފާ (އާޝާ) ވެސް ހިމެނެ އެވެ.

* ބަޅިނދު

"ބަޅިނދު" އަކީ 2016 ގެ ބިރުވެރި ފިލްމު "4426" އިން ފާތުމަތު ނަހުލާއާ އެކު ޑައިރެކްޝަނަށް ނުކުތް އަހުމަދު ސިނާންގެ ފިލްމެކެވެ. މިއީ އޭނަގެ ތިން ވަނަ ޑައިރެކްޝަނަށެވެ. އިންޑަސްޓްރީގެ އެންމެ އުންމީދީ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ސިނާންގެ ދެވަނަ ފިލްމަކީ 2019 ގައި ގެނެސްދިން "ގޮށްރާޅު" އެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ "ބަޅިނދު" އަކީ އާ ޒުވާން އާ ސްކްރީން ރައިޓަރެއް ކަމަށްވާ ހޫދު އިބްރާހީމްގެ ސްކްރީންޕްލޭއަކަށް ގެނެސްދޭ ބިރުވެރި ފިލްމެކެވެ. މީގެ ކާސްޓްގައި އާޝާ، ނުޒޫ، ޝަރަފު، އިސްމާއީލް ޖުމައިހް (ޖުމާ) އަދި ހުނޭޝާ އާދަމް ހިމެނެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454