02 ޖެނުއަރީ 2022 - 06:12
އެމެރިކާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ބެޓީ ވައިޓް ހުކުރު ދުވަހުގެ ރޭ މަރުވުމާ ގުޅިގެން، ބެޓީގެ ބަދަލުގައި އިނގިރޭސީ ރާނީ އެލިޒަބަތު ދޭއް އަވަހަރާވި ނަމަ މާ ރަނގަޅުވީސް ކަމަށް އެ ގައުމުގެ ނޫސްވެރިއަކު ބުނި މައްސަލަ ހޫނުވެއްޖެ އެވެ.
ނައިލާ ބާޓަން ކިޔާ ނޫސްވެރިޔާ އެ ޓްވީޓް ކުރުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ވެސް އޭނާ ވަނީ "އަލިފާނަށް އިތުރަށް ތެޔޮ އަޅައި"، ރާނީ މިހާރު ދުނިޔެއާ ވަކިވާން ވެއްޖެ ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ. އެހެންވެ، ގިނަ ބަޔަކު މިހާރު އަންނަނީ ނައިލާ އަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
What a truly horrible thing to say. @TwitterSupport what do you have to say about @yumcoconutmilk ‘s tweet? pic.twitter.com/wreBra7Hge
— Caoimhín Thomas 🏴🇬🇧 (@KevMonynys) December 31, 2021
މައްސަލަ ހޫނުވުމުން ނައިލާ ވަނީ ޓްވީޓްތައް ޑިލީޓްކޮށް، އޭނަގެ އެކައުންޓް ނުވަދެވޭ ގޮތް ހަދައިފަ އެވެ.
🚨 | NEW: Vogue journalist Nylah called for the Queen to die. Then did it again. Then made her account private, then deleted her account pic.twitter.com/W7itJlmHjz
— News For All (@NewsForAIl) December 31, 2021
"އިންސާނިއްޔަތު ކަމެއް ނެތް" ވާހަކަތަކެއް ދެއްކުމާ ގުޅިގެން ނައިލާގެ ލިޔުންތައް ޝާއިއުކުރާ ނިއު ޔޯކް މެގަޒިނާއި ބްރިޓިޝް ވޯގް މަޖައްލާ އިން އޭނާ ވަކިކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވައިލަމުންނެވެ. އަދި އޭނާގެ "ރަހުމެއް ނެތް" ޓްވީޓްތަކުގެ ސްކްރީންޝޮޓް ޓްވިޓާގައި ވަރަށް ބޮޑަށް ދައުރުކޮށްފައިވެ އެވެ.
@voguemagazine
— Norman Blair (@Norman_Blair41) December 31, 2021
I would drop this idiot.
The world needs fewer people like @yumcoconutmilk saying hateful and offensive things which brings shame on your magazine. pic.twitter.com/u22nysDwb0
ގިނަ ބަޔަކު ވަނީ ނައިލާ އަށް ދެން ޓްވީޓާ ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އެތައް ވެސް ގޮވާލައިފަ އެވެ.
އުމުރުން މިހާރު 96 އަހަރުގެ ރާނީ އަވަހާރަވި ނަމައޭ ނައިލާ ބުނި މައްސަލާގައި މަޝްހޫރު އިނގިރޭސި ނޫސްވެރިޔާ އަދި ޓީވީ ޝަހުސިއްޔަތު ޕިއާސް މޯގަން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އޭނާ ބުނިގޮތުގައި ނައިލާގެ އެ އަމަލަކީ ނޫސްވެރިއެއްގެ ފަރާތުން ފެނިގެންވާނެ ފަދަ ކަމެއް ނޫނެވެ.
ހުކުރު ދުވަހުގެ ރޭ 99 އަހަރުގައި މަރުވި ބަތަލާ ބެޓީ އަކީ އާންމުންގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
03 January 2022
އޭނަ އެކަންޔެއްނޫން އެތައް ސަތޭކަ މީހުންނެއް އެބަހުރި ހަމަ އެހެންޖަހާފަ ޓްވީޓް ކޮއްފަ. ބެޓީ އަށް ވުރެ އެލިޒަބަތު ދިޔަނަމަ ރަނގަޅުވީހޭ ކިޔާފަ. ތީ މީހަކު ހޫނުފެނަށް ލާވަރު އެއްޗެއްނޫން. ބައެއްކަންކަމުގަ ތިޔަ ހޫނުފެންމީހުން ހަމަ އުޅޭނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިގެން
އަފްރާސިޔާބު
03 January 2022
އެމީހުން ރުހޭމީހަކާ ދެކޮޅަށް ހުޅަނގުގައި ޗުޕްވެސްބުނެފިއްޔާ އެ ދެން އިންސާނިއްޔަތުކަމެއްނެތީ. އެކަމަކު މުސްލިމުންމަރައި ކުދިކޮށްކޮށައި މުދާފޭރެންވީމާ އެބުނާ އިންސާނިއްޔަތުކަމެއްނޯވޭ. އިރާގައި، ސީރިޔާއާއި ލީބިޔާއާއި އަފްގާނިސްތާނާއި ފަލަސްޠީނު ރައްޔިތުންގެބޮލަށް ބޮންއަޅައި ގެދޮރުންނެރެ ކަނޑަށްޣަރަގު ކުރާއިރު ހުޅަނގުގައި ތިގޮތަށް އަޑުގަދަކޮށް އިންސާނީ ހައްގެއްގެވާހަކަ ނުދައްކާ އިރާގު ސުންނާފަތި ކުރަން ދޮގުހަދައި އޮޅުވާލި ޓޯނީބްލެއައަށްއިނާމު އެދިނީ
ބާލައާދަނު
03 January 2022
ޚިޔާލެއް ފާޅު ކޮށްލީމަ ހަމަކެކޭ ދޯ. ތިމާ ލޯބިވާ މީހަކާ ގުޅޭ ގޮތުން ހިތުހުރިހާ ވާހަކައެއް ނުދައްކާންވީ މިހެންވެ.
އިންގްލިޝްމޭން
03 January 2022
އަހަރުމެންގެ އޮވާ ސްޓޭވެގެން އަދިވެސް ޑީޕޯޓް ނުވެ ހުރި، ސުޕްރީމްކޯޓަށް ފިލައިގެން އުޅޭ، ފިނޑި ކަލޭގެ ނިކަމާމެދު ބުނަނީ ކީކޭބާ. ސިޔާސީ ކުރިމަގޭތަ؟