ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ހަނިމާދޫ ހައުސިން ޔުނިޓްގެ މަޝްރޫއުުގެ ބިޑްތައް އަލުން އިވެލުއޭޓްކުރަން ވަނީ އަމުރުކޮށްފައި --- ފޮޓޯ/މިހާރު
02 ޖެނުއަރީ 2022 - 16:14
ހދ. ހަނިމާދޫގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިޑްތައް އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑް ހިމަނައިގެން އަލުން އިވެލުއޭޓް ކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށާއި އަލަށް އިމާރާތްކުރާ 48 ހައުސިން ޔުނިޓް އެޅުމަށް މިދިޔަ ޖުލައި މަހު ސަރުކާރުން ހަވާލުކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުއަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބިޑް ހުށަހެޅިޔަސް، އެ ބިޑް ފުރިހަމަނުވާ ކަމަށް ބުނެ ނޭޝަނަލް ޓެންޑާ ބޯޑުން އެ ބިޑްތައް އިވެލުއޭޓް ކޮށްފައި ނުވާތީ އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ ބިޑްތައް އިވެލުއޭޓް ކުރަން އަމުރުކޮށް ދިނުމަށް އެދި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެސްޖޭގެ ބިޑްތައް ޓެންޑާ ބޯޑުން އިވެލުއޭޓް ނުކުރަން ނިންމާފައި ވަނިކޮށް ރިވިއު ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު އެ ބިޑްތައް ބަލައިގަންނަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް ޓެންޑާ ބޯޑުން އަމަލުކުރަން ޖެހޭނެ ކަމަށާއި އެކަމަކު ޓެންޑާ ބޯޑުން ބިޑްތައް އިވެލުއޭޓް ކުރީ ރިވިއު ކޮމެޓީގެ ނިންމުމަށް އަމަލު ކުރުމެއް ނެތި ކަމަށާއި އެހެންވެ، އެއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހުކުމުގައި އަންގާފައިވަނީ އެސްޖޭ ކުންފުނީގެ ބިޑްތައް ބަލައިގަތުމަށާއި އެ ބިޑްތައް ހިމެނޭހެން މިއަދުން ފެށިގެން 20 ދުވަސް ތެރޭގައި ހުރިހާ ބިޑްތައް އަލުން އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް އެ މަޝްރޫއު ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ހަނިމާދޫ ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 79.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއު އެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެފެޕިންދަން
03 January 2022
ކޯޓުން ކީއްވެތަ އަމުރުނުކުރީ އެސްޖޭ އަށް ތިޔަ ޕްރޮޖެކްޓް ދޭން،، އެސްޖޭ އަކީ ރިޝްވަތުދީގެން މަސައްކަތްހޯދާ ކުންފުންޏެއް ކުރީސަރުކާރުގަ ސަރުކާރު އެއްވެސް ޕްރޮޖެކްޓެއް އެސްޖޭ ނޫން ބަޔަކަށް ނުލިބޭ ފިނޭންސެ މިނިސްޓްރީ ތެރޭގަވެސް ޓެންޑަރ ބޯޑުގަވެސް ތިބޭނެ އެސްޖޭ އިން ބަރާބަރަށް މުސާރަދޭ މީހުން، ދެން ހަމަ އެންމެންވެގެން އެސްޖޭ އަށް މަސައްކަތް ހޯދަދިނުމުގަ އުޅޭނީ މިހާރުވެސް އެކުދިންކޮޅު ތިބޭނެތާ
ލަންޑަންފޯރި
03 January 2022
ބަލަ، އެސްޖޭ އަކީ ކޮންމެވެސް ލިމިޓެއް ހަމަވެގެން އިތުރު މަޝްރޫއެއް ނުނެގޭ ކުންފުންޏެއް ނޫންތަ؟ މިހާރު އުސޫލުތައް ބަދަލުކޮށްލީތަ؟ ހާދަ ވަރެއްގެ އެސްޖޭ އެކޭދޯ ތިޔައީ. އެބަޖެހޭ މިކަހަލަ ކިންފުނިތަކުގެ ފެމިލީ ޓުރީވެސް ބަލަން، ސިޔާސީ ގުޅުންތަކާ އެކީ
ނަސީ
02 January 2022
ޒަރިޔަންދު އަކީ ަަަަަ ވަރަށް ބޭއިންސާފު މީހެއް. ޓެންޑަރ ބޯޑު ހަލާކު ކޮށްފި. މި ވަރު މީހަކު އޭސީސީއަށް ލަނީ؟a
ނޫންތައަޅެ
02 January 2022
ޒަރިޔަންދު ކަންތައް!!!