ވިން ޑީސަލް އާއި ދީޕިކާ ޓްރިޕްލް އެކްސްގެ ޝޫޓިންގައި.
07 ޖޫން 2016 - 08:04
ޓްރިޕްލް އެކްސްގެ ކުރިއަށް އޮތް ފިލްމަށް އިންތިޒާރު ކުރާ މީހުންނަށް ދޭން އޮތް އުފާވެރި ހަބަރަކީ އެ ފިލްމް އަންނަ އަހަރުގެ ޖެނުއަރީ 20 ގައި ފިލްމް ސިނަމާތަކަށް އަންނަ ވާހަކަ އެވެ.
ހޮލީވުޑްގެ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް ޓްރިޕްލް އެކްސްގެ ފިލްމްތައް އަބަދު ވެސް ވަރަށް ހާއްސަ އެވެ. އެކަމަކު މި ފަހަރު ސިރީސްގެ ކުރިއަށް އޮތް ފިލްމް "ދަ ރިޓާން އޮފް ޒެންޑަ ކޭޖް" ބޮލީވުޑްގެ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް ވެސް ވަރަށް ހާއްސަ އެވެ.
އެއީ ކީއްވެ ހެއްޔެވެ؟ ފިލްމުން މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ފެނިގެން ދާނެތީ އެވެ. މިއީ އޭނާގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓެވެ.
ވިން ޑީސަލް، 48، ކަހަލަ ހޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާ އެކު ދީޕިކާ، 30، ފެނިގެން ދިއުމަކީ ފިލްމް ވަރަށް ބޮޑަށް ހާއްސަވާ އެއް ކަންތަކެވެ.
ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިންމާލައިފަ އެވެ. ޝުޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތައް ދޭތެރެ ދޭތެރެ އިން ސޯޝަލް މީޑިއާގައި ވެސް ތިލަވެ އެވެ. އެކަމަކު މި ފަހަރު މި ފޮޓޯ ވަކިން ހާއްސަ އެވެ.
ވިން ޑީސަލް އާއި ދީޕިކާ ޓްރިޕް އެކްސްގެ ޝޫޓިންގައި.
ޑީސަލްގެ އިސްޓަގްރާމްގައި ކެޕްޝަނަކަށް "ޑެސްޓިނީ" ޖަހާފައި އޭނާ ފޭނުންނާ ހިއްސާ ކުރި މި ފޮޓޯއަކީ ދީޕިކާ އެކު ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯ އަށް ބަލާލުމުން ޑީސަލް އާއި ދީޕިކާގެ ކެމިސްޓްރީ ކިހިނެއް ވާނެ ކަމަށް ބެލެވޭ ހެއްޔެވެ؟
"ރިޓާން އޮފް ޒެންޑަ ކޭޖް" ސްކްރީނުން ބަލާލަން ލިބޭ އިރު، މިއީ ބެލުންތެރިން އުންމީދު ކުރާ އެއް ކަންތަކެވެ.
ޑީޖޭ ކަރޫސޯ ޑައިރެކްޓްކޮށް، ޕެރަމައުންޓް ޕިކްޗާސް އިން ޑިސްޓްރިބިއުޓް ކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސެމްއެލް އެލް ޖެކްސަން، ރޫބީ ރޯސް، ޑޮނީ ޔެން، ނީނާ ޑެބްރޯވް އަދި ޓޯބނީ ކޮލެޓް ފަދަ ތަރިން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
07 June 2016
އެއްގޮތަކަށްވެސް ކަމަކުނުދޭ! އެކަމަކު ހޮލީވުޑްގެ ގިނަފިލްމުތަކެއްގާ މުސްކުޅި ފިރިހެނުންނާއެކު ރީތިޒުވާން އަންހެންކުދިން އުޅުމަކީ އާންމުކަމެއް! އެހެންވީމާ ފަހަރެއްގާ އޮޑްނުވެވެސްދާނެ! ފިލްމު ކުޅުވާ ފަރާތްތަކުން ފިލްމަށްވުރެ ބޮޑަށް ބަލާނީ ރީތި އަންހެން ކުދިން ހޯދައިގެން އެކުދިންނާ ތަތްވުން! -އިބްރާހީމް-
ކަޓޭ
07 June 2016
ތި ފިލްމްގައި ބްރެޒިލްގެ ތަރި ނޭމާ ވެސް އުޅޭ.....