ވެެންސިއާގެ ކުޅުންތެރން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 ޖެނުއަރީ 2022 - 21:01
ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން، ކްލަބް ވެލެންސިއާ މޮޅުވި ނަމަވެސް ޕްރެޒިޑެންޓްސް ކަޕުގެ ގުރޫޕް ސްޓޭޖުގައި މާޒިޔާގެ ފަހަތުގައި ވެލެންސިއާ މަޑުކުރަން ޖެހިއްޖެ އެވެ.
މިދިޔަ ތިން ހަފުތާގެ މެޗުތަކުން ވެސް، ލީގު އުސޫލުން ގުރޫޕް ސްޓޭޖް ކުރިއަށްދާ މުބާރާތުގެ، ކުރި ހޯދީ ވެލެންސިއާ އެވެ. މާޒިޔާ އާއި ވެލެންސިއާ ޕޮއިންޓުގެ ގޮތުން އެއްވާނެއްގައި ހިފަހައްޓަމުންދާއިރު އޭރު ވެލެންސިއާ އަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ. މިދެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ޖުމުލަ 12 ޕއޮިންޓް ވަނީ ހޯދައިފަ އެވެ.
އެކަމަކު ރޭ ދަ ގްރާންޑޭއްގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މާޒިޔާ މޮޅުވުމުން ފައިދާ ގޯލްގައި މާޒިޔާ އިން ރަނގަޅު ހިސާބަކަށް ޖެހިލި އެވެ. ވެލެންސިއާ އިން މިއަދު ޖެހި ދެ ގޯލާ އެކު ދެ ޓީމަށް ލިބިފައިވާ ފައިދާ ގޯލް ވަނީ އެއްވަރުވެފަ އެވެ. އެކަމަކު މި ހަފުތާގައި މާޒިޔާ އަށް އެއްވަނަ ލިބެނީ ވެލެންސިއާ އަށް ވުރެ ގިނައިން ލަނޑު ޖަހައިފައިވުމުންނެވެ.
ވެލެންސިއާ އާއި ޓީސީ މިއަދު ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދު މެޗުގައި ފުރަތަމަ ލީޑު ނެގީ ޓީސީންނެވެ. އެޓީމުގެ ލަނޑު 39 ވަނަ މިނެޓްގައި ޖެހީ ޒަޔާން ނަސީރު އެވެ. އެކަމަކު ފުރަތަމަ ހާފުގައި ލިޑުގައި ނިންމާލުމުގެ ފުރުސަތެއް ޓީސީ އަކަށް ނުލިބުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ހުސައިން ހަނާން ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ވެލެންސިއާ މޮޅުކޮށްދިން ލަނޑު ދެވަނަ ހާފުގައި ޖެހީ ބޮރްހޯސް މާޓިން އެވެ. އޭނާ ލަނޑު ޖެހީ 70 ވަނަ މިނިޓްގަ އެވެ. ވެލެންސިއާ އަށް މި ހަފުތާގައި އެއްވަނަ ނުލިބުނަސް، މިދިޔަ ތިން މެޗެކޭ އެއްގޮތަށް ބަދަލު ނުވެ އޮތް ކަމަކީ އެޓީމުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ޓީމުގައި އަދާކުރި ދައުރެވެ. ވެލެންސިއާގެ މިދިޔަ ތިން މެޗުގައި ވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސެންޓޭ، މިއަދުގެ މެޗުގައި ވެސް އެ މަގާމު ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ ބިންތި ރޮނަލްޑޫ
22 May 2023
ތިބަލަން ބަޔަކު ވަދޭތަ??? މުޅިން ފޫހިވެއްޖެ މިހާރު އަހަރެން ނުބަލަން ފުޓުބޯޅަ ?? މިރާއްޖޭގެ ކުޅިވަރު ހަލާކުވީ ފުޓުސަލް ދަނޑު ގިނަވެގެން
މޮރީނޯ
04 January 2022
ނިއު ކުޅޭތަ? ވިކުޓްރީ ކުޅޭތަ? ދިވެހިން ފުޓްބޯޅަ ކުޅޭތަ?