08 ޖެނުއަރީ 2022 - 13:29
ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދޭން ޖެހޭނީ ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހޫނު ރައްދެއް ދެއްވައިފި އެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރުގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން ރައީސް ރޭ ވިދާޅުވީ އެ ދާއިރާގެ މެންބަރުން ވޯޓު ދޭން ވާނީ ޑްރަގުގެ ވިޔަފާރި އާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަމަށެވެ. އަދި ބަޣާވާތާ ވެސް ދެކޮޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަން ހޯދަން އުޅުނު އިރު ބަޣާވާތާއި މަނީލޯންޑަރިން އަދި އެމްއެމްޕީއާރްސީގެ ވަގު ފައިސާ ވެސް އޯކޭ ކަމަށެވެ.
ރައީސް ވިދާޅުވާ ބާޣީންނާއި އެމްއެމްޕީއާރްސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރު ވެސް ތިބީ އެމްޑީޕީ އާއި މި ސަރުކާރުގައި ކަމަށް އުޝާމް ވިދާޅުވި އެވެ.
އެމްޑީޕީން ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް "ބަޣާވާތް" ކުރީ މިހާރުގެ އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އިސްވެ ހުންނަވައިގެން ކަމަށެވެ. އުޝާމް އަކީ އެ ދެ ބޭފުޅުން އުފައްދަވާފައިވާ އެމްއެންޕީގެ އިސް މެންބަރެކެވެ.
ޑްރަގްގެ ވިޔަފާރި އާއި މަނީ ލޯންޑަރިން ރައީސް ގުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނު އިސްވެ ކުރައްވާ "އިންޑިޔާ އައުޓް" ކެމްޕެއިނަށެވެ.
ކޮމަންޑޫ ދާއިރާއަށް ކެނޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި އެމްއެންޕީ އަދި ޕީޕީއެމް އިންނެވެ. މިހާތަނަށް ވެސް ތިން ޕާޓީން ކެމްޕެއިން ކުރަމުން އަންނަނީ ވަރަށް ވާދަވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާގޯށި
10 January 2022
މިސްކިތު ހުޅުޖެހި މީހާ އަށް ވީވަރު ތިވީ، އަމިއްލަ އަށް ތިބޭނުނީ
ބޮޑުބެރު
09 January 2022
ކިޔަވައި މޮޅުވެގެން އައިސް ވޯޓުލާންވީމަ ތަންދޮރު ނުދަންނަ މީހަކާއި ދިމާލަށް ފާހަގަޖަހާ ކަމަށް ވާނަމަ އަހަރެމެންގެ މައްޗަށް އަމުރު މައުރޫފު ހިންގާނީ ބޮޑެތި ގަމާރުންނެވެ. މިކަމަށް ވިސްނައިގެން ވޯޓުދިނީމަ ހުރިހާކަމެއް ބަރާބަރުވާނެކަން އަދުގެ ރައީސްގެ އަމަލާއި ބަސްފުޅުތަކަށް ވިސްނާލުމުން ޔަގީންވާނެ!
ތެދެއް.
10 January 2022
ސްޕޮޓް އޯން.
120687
09 January 2022
ސިޔާސަތުދާރުންނާއި ޚަބަރުދާރުންގެ މި ކުޅިވަރު ފެނުމުން ހަނދާން ވަނީ ސަލާހުއްދީނު ލިޔުއްވި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސިޔަރަތުގައި ކިޔައިދޭ މައްކާގެ އުކާޒު ބާޒާރުގައި އޮންނަ ހަށަވާދައިގެ ކުޅިސަމާ. ހަމަ ކުޑައިކޮށް ވެސް ތަފާތެއް ނެތް. ބޮޑާކަމާއި ކިބުރުވެރިކަމާއި، ދޮގު ފަތުރައި ދޮގު އުފުލައި ހެދުން ނޫންކަމެއް ނެތް.
ލައްޓި
09 January 2022
ރަނގަޅު، ވަކި މީހަކު ހިތްހަމަޖައްސައިދިނުމަށް ބައިބައިވުން އުފެދޭކަހަލަ، ދީނުގައި އަދަބު ކަނޑައެޅިފައިވާ ކަންކަމަށް މީހުނަށް ތުހުމަތުވާގޮތަށް ވާހަކަ ދެއްކުމަކީ އެހާ ރަނގަޅުކަމެއް ނޫންދޯ، ރައީސް ވިޔަސް.
މިހަންމދު
09 January 2022
ދުރަގުލީޑަރުންނަށް ހުކުމް އިއްވަނީ ޝަރުއީ ކޯޓުން އެއީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެއްނޫން. ކިޔަވައިދެއްވަނީ ޓިޗަރުން، ބަލިމީހުން ބަލަނީ ޑޮކްޓަރުން. އޯކޭ ތޯ
ރަސާދު
09 January 2022
އަމިއްލަޔަށް ބޭނިގަނެވޭއިރުވެސް ނޭގެދޯ. ބާގީން ވާނީ ބާގީންނަށް.
އޭނަ
09 January 2022
ޖީ އެމް އާރ އޭ އެއްގޮތަކަށްވެސް ނުކިޔާތި. ހަމަނޭވާ ލައިގެންވެސް ނޭންގެ ތިބެވޭނެ ކަމެއް.
ޙިނި
09 January 2022
ބަޣާވާތް ކޮއްލީމަ ކުންފުނި އިމާރާރް ކުރުމުގެ ރާއްޖޭގެ އެންމެ އުސް ކުރިބޯއްޓައް ބަދަލުކޮއްލި
ޙެހެހޭ
09 January 2022
ކެމްޕޭނުގަ ގޭގެއަށްގޮސްބުންޏޯ ގެ ހަދަނަފަށާފަހުއްޓިފަހުރި ގޭގެ ނިންމާދޭނަމޭވެސް މިހާރު ފޯނުވެސްނުނަގަޔޯ ގޮނޑިލިބުނީމަ ކިޔާ ، މިހާރު ދެ އަހަރުވީ ދެން އެރައްޔިތުންގެ ގެ ހަދާދެއްވާއަވަހަށް.
ޖުންޖުލައި
09 January 2022
އުސާމް މެން ކޮން ރުޅިއެއްތަ! ބަގާވަތް އެއީ ބަގާވަތް