އައިފޯނާއި އައިޕެޑްގެ ކީބޯޑަކީ ޓްރެކްޕެޑަކަށް ވެސް ބަދަލުކޮށްލެވިދާނެ
10 ޖެނުއަރީ 2022 - 06:44
އެޕަލް އިން އައިފޯނާއި އައިޕެޑްގެ މުހިންމު ފީޗާތަށް ކިޔައިދޭން ވަރަށް ގިނަ މަސައްކަތްކުރެ އެވެ. އެކަމަކު ކުދިކުދި އެކަމަކު ވަރަށް ބޭނުންތެރި ބައެއް ފީޗާތައް އާންމުކޮށް ކިޔައިނުދީ އެކަމަކު އެ ބޭނުންކުރާ މީހުން އަމިއްލަ އަށް އެހެން މީހުންނަށް ކިޔައިދޭން ދޫކޮށްލާފައި ވެސް ހުރެ އެވެ.
މީގެ ތެރެއިން އެއް ފީޗާ އަކީ އައިޕެޑާއި އައިފޯނުގެ ކީބޯޑްތެރެއިން ބޭނުންކޮށްލެވިދާނެ، ފޮރުވިފައިވާ ޓްރެކްޕެޑެވެ. މި ޓްރެކްޕެޑުން، ސްކްރީންގައި ފަސޭހަަކަމާ އެކު ކާސާ ހަރަކާތްކޮށްލެވޭނެ އެވެ. މައުސްއަކަށް ފުދޭނެ އެވެ.
މިއީ ދިގުކޮށް އެއްޗެއް ލިޔަންޖެހޭ ހާލަތުގައި ބޭނުންކޮށްލަން ރަނގަޅު ފީޗާއަކަށް ވާނެ އެވެ. އެއީ، ކުރިއަަށާއި ފަހަތަށް ކާސާ އަބަދު ގެންދަން ޖެހުމާއި ޓެކްސްޓަށް އުނި އިތުރު ގެނެއުން ފަދަ ކަންކަން ކުރުމަށް ފަސޭއަކަށް ވާނެ އެވެ.
⁃ ޓެކްސްޓެއް ލިޔެފައިވާ ތަނަކުން، ކީބޯޑް ހުޅުވައި، ކީބޯޑް ބްލޭންކް ވަންދެން ސްޕޭސް ކީ އަށް ފިއްތާލައިގެން ހުންނާށެވެ. މިހެން ހިފަހައްޓާލައިގެން ހުރުމުން ސިކުންތެއްހާއިރަށް ކާސާ ބޮޑުކޮށް ފެނިލާނެ އެވެ. މިގޮތަށް ފެނިއްޖެ ނަމަ އެ ހުރީ ކީބޯޑް ޓްރެކްޕެޑަކަށް ބަދަލުވެފަ އެވެ.
⁃ ސްޕޭސް ކީ އަށް ފިއްތާފައި ބަހައްޓައިގެން، ކީބޯޑްގައި މެކްގެ ޓްރެކްޕެޑްގައި އިނގިލި ހަރަކާތްކުރާ ގޮތަށް ހަރަކާތްކޮށްލާށެވެ.
⁃ ކާސާ ވަކި ތަނެއްގައި ސިލެކްޓްކުރަން ބޭނުން ނަމަ އެ ހިސާބަކަށް ގޮސް ކީބޯޑުން އިނގިލި ނައްޓާލާށެވެ. އަދި ޑިލީޓްކުރުން ފަދަ ހުރިހާ ކަމެއް ކީބޯޑް ތެރެއިން ކުރެވޭނެ އެވެ. އަލުން އަނެއްކާވެސް ކާސާ ހަރަކާތްކުރަން ބޭނުން ނަމަ ސްޕޭސް ކީ އަށް ފިއްތައި ހިފަހައްޓާލުމަށް ފަހު ކުރިން ހެދި ގޮތަށް ހަދާށެވެ.
މަތީގައިވާ ވީޑިއޯ އިން އިތުރަށް ދަސްކޮށްލާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބީ
10 January 2022
ތީ މީގެ 10 އަހަރު ކުރިން ވެސް ވާ ގޮތެއް.