ލައިފްސްޓައިލް / ޓެކްނޮލޮޖީ

ޑިވެލޮޕަރުންނަށް އެޕް ސްޓޯރުން 260 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

އެޕް ސްޓޯރްގައި ހުރި އެޕްތަކުގެ އަދަދު މިހާރު 1.8 މިލިއަނަށް ވުރެ ގިނަ.

މީގެ 14 އަހަރު ކުރިން އެޕް ސްޓޯރު ވުޖޫދަށް އައި ފަހުން އެ މެދުވެރިކޮށް ޑިވެލޮޕަރުންނަށް އާމްދަނީގެ ގޮތުގައި 260 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

އެ ކުންފުނިން ހޯމަ ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި 260 ބިލިއަން ޑޮލަރުގެ ތެރެއިން 60 ބިލިއަނަކީ މިދިޔަ އަހަރު ޑިވެލޮޕަރުންނަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރެވެ. އަދި އާ އަހަރާ ދިމާކޮށް ވެސް އެޕް ސްޓޯރު މެދުވެރިކޮށް ޑިވެލޮޕަރުންނަށް ބޮޑު އާމްދަނީއެއް ލިބުނު ކަމަށް އެޕަލް އިން ބުންޏެވެ. އެކަމަކު އެ އަދަދާ ބެހޭ ތަފުސީލެއް ހާމައެއްނުކުރެ އެވެ.

އެޕް ސްޓޯރަކީ މިހާރު އައިއޯސް އަށް ބަރޯސާވާ މީހުންނަށް ހާއްސަ އެއްޗެކެވެ. މީގައި ހުރި އެޕްތަކުގެ އަދަދު 1.8 މިލިއަނުން މަތީގައި އުޅޭ އިރު، އެޕް ސްޓޯރުން އެޕަލް އަށް ވެސް ބޮޑު އާމްދަނީއެއް ލިބެ އެވެ. އެކަމަކު އެ ކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި އެޕް ސްޓޯރުން ލިބޭ އާމްދަނީ އެޕަލް ހިންގުމުގައި ބަރޯސާކުރާ އެއްޗެއް ނޫނެވެ.

އެޕް ސްޓޯރަކީ ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ވިޔަސް، ޑިވެލޮޕަރުންގެ ތެރޭގައި އެއާ ގުޅޭ ޝަކުވާތައް ގިނަ އެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރަނީ އެޕްތަކުން ބައިއަޅާ ގޮތާ ދޭތެރޭ އޮތް ހިތްހަމަނުޖެހުންތަކެވެ. މިހާރު ހަމަޖެހިފައި އޮންނަ އުސޫލަށް ބަލާ އިރު، ޑިވެލޮޕަރުންގެ އަތުން އެޕަލް އިން 30 ޕަސެންޓްގެ ފައިދާއެއް ނަގަ އެވެ. އެކަމަކު އެ އަދަދު ބޮޑުކަމުގެ ޝަކުވާތައް މި ފަހުން ވަރަށް ބޮޑަށް ފެންމަތި ވެސް ވި އެވެ.

މަޝްހޫރު ވީޑިއޯ ގޭމް "ފޯޓްނައިޓް" ގެނެސްދިން ކުންފުނި، އެޕިކް ގޭމްސް އިން އެޕް ސްޓޯރުން ބައިއަޅާ ގޮތުގެ މައްސަލާގައި އެޕަލް އަށް ދައުވާ ވެސް ކޮށްފައިވެ އެވެ.

ދާދި ފަހުން އިންޑިއާ އިން ވެސް ވަނީ އެޕް ސްޓޯރުގެ މި މައްސަލަ އެ ގައުމުގެ ކަމާ ބެހޭ އިދާރާ އަށް ހުށަހަޅައިފަ އެވެ.

ހޯމަ ދުވަހު އެޕަލް އިން އާންމުކުރި ބަޔާނުގައިވާ ގޮތުން އެޕަލްގެ ހިދުމަތްތާއި ޑިވެލޮޕަރުންގެ ހިދުމަތް ހޯދާ ޕެއިޑް ސަބްސްކްރައިބަރުންގެ އަދަދު 745 މިލިއަނަށް ވުރެ ގިނަ އެވެ. އެކަމަކު ސީދާ ހަމައެކަނި އެޕަލްގެ ޕެއިޑް ސަބްސްކްރައިބަރުންގެ އަދަދެއް ހާމައެއްނުކުރެ އެވެ.

އެޕަލް އިން މި ފަހުން ތައާރަފުކުރި ބައެއް ހިދުމަތްތަކުގެ ތެރޭގައި އެޕަލް ޓީވީ ޕްލަސް އާއި ނިއު ޕްލަސް އާއި ފިޓްނެސް ޕްލަސް ފަދަ ޕްރީމިއަމް ސާވިސްތައް ހިމެނެ އެވެ.

"އެޕަލް އަށް މިކަމުގެ ތެރެއިން އޮތް އެންމެ ބޮޑު އުފަލަކީ ބިލިއަން ޑިވައިސްތަކާ އެކު ޑިވެލޮޕަރުންނާއި އާޓިސްޓުންނާއި ސްޓޯރީޓެލާ އިން ގުޅުވައިދީ މާނަ ހުރި މުއްސަނަދި ކޮންޓެންޓްތަކެއް އެޕް ސްޓޯރުގެ އެހީގައި ގެނެސްދެވުން،" އެޕަލް ސާވިސެސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އެޑީ ކިއު ވިދާޅުވި އެވެ.

މިހާރު އަގު ތިން ޓްރިލިއަން ޑޮލަރަށް އަރާ އެޕަލްގެ އެޕް ސްޓޯރް ވުޖޫދަށް އައީ ޖުލައި 10، 2008 ގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454