ގދ. ތިނަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.
12 ޖެނުއަރީ 2022 - 11:09
ދިރިއުޅެން ރަށުން ބޭރު މީހުންނަށް، ގދ. ތިނަދޫން ގޯތި ދޫކުރަން ނިންމައި ރަށު ކައުންސިލުން އެކަން އިއުލާނުކޮށްފި އެވެ.
ތިނަދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިހާރު ވެސް ބޮޑު އާބާދީއެއް އޮތް އަދި ހަލުވިކަމާ އެކު އާބާދީ އިތުރުވަމުން އަންނަ ތިނަދޫގެ ތަރައްގީ "އާ އުސްމިންތަތަކަށް ގެންދިއުމުގައި" އެހެން ރަށްރަށުގެ ރައްޔިތުން ވެސް ހިމަނައިގެން ކުރިއަށް ގެންދިއުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ.
އެ އިއުލާނުގައި ވަނީ އެ ރަށަކީ "ކައުންސިލުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެހެން ރަށްރަށުގެ ލޮބުވެތި ރައްޔިތުން ވެސް ހިމަނައިގެން ސަރަހައްދީ ތަރައްގީގެ ތެރެއިން އެންމެންނަށް ލާބަހުރި ގޮތްތައް ހޯދައި، އެ މަގުން މަސައްކަތް ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް" ކަމަށެވެ.
އެހެންވެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިންގާ އެކި ހަރަކާތްތަކާ އެކު ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރުގެ މީހުންނަށް ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކުރުމަށް އެ ކައުންސިލުން ގަސްތުކުރާ ކަމަށެވެ. އެކަމަކު އަދި އިއުލާންކުރީ ބޯހިޔާވަހިކަމަށް ގޯތި ދޫކުރަން އެކަންޏެވެ.
ކައުންސިލުން ރާވާފައިވާ ގޯތި ނުވަތަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް، ތިނަދޫން ގޯތި ބޭނުންވާ ރަށުން ބޭރުގެ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް، އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް އަންނަ މާޗު މަހުގެ 31 ކުރިން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ތިނަދޫން ބޮޑު ބިމެއް ހިއްކައިފަ އެވެ. އެ ރަށުގެ އުތުރު ފަރާތުން ހިއްކާފައިވާ އެ ބިމުން އަދި މިހާތަނަށް ގޯތި ދުލެއް ނުކުރެ އެވެ.
ތިނަދޫގެ އިރުމަތީފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން، މިހާރުގެ ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ މި މަޝްރޫއު އަށް 125 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އަދި އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯކޭ
19 January 2022
އަހަރެންނަކީވެސް ތިނަދޫއިން ގޯތި ބޭނުންވާ މީހެއް. އެކަމަކު އެއީ އެތާ ދިރިއުޅެން. އެކި ރައްރަށުން ގޯތި، ބިން، ފްލެޓް ހޯދައި އެތާކު ތިރިނޫޅެ، ކުއްޔަށްދީ، ހޮލިޑޭ ހޯމް ހަދާ އެކަހަލަ ކަންކަން ކުރާ ފަރާއްތަކަށް ތިނަދޫއިން ބިން ދިނުމަށް އަހަރެންވެސް ދެކޮޅު
ގުދުގުދާބެއްޔާ
13 January 2022
މިއީ ހަމަ ލޮލުގައި މަންޒަރެއް އެޅުވުމަށް ކޮއްލާ ކަމެއް ތިނަދޫ ކައުންސިލުން! ތިނަދޫމީހަކު ހޭހުއްޓާ ރަށުން ބޭރު މީހަކަށް ބިމެއް ނުދޭނެ! އަސްލުބޭނުމަކީ މާލޭ ރައްޔިތުންނަށް ރަށްރަށުން ބިންނުދެޔޭ ބުނާ ބުނުން ނަފީ ކުރަން ޖެހިމަޅިއެއް! އޭރުން ބުނެވޭނެތާދޯ! ޢިއުލާން ކޮއްލީމޭ ރަށުންބޭރު މީހުންނަށްވެސް ގެވަޅުދޭން!
ޙުސެންގެ ހަސަން
15 January 2022
ނުވެސް ޖެހޭ ދޭކަށް!
ސިޓީބިޓީ
13 January 2022
އަމާޒަކީ ސިޓީއެއްގެ ދަރަޖަތާއެވެ. ދުރުވިސްނޭ ޚިޔާލެއް ކަމުގައި ފެންނަނީ
ބަބޫ
13 January 2022
ދެން ތިނަދޫ މީހުންވި މިއީ ތިމަންނަމެން ބިމޭ ކިޔާ ވައްތަރު ޖައްސަންތަ. ހުޅުމާލެއަކީ މާލޭގެ މީހުންގެ ބިމެއްނޫން. ބާރުއިތީމަ ފެލާލަނީ
ފަޓުލޫނު
13 January 2022
އެހެންރަށްރަށުން ކ.މާލޭމީހުނަށް ގޯތިނުދެއޭކިޔާފަ ކ.މާލޭގެ ބޭފުޅުން މައްސަލަޖައްސަނީ، މިފަހަރު ހީވަނީ މާލެއިން އެކަނިވެސް 30-20 ހާހެއްހާ ބޭފުޅުސް ކުރިމަތިލާނެހެން.
ކޮމަންޓޭ
12 January 2022
އެންމެ މީހަކާހުރެ ތިނަދޫއިން އެމްޑީޕީ ފުހެވިގެން ދަނީއެވެ. ހުރިނހިތާމައެއްގެ ބޮޑުކަމާއެވެ
ާއުނިމާ
13 January 2022
އެއީ ކޮންމެ މީހަކަސް، ތިޔަ މީހަކަށް ސާބަސް
ހާމިދޫ
12 January 2022
ސައިދު އަލީ ތިނަދަުގެ ކައުންސިލް ރައީސް ކަމަށް ހޮވާދިން އެމްޑީޕީ ކުދިން ދެން ބާރަށް އަތްޖަހާ. މިހާރު އޭނައާއި ދިމާލަށް ކުދިކިޔަސް ނެތި މޮށުނަސް ކައުންސިލް ރައީސްކަމުގގަ އެއެރީ ސައުދުއަލީ
ހަސަން ކުރުސީ ބިން އެލްކެސް އަހުމަދު
12 January 2022
ތިހެން ގޯތިނުދީ. މާލޭމީހަކަށް ގޮއްޗެއް ލިބިއްޖިޔާ އަފީފު ދީދީ ވަރަށް ބޮޑަށް ރުޅިދުރުވާނެ.
އަހަންނަކީ ރުއްމިނިސްޓަރު
12 January 2022
ވަރަށް ސާފުކޮން މިބުނީ އަހަރެންގެ ދައުރުގާ އަހަރެންވެސް ހަދާނީ ހަދާނެއެއްޗެއް
މުހައްމަދު އަލީ
12 January 2022
ފާޅުކަން ބޮޑުގޮތެއްގަ ތިނަދޫ ރައްޔިތުންނާއި ސަރުކާރާއި ޖައްސަން ކުރާކަމެއްތިއީ. ވަރަށް ސާފުކޮން އެގޭނެ ތިނަދޫގެ ޒުވާނުންގެ 60% އަކީ އެމްޑީޕީ މީހުންކަން ތިނަދޫ ޒުވާނުންގެ %5 މީހުންގެ އަމިއްލަ ބޯހިޔާވަހިކަމެއް ނުހުންނާނެކަން ކައުންސިލަށް ރަނގަޅަށް އެގޭނެ. ތިޔަހެން ތިކަން ކުރީމާ އުފެދޭނީ ފުތުނަ ފަސާދަ. ސައުދު އަލަިއަކީ ޖާނުން ބޮޑަސް ސިކުޑިއެއް ނެތް ބިގަރެއް
މުލޭ
12 January 2022
ބިންކޮޅު ރަށުން ބޭރު މީހުންނަށްދީ ހުސްކޮށްލީމަ ސަރުކާރަށް މަޖުބޫރުވާނެ އަނެއްކާ ވެސް ބިންހިއްކައިދޭން. އެެކަމަށް މަގުފަހިކުރަން ކުރާ ކަ.މެއްހެންް ހީވަނީ.