12 ޖެނުއަރީ 2022 - 12:44
ޖައްވުގެ ތެރޭގައި ބާރު ދުވެލީގައި ބުރު ޖަހަމުންދާ ބިޔަ ހިލަގަނޑެއް، މިމަހުގެ 18 ވަނަ ދުވަހު މި ބިމާ ވަރަށް ކައިރިން ދަތުރުކުރާނެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.
އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ ނާސާ އިން ބުނި ގޮތުގައި، ފުޅާމިނުގައި ކިލޯމީޓަރެއް (3451 ފޫޓު) ހުރި އެ ހިލަގަނޑު މިހާރު ޖައްވުގެ ތެރޭގައި ދަތުރު ކުރަމުން ދަނީ، ގަޑިއަކު 47344 މޭލު ބާރުމިނުގަ އެވެ. އަދި މިހާރު އެ ހިލަގަނޑު އޭގެ އޯބިޓްގައި ބުރު ޖަހަމުންދާ ގޮތަށް ބަލާއިރު، މިބިމާ އެންމެ ކައިރިން ދަތުރުކުރާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެއީ މި ބިމާ 1.2 މިލިއަން މޭލު ކައިރިންނެވެ.
އެ ހިލަގަނޑު ހޯދިފައިވަނީ 1994 ވަނަ އަހަރު ކަމަށްވާތީ، ޖައްވީ ދިރާސާތައް ކުރާ ފަރާތްތަކުން އެ ހިލަގަނޑު ފާހަގަކޮށްފައިވަނީ، 7482 (1994 ޕީސީ1)ގެ ނަމުންނެވެ. އެ ހިލަގަނޑު މި ބިމާ ކައިރިން ދަތުރުކުރި ކަމުގައި ވިޔަސް، މި ބިމަށް ވެއްޓުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މި ހިލަގަނޑު ޖައްވުގެ ތެރޭގައި ދަތުރުކުރަމުންދާ އޯބިޓާއި މި ބިމުގެ އޯބިޓާ ދެމެދު ހުރި ކައިރި މިނަށް ބަލާއިރު، ކުރިއަށް އޮތް 200 އަހަރުގެ ތެރޭގައި އެ ހިލަގަނޑު މިބިމާ އެންމެ ކައިރިން ދަތުރުކުރާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
މިހާތަނަށް ދުނިޔެއާ އެންމެ ކައިރިން ދަތުރުކުރި އެންމެ ބިޔަ ޖައްވީ ހިލަގަނޑު ދުނިޔެއާ ކައިރިން ދަތުރުކޮށްފައިވަނީ ސެޕްޓެމްބަރު 1، 2017ގަ އެވެ. ފުޅާމިނުގައި 2.5-5.5 މޭލުގެ ފުޅާމިނެއް ހުންނާނެ ކަމަށް ބެލެވޭ 3122 ފްލޮރަންސްގެ ނަން ދީފައިވާ އެ ހިލަގަނޑު، ދެން މިބިމާ އެންމެ ކައިރިން ދަތުރުކުރާނީ ސެޕްޓެމްބަރު 2، 2057ގަ އެވެ.
މި ބިމާ ކައިރިން ދަތުރުކުރާ ޖައްވީ ހިލަގަނޑުތައް މިބިމަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ ހާދިސާއަކުން ރައްކާތެރިވާނެ ގޮތުގެ ދިރާސާތަކެއް ނާސާ އިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، ބާރު ދުވެލީގައި ދަތުރުކުރާ ޖައްވީ އުޅަނދެއް، ޖައްވީ ހިލަގަނޑެއްގައި ޖައްސައިގެން އެ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވޭނެތޯ ބެލުމަށް، މިހާރު ވަނީ ޖައްވަށް އުޅަނދެއް ފޮނުވައިފަ އެވެ.
އެ އުޅަނދު މުޑިއަރުވައިލުމަށް ނިންމާފައިވަނީ، މި ބިމާ މާ ދުރު ނޫން ހިސާބެއްގައި ބުރުޖަހަމުންދާ ހިލަގަނޑެއް ކަމަށްވާ ޑިޑީމޮސްގެ ވަށައިގެން ހަނދެއްގެ ގޮތުގައި ބުރުޖަހަމުންދާ ޑިމޯފޮސް ކިޔާ ހިލަގަނޑަށެވެ. ޑާޓް މިޝަންގެ ނަން ދީފައިވާ، އަޖުމަބެލުމުގެ މި މަސައްކަތުގައި ޖައްވީ އުޅަނދު އެ ހިލަގަނޑާ މުޑިއަރުވައިލާނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުސީޔާސިރު
13 January 2022
ހެޔޮނުވާނެ މުޑިއަރުވާނުލާ ތިހަދަނީގޯހެއް
ހުސެން
12 January 2022
1.2 މިލިއަން މޭލު، މިއީކީ ވަރަށްކައިރިއެއްނޫން، ދިރާސާކޮށްގެނޭ ކިޔާފަ ކޮންމެ މޮޔައެއްވެސްގޮވާފާނެ، ހަނދުވެސް ދުނިޔެއާ މިޔަށްވުރެންކައިރި، ހަނދާ ދުނިޔެއާ ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް 238855 މޭލު، އެހެންވީމާ 1.2 މިލިއަން މޭލަކީ ދުނިޔެއާ ވަރަށްކައިރިއެކޭ ނުކިޔޭނެ
ޖޯޖް
12 January 2022
ކަކޭއަށް ކޯޗެއް އިގެނީ ކުރިން ދަތުރުކުރީ 100 މިލިއަން ކިލޯމީޓަރު ދުރުގަ ހުރެފަ 99ކިލޯމީޓަރައް ކައިރި ވީމަ އެވީ ކައިރި 10 ރުފިޔާ އަށް ދޭ ދަޅެއް 9ރުފިޔާ އަށް ދިނީމަ އެވީ އަގުހެޔޮ ބުރޯ ވާނުވާ ބަލާބަލަ
ހިލަ
13 January 2022
ދޮންކަލޯ، ހިނި އެއްގެ ލޮލަށް ކިލޯމީޓަރެއް ވަތް ދިގު ވެދާނެ. އިންސާނާގެ ނަޒަރުގައި އެއް ކިލޯމީޓަރު އެއީ މާ ދުރު ކަނަށް ނުވެދާނެ. ދުނިޔެ އާއި ކައުނުގައިވާ އެހެން ފްލެނެޓް ތަކާއި އަޅާކިޔާއިރު އެއީ ގެ ކުރިމަތިން ކާރެއް ދުއްވާފައި ދިއުން ފަދަ ކަމެކެވެ.
ރިއަލީ
13 January 2022
ފަލަކީ އަދި ކައުނުގެ މިންގަޑުން ބަލާނަމަ މިއީ ވަަރަށް ވަރަށް ކައިރި. އަދިި މިފަދަ ތަކެތި ގަވާއިދުން ކެނޑިނޭޅި ސައިންސްވެރިން މޮނިޓަރ ކުރަނީ މިފަދަ ތަކެތީގެ އޯރބިޓްއަށް ބަދަލުވާ ހާލާތު ބައެއްފަހަރު އަންނާތީ. މި ސައިޒްގެ ހިލަގަނޑެއް އެއަންނަ ސްޕީޑްގައި މުޑިިއަރައިފިއްޔާ ދުނިޔެއެއްކޮށް ނުވަތަ ބޮޑުބައެއް ހަލާކުވުން ގާތް. ކުޑަކޮށް މިކަހަލަ ކަންތަކަށްވެސް ހޭލުންތެރިވެ ބަލަ.
ދިވެހި ނާސާ
12 January 2022
މިބިމާ ނުވެސް ބެހޭ އެއްޗެއް ކަލޭމެން މޮޅުވާން ގޮއްސަ މުޑިއަރުވާލާ އިރަން ސީދާ މިދިމާލަން މިސްރާބު ޖަހައިފިއްޔާ އަހަރމެން ކީއްކުރާނީ
ގިނިހިލަ3
14 January 2022
މިރާއްޖޭގަ އުޅޭ "ޢިލްމުވެރިން" ގާތު އަހައިގެން ސޮލިއުޝަންއެއް ހޯދިދާނެ.
ކުޗީ
12 January 2022
އެއީ މި ބިމާ 1.2 މިލިއަން މޭލު ކައިރިންނެވެ. އެ ހިލަގަނޑު މި ބިމާ ކައިރިން ދަތުރުކުރި ކަމުގައި ވިޔަސް، މި ބިމަށް ވެއްޓުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ކޮންމެކަމެއްވެސް ކޮންމެވަގުތެއްގައި ވުން އެކަށީގެންވޭ.
ފާތުން ފާތުން
12 January 2022
ތެދުވާހަކައެއް..