14 ޖެނުއަރީ 2022 - 06:17
ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާ ނެރުނު ތިން ވަނަ ވީޑިއޯ ލަވަ "ހެލޯ" އާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އޭނާ ރީތި ގޮތުގައި ގަދަރުވެރިކަމާ އެކު މިހާރު ރިޓަޔާކޮށް، ގޭގައި މަޑުކުރަން ވެއްޖެ ކަމަށް އެތައް ބަޔަކު ބުނަން ފަށައިފި އެވެ.
ޒުވާން ބަތަލާއަކާ އެކު ގޯވިންދާ ކުޅެ، ނެރުނު ވީޑިއޯ ލަވަ އަށް ފާޑުކީ މީހުން ބުނެފައިވާ ގޮތުގައި އެފަދަ ފީކަޅާ ލަވަތައް ހަދައިގެން ފޭނުންގެ ކުރިމަތީގައި އަގުވެއްޓުމަށް ވުރެ ދެން ރަނގަޅު ވާނީ އެކްޓިންއާ މުޅިން ދުރަށް ދިއުމެވެ.
"ހެލޯ" އަށް ފާޑުކީ މީހުން ބުނީ 1990 ގެ ސްޓައިލަށް ގެނެސްދީފައި އޮތް ލަވައަކީ މި ޒަމާނަށް ފެތޭ ލަވައެއް ނޫން ކަމަށެވެ. އަދި ގޯވިންދާ މާ ޒުވާން ކަމަށް ހެދިގެން ދަރިންގެ އުމުރުގެ ބަތަލާއިންނާ އެކު ނަށައި، އިހުގެ ގޮތްގަނޑާ އެކު އޭނާގެ ސިގްނޭޗަ އެކްސްޕްރެޝަންތަކާއި ނެށުމުގެ އާންމު ބަނޑިތައް ދެއްކިޔަސް ގޯވިންދާ އަކީ މިހާރު މި ޒަމާނަށް ނުފެތޭ އެކްޓަރެއް ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ދެން އެންމެ ރަނގަޅު ވާނީ އަބުރަށް ވެސް ހުތުރު ނާރުވައި، ގަދަރުވެރިކަމާ އެކު ފިލްމީ ދާއިރާއާ އެއްކޮށް ދުރަށް ޖެހުން ކަމަށް "ހެލޯ" އާންމުކުރި ވާހަކަ ގޯވިންދާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމުން ކޮމެންޓްކުރި މީހުން ބުނެފައިވެ އެވެ.
ނުވަދިހައިގެ އަހަރުތަކުގައި ވަރަށް ވިދާލި ގޯވިންދާ އަކީ 2000 ގެ ފަހުން މާ ރަނގަޅު ފުރުސަތުތަކެއް ލިބޭ އެކްޓަރެއް ނޫނެވެ. އަދި މިކަމާ ހިތްހަމަނުޖެހިގެން އޭނާ އާންމުކޮށް ކުރިން އެކީގައި މަސައްކަތްކުރި ޑައިރެކްޓަރުންނާއި އެކްޓަރުންނަށް ވެސް ރުޅި ބާލަ އެވެ. އެގޮތުން އޭނާ އަށް ކުރިން އެންމެ ގިނައިން ފިލްމުތައް ދިން ޑައިރެކްޓަރު ޑޭވިޑް ދަވަންނާއި އެކްޓަރު ސަލްމާން ޚާނާ މެދު ގޯވިންދާ ހުންނަނީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
އޭނާގެ ކެރިއަރުގައި ފަހުގެ އެންމެ ބޮޑު ހިޓަކީ ސަލްމާނާ އެކު ކުޅުނު ޑޭވިޑްގެ 2007 ގެ "ޕާޓްނާ" އެވެ. ގޯވިންދާގެ އެންމެ ފަހުގެ ފިލްމަކީ ފްލޮޕް ބޯޑު އަޅުވަން ޖެހުނު 2019 ގެ "ރަންގީލާ ރާޖާ" އެވެ.
ގޯވިންދާ އަކީ ދެ ކުދިންގެ ބައެކެވެ. އޭނާގެ ދަރިންނަކީ ޓީނާ އަހޫޖާ، 32، އާއި ޔާޝްވަރުދަން އަހޫޖާ، 25، އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްސަލް
14 January 2022
އެކަމަކުވެސް ގޯވިއްދާގެ މޫވަތައް އަދިވެސް ހާދަ ސަޅިއޭ.
ޑަނޑޫ
14 January 2022
ފޭނުން ބުންޏަކަސް ގޯވިންދާއަށް އަދިވެސް ބޮޑުބޭބެ ނޫނީ ބައްޕަބައި ކުޅެވިދާނެއެއްނު.
އަމީތާބުކާފަ
14 January 2022
ބޮޑު ބޭބޭ ބައެއް ގަބޫލެއް ނޫނޭ ކުޅޭކަށް، އަމީތާބު ވެސް މުނި ކާފަ ކިޔާވަރުގެ ކުދިންނާއެކު ކުޅޭތީ ގޯވިންދާވސް ބޭނުމާ އެވަރު ކުދިންނާއެކު ކުޅެން ެ