މުނިފޫހިފިލުވުން

މި އަހަރު ނެޓްފްލިކްސް އަށް ދެކުނު ކޮރެއާގެ 25 އުފެއްދުމެއް

މިދިޔަ އަހަރު އެންމެ ބޮޑަށް ވައިގައި ހިފި "ސްކުއިޑް ގޭމް" އާ އެކު ނެޓްފްލިކްސް އިން ދެކުނު ކޮރެއާގެ 15 އުފެއްދުމެއް ގެނެސްދިން.

ދެކުނު ކޮރެއާގެ ކޮންޓެންޓްތަކާއި ނެޓްފްލިކްސް އަށް ލޯބިކުރާ މީހުންނަށް މިހާރު އޮތީ ވަރަށް ވެސް އުފާވެރި ހަބަރެކެވެ. އެއީ މި އަހަރުގެ ތެރޭގައި ކޮރެއާގެ 25 އުފެއްދުމެއް އެ ޕްލެޓްފޯމުން ގެނެސްދޭން ނިންމުމެވެ. އެހެންވެ، މި އަހަރަކީ އަނެއްކާ ވެސް ވަރަށް ވަރުގަދަ އަދި އެހާމެ ޝައުގުވެރި އުފެއްދުންތަކެއް އެންޓަޓެއިންމަންޓް އިންޑަސްޓްރީގައި މިހާރު ވަރަށް ވެސް ނުފޫޒު ގަދަ ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ދެކުނު ކޮރެއާ އިން ގެނެސްދޭނެ އަހަރެކެވެ.

މިދިޔަ އަހަރަކީ ވެސް މޮޅެތި އަދި އެހާމެ ކާމިޔާބު އުފެއްދުންތަކެއް އެ ގައުމުން ގެނެސްދިން އަހަރެކެވެ. އެގޮތުން "ސްކުއިޑް ގޭމް" އާއި "ހެލްބައުންޑް" ވަކިން ފާހަގަކޮށްލެވެ އެވެ.

މި އަހަރު ދެކުނު ކޮރެއާގެ 25 އުފެއްދުމެއް ގެނެސްދޭން ހަމަޖެހިފައިވާ އިރު، އެ އަދަދަކީ އެއް އަހަރެއްގެ ތެރޭގައި އެ ގައުމުން ނެޓްފްލިކްސް އަށް ޖަމާކުރާ އެންމެ ގިނަ ކޮންޓެންޓް ވެސް މެ އެވެ. އޭގެ ތެރޭގައި ސީރިޒްތަކާއި ފިލްމުތަކާއި އަދި އަންސްކްރިޕްޓެޑް ސީރީޒްތައް ވެސް ހިމެނެ އެވެ.

އެ ގައުމުން 2016 އިން ފެށިގެން މިދިޔަ އަހަރާ ދޭތެރޭ 130 އަށް ވުރެ ގިނަ ކޮންޓެންޓް ނެޓްފްލިކްސް އަށް ދީފައިވެ އެވެ. މިދިޔަ އަހަރު ގެނެސްދިން ކޮންޓެންޓްތަކުގެ އަދަދަކީ 15 އެވެ.

މި އަހަރު ގެނެސްދޭން ހުރި ސީރީޒްތަކުގެ ތެރޭގައި މިދިޔަ އަހަރު ނިންމާލި ސްޕެއިންގެ ސީރީޒް "މަނީ ހައިސްޓް" ގެ ކޮރެއާ ވާޝަން "މަނީ ހައިސްޓް: ކޮރެއާ-ޖޮއިންޓް އިކޮނޮމިކް އޭރިއާ" އާއި "އޯލް އޮފް އަސް އާ ޑެޑް"، "ޖުވެނައިލް ޖަސްޓިސް"، "ޓްވެންޓީ ފައިވް، ޓްވެންޓީ ވަން"، "ފޯކާސްޓިން ލަވް އެންޑް ވެދާ"، "ތާޓީނައިން"، "ޓުމޯރޯ"، "ބިޒްނެސް ޕްރޮޕޯސަލް"، "ދަ ސައުންޑް އޮފް މެޖިކް"، "ރީމެރިޖް އެންޑް ޑިޒާޔާސް"، "އަ މޮޑެލް ފެމިލީ"، "ގްލިޗް"، "ދި އެކްސިޑެންޓަލް ނާކޯ"، "ދަ ފެބިއުލަސް"، "ލަވް ޓު ހޭޓް ޔޫ"، "ސަމްބަޑީ" އަދި "ބްލެކްނައިޓް" ފަދަ އުފެއްދުންތައް ހިމެނެ އެވެ.

މި އަހަރު ނެޓްފްލިކްސް އަށް އަންނަން ހުރި ކޮރެއާގެ ފިލްމުތަކުގެ ތެރޭގައި "ލަވް އެންޑް ލީޝެސް"، "ޔަކްޝާ: ރޫތުލެސް އޮޕަރޭޝަންސް"، "ކާޓާ"، "ސޯލް ވައިބް"، "ޓުވެންޓިއެތު ސެންޗަރީ ގާލް" އަދި "ޖަންގް އީ" ހިމެނެ އެވެ.

ދިވެހިންގެ ތެރޭގައި ވެސް މިހާރު ދެކުނު ކޮރެއާގެ ކޮންޓެންޓްތަކަށް އޮންނަ ތަރުހީބު ބޮޑުވަމުން އަންނަ އިރު، އެ ގައުމުގެ ފަންނާނުންގެ މަގުބޫލުކަން ވެސް މިހާރު ބޮޑެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު އެ ގައުމުގެ ކޮންޓެންޓްތަކަށް އޮންނަ ފޯރި އާއި އެ އެއްޗެހީގެ ނުފޫޒު ވަރަށް ވެސް ބޮޑެވެ. އެހެންވެ ކޮރެއާގެ ކޮންޓެންޓް އަހަރުން އަހަރަށް އިތުރުކޮށް މުއްސަނދިކުރުމަކީ ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454