ވިޔަފާރި / އެޑްވަޓޯރިއަލް

ފަހަށް ރައްކާކުރަން ރެގިއުލޭޓް ކުރެވޭ މާކެޓަކަށް ދިއުން ބުއްދިވެރި

ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޮރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބޭއްވި "ކެޕިޓަލް މާކެޓް ފޯރަމް 2019" ގައި ކެޕިޓަލް މާކެޓްގައި ހިއްސާވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑް--ފޮޓޯ:މިހާރު

19 ޖެނުއަރީ 2022 - 11:57

2 comments

ކެޕިޓަލް މާކެޓެއް ގަވައިދު ތަކެއްގެ މައްޗަށް ބިނާ ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ މާކެޓުގައި ބައިވެރިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމެވެ. ކެޕިޓަލް މާކެޓަކީ މާލީ ސެކިއުރިޓީޒްގެ ބާވަތްތައް ގަނެ ވިއްކާ ބާޒާރަކަށްވެފައި، މާލީ ސެކިއުރިޓީޒްއަކީ އާންމުން ފަހަށް ރައްކާކޮށްފައިވާ ފައިސާއިން އިންވެސްޓްކުރާ ވަސީލަތަކަށްވާތީ، ސެކިއުރިޓީޒް އިންވެސްޓްމަންޓްގައި އެކުލެވޭ ރިސްކު ކުޑަކޮށް ވެލިއު ބޮޑު ކުރުމަށްޓަކައި ހަރުދަނާ ގަވާއިދުތަކެއްގެ މައްޗަށް ބިނާކޮށް ހިންގަންޖެހެ އެވެ.

ކެޕިޓަލް މާކެޓާގުޅޭ ގޮތުން ބެސްޓް ޕްރެކްޓިސް ކަނޑައެޅުމަށް އުފައްދާ ހިންގަމުން އަންނަ ބައިނަލްއަގްވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސެކިއުރިޓީޒް ކޮމިޝަންސް (އައިއޯއެސްސީއޯ) ގައި ރާއްޖެ ތަމްސީލުކުރުމަށް ކެޕިޓަލް މާކެޓު ޑިވަލޮޕްމަންޓް އޮތޯރިޓީން ވަނީ އެ ޖަމިއްޔާގެ އޯޑިނަރީ މެންބަރުކަން ނަގައިފަ އެވެ. މިކަމުގެ ބޭނުމަކީ ބައިނަލްއަގްވާމީ ގޮތުން ކަނޑައެޅޭ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ކެޕިޓަލް މާކެޓު ބައްޓަންކޮށް ހިންގުމެވެ. މި ޖަމިއްޔާގެ އޯޑިނަރީ މެންބާޝިޕް ދޫކުރުމުގެ ޝަރުޠަކީ އެޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭގޮތަށް އެގައުމެއްގެ ސެކިއުރިޓީޒް މާކެޓުގެ ގާނޫނާއި ގަވާއިދުތައް އެކުލަވާލެވިފައި ވުމެވެ.

އިންވެސްޓާ ޕްރޮޓެކްޝަން ކަށަވަރުކުރުމަށްޓަކައި ރެގިއުލޭޓަރީ އޯގަނައިޒޭޝަންތަކުން އެންމެ އިސްކަންދޭ އެއްކަމަކީ މާލީ ސެކިއުރިޓީޒް ދޫކުރާ ކުންފުނިތައް ރެގިއުލޭޓްކުރުމެވެ. މާލީ ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން އާންމުކޮށް ހުޅުވާލައިގެން ސެކިއުރިޓީޒް ވިއްކުމަށް ހުޅުވާލުމަށް ތައްޔާރުކުރާ ޕްރޮސްޕެކްޓަސް ނުވަތަ ސެކިއުރިޓީޒްގެ ބަޔާން ތައްޔާރުކުރަންޖެހެނީ ރެގިއުލޭޓާ ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މާކެޓުގެ ގަވާއިދުތަކުގައި، އިންވެސްޓަރުންނަށް ބޭނުންވާ އެންމެހާ މައުލޫމާތު ސެކިއުރިޓީޒް ބާޔާނުގައި ހާމަކުރުމަށް ލާޒިމުކޮށްފައިވެ އެވެ.

ސީއެމްޑީއޭ އާއި ސްޓޮކް އެކްސްޗޭންޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެމްޑީއޭގެ ސީއީއޯ މަނިކާއި ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އައުޝަން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިބަޔާން ތައްޔާރުކޮށްފައިވަނީ ގަވާއިދުތަކާ އެއްގޮތަށްތޯ ރެގިއުލޭޓަރު ބަލަ އެވެ. އަދި ޕްރޮސްޕެކްޓަސްއާ ގުޅިގެން އިންވެސްޓަރުންގެ ހައްގުތަކަށް ބުރުއަރާ ފަދަ އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އެޕްރޮސްޕެކްޓަސް ހުއްޓުވުމުގެ ބާރު ގާނޫނުގެ ދަށުން ރެގިއުލޭޓަރަށް ލިބިދީފައިވެ އެވެ. އަދި ގަސްތުގައި ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ޕްރޮސްޕެކްޓަސްއާ ގުޅިގެން ކުންފުންޏަކުން އަމަލުކޮށްފައިވާ ނަމަ އެކަމަށް ފިޔަވަޅު އެޅުމުގެ ބާރުވެސް ގާނޫނުގެ ދަށުން ރެގިއުލޭޓަރަށް ލިބިދީފައިވެ އެވެ. ޕްރޮސްޕެކްޓަސްއާ ގުޅިގެން ތަފްސީލީ މައުލޫމާތު އިންވެސްޓަރުންނަށް ބޭނުންވެއްޖެ ހިނދެއްގައި އެ މައުލޫމާތު ވެސް ކުންފުނިތަކުން ފޯރުކޮށްދިނުމަށް މާކެޓުގެ ގަވާއިދުތަކުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ލާޒިމުކޮށްފައިވެ އެވެ.

މާކެޓުގައި ހުޅުވޭ ސެކިއުރިޓީޒް އިންވެސްޓްމަންޓް ފުރުސަތު ތަކާ ގުޅިގެން އިންވެސްޓަރުންގެ ނިންމުންތައް ނިންމުމަށް ބޭނުންވާ ޕްރޮފެޝަނަލް އެހީ ފޯރުކޮށްދިނުމަށްޓަކައި އިންވެސްޓްމަންޓް އެޑްވައިޒަރުންގެ ހިދުމަތްތައް ތައާރަފުކޮށްފައިވެ އެވެ. ކަމުގެ މާހިރުންގެ ލަފަޔާ އިރުޝާދު ލިބުމަކީ ސެކިއުރިޓީޒްގައި އިންވެސްޓްކުރުމުގެ ނިންމުންތައް ނިންމާއިރު އެކަމުގެ ރިސްކުތަކުގެ ފުރިހަމަ މަޢުލޫމާތު ލިބިހުރެ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭކަމަށްވާތީ، އިންވެސްޓްމަންޓް އެޑްވައިޒަރުން އެފަރާތްތަކުގެ ހިދުމަތްތައް ޒިންމާދާރުކަމާ އެކު ފޯރުކޮށްދިނުން ބާރުއެޅުމަށްޓަކައި އިންވެސްޓްމަންޓް އެޑްވައިޒަރުންނަށް ލައިސަންސް ދިނުމާއި ރެގިއުލޭޓްކުރުމަށް އިންތިޒާމުކުރެވިފައިވެ އެވެ.

ސީއެމްޑީއޭ އިން ތަމްރީން ޕްރޮގްރާމެއް ހިންގަނީ -- ފޮޓޯ: ސީއެމްޑީއޭ

ސެކަންޑަރީ މާކެޓު މެދުވެރިކޮށް ސެކިއުރިޓީޒް ގަނެވިއްކުމަށް މަގުފަހިކުރުމަށް ކުންފުނީގެ މައުލޫމާތު ހާމަކުރަމުން ގެންދިއުމަށް މާކެޓުގެ ގަވާއިދުތަކުގެ ދަށުން ލާޒިމުކޮށްފައިވެ އެވެ. ސެކިއުރިޓީޒް އަގަށް އަސަރުކުރާ ފަދަ މައުލޫމާތެއްނަމަ، އެމައުލޫމާތު ލަސްނުކޮށް ޝާއިއުކުރުމަށާއި، ކުއާޓަރީ ރިޕޯޓުތަކާއި، އަހަރީ ރިޕޯޓްގެ އިތުރުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހާމަކުރުމަށް ލާޒިމުކޮށްފައިވެއެވެ. މާކެޓުގެ ގަވާއިދުތަކުގެ ދަށުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ހާމަކޮށްފައިނުވާ ކުންފުނިތަކުގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބާރު ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ރެގިއުލޭޓާ އަށް ލިބިދީފައިވެއެވެ. އެކިއެކި ސަބަބުތަކާ ގުޅިގެން ކުންފުނިތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ހާމަނުކުރެވިދާ ހާލަތްތަކުގައި، މައުލޫމާތު ހާމަނުކުރެވުނު ސަބަބަށް ރިއާޔަތްކޮށް އެކަށީގެންވާ ފިޔަވަޅު ސީއެމްޑީއޭއިން އަންނަނީ އަޅަމުންނެވެ.

ސީއެމްޑީއޭއިން ތަންފީޒީ ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ޖަވާބުދާރީ ކުރުވުން، ވަކިވަކި ޑިރެކްޓަރުން ޒިންމާދާރު ކުރުވުން އަދި ކުންފުނި އަދި ވަކިވަކި ޑިރެކްޓަރުން ފައިންކުރުމާއި މާރކެޓަށް ހާމަކުރުން ހިމެނެ އެވެ.

އިންވެސްޓަރުންގެ ހައްގުތަކުގެ ތެރޭގައި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމުގެ ހައްގު ހިމެނެ އެވެ. ކުންފުނީގެ ޑިރެކްޓަރުން އައްޔަނުކުރުމާއި، އޮޑިޓަރު އައްޔަނުކުރުމާއި ފައިދާ ބެހުމަށް ފާސްކުރަން ކަނޑައެޅިފައިވަނީ ހިއްސާދާރުންގެ ވޯޓުންނެވެ. ކުންފުނީގެ ވިޔަފާރިއާއި ހިންގުމާގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑު ޖަވާބުދާރީ ކުރުވުމުގެ ހައްޤުވެސް ހިއްސާދާރުންނަށް ލިބިދީފައިވެ އެވެ. މި ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި މާކެޓުގައި ގަވާއިދުތައް ހެދިފައިވެ އެވެ.

ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް ޖަލްސާގެ މަދުވެގެން 14 ދުވަސް ކުރިން ޝާއިއު ކުރުމާއި، ނޯޓިހުގައި ހިއްސާދާރުންނަށް ބޭނުންވާ މައުލޫމާތު ހިމަނާފައި ވޭތޯ ބެލުމާއި ޕްރޮކްސީ ރެޖިސްޓާ ކުރުމަށް އިންތިޒާމުކުރެވިފައިވާ ގޮތާއި ޑިރެކްޓަރުކަމަށް ނޮމިނޭޓްކުރާ ފަރާތުގެ ގާބިލުކަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބަލާތޯ ރެގިއުލޭޓާ ބަލަ އެވެ. އަދި ޖަލްސާ އަށް ހާޒިރުވެ ޖަލްސާގައި ހިއްސާދާރުން ވޯޓުލުމުގެ ކަންކަން ހިނގާގޮތް ބަލަ އެވެ. މިކަމުގެ މަގްސަދަކީ ކުންފުނިތަކުން މިކަންކަން ހިންގަނީ މާރކެޓުގެ ގަވާއިދުތަކާއި ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި އެކަންކަމާ ގުޅިގެން ހިއްސާދާރުންގެ ހައްގަކަށް އުނިކަމެއް އައިސްފައިވާނަމަ އަދި އެކަމުގެ ޝަކުވާ ހުށަހެޅިއްޖެ ހާލަތެއްގައި އެޝަކުވާއާ ގުޅިގެން ރެގިއުލޭޓަރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

ސީއެމްޑީއޭގެ ޑެޕިއުޓީ ސީއީއޯ (މ) އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ (ވ) މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު

ކޯޕަރޭޓް ގަވަނަންސް ކޯޑަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ދެފުއްފެންނަ ސިޔާސަތެއްގެ ދަށުން ކުންފުނި ހިންގުމަށް ބާރުއެޅުމުގެ ގޮތުން ސީއެމްޑީއޭއިން އެކުލަވާލާ ތަންފީޒުކުރަމުން އަންނަ ކޯޑެކެވެ. މި ކޯޑަށް ލިސްޓުކޮށްފައިވާ ކުންފުނިތަކުން ޢަމަލުކުރަން ވަނީ ލާޒިމުކޮށްފަ އެވެ. މިކޯޑަށް ކުންފުނިތަކުން އަމަލުކުރުން އިތުރަށް ވަރުގަދަކުރުމަށްޓަކައި މިއަހަރު ސީއެމްޑީއޭއިން ވަނީ އާ ގަވާއިދުތަކެއް ތައާރަފުކޮށްފަ އެވެ. ކުންފުނިތަކުން ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކުރާ މިންވަރު އެކުލެވޭ ރިޕޯޓެއް ކުންފުނިތަކުން އަހަރަކު އެއްފަހަރު ޝާއިއު ކުރަންޖެހޭ ގޮތަށް ސީއެމްޑީއޭން ކަނޑައަޅާފައިވެ އެވެ.

ކޯޕަރޭޓް ގަވަނަންސް ކޯޑު ތަންފީޒުކުރުމަކީ ރެގިއުލޭޓަރުން ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެކެވެ. ކުންފުނިތަކުން އަހަރަކު އެއްފަހަރު ނެރޭ ކޯޕަރޭޓް ގަވަނަންސް ކޮމްޕްލަޔަންސް ރިޕޯޓު ވެގެންދާނީ ކުންފުނި ޖަވާބުދާރީ ކުރުވުމުގައި ހިއްސާދާރުންނަށް ލިބިގެންދާ އެހީތެރިކަމަކަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ އިންވެސްޓަރުންގެ އިތުބާރު ކުންފުނިތަކުގެ މައްޗަށް އިތުރުވެގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ.

އެޑިޓަރުގެ ނޯޓު: މިއީ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރޭ

20 January 2022

ތިތަނުގެ ގަވާއިދުތަކާއި އުސޫލުތައް އަދިވެސް ސްޓޮކް މާކެޓަކަށްވުރެ އިހުޒަމާނުގެ ކަތީބަކު ހިންގާ ސިވިލް ސާވިސް އޮފީހަކާއި އެއްގޮތަށް. ވަރަށް ވާހަކަ މިބުނީ

The name is already taken The name is available. Register?

ހަސަނާސަނާ

19 January 2022

ފަހަށް ރައްކާ ކުރާނީ ކިހިނެއް. 90 ޕަސެންޓު ދައްކަން ޖެހެނީ ކުއްޔަށް. ދެން ބާކީ 10 ޕަސެންޓުން ފެން ބިލާ، ކަރަންޓޫ ބިލާ، ކުޑަދަރިފުޅުގެ ބުއްދަޅާ ނެޕީ ގަނެފަ އަތުގަ ނޯވޭ މުކޮސްވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454