ފެލިވަރަށް މަސް ދޯންޏެއް މަސް ކިރުވަން ވަންނަނީ-- ފައިލް ފޮޓޯ: މިހާރު
22 ޖެނުއަރީ 2022 - 08:26
މިފްކޯ އިން މަސްވެރިންނަށާއި އާއްމުންނަށް ވިއްކާ ޑީސަލުގެ އަގު ބޮޑުކޮށްފި އެވެ.
މި ބަދަލާއެކު، މިއަދުން ފެށިގެން މަސް ދޯނިތަކަށް އެ ކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 12.08ރ. އަށެވެ. އާއްމުންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 14.26ރ. އަށެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ގެނައި ބަދަލާއެކު، މަސްވެރިންނަށް މިފްކޯ އިން ޑީސަލް ލިޓަރެއް ވިއްކަމުން އައީ 9.03ރ. އަށެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 13.19ރ. އަށެވެ.
މިފްކޯ އިން ވިއްކާ ޑީސަލުގެ އަގު ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު އަދަދަކަށް އުފުލުމާ ގުޅިގެންނެވެ. މިފްކޯގެ އިތުރުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުން ވެސް ވަނީ ތެލުގެ އަގު އިއްޔެ އިން ފެށިގެން ބޮޑުކޮށްފަ އެވެ.
އެފްއެސްއެމުން ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން، މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 12.06ރ. އެވެ. ޑީސަލް ލީޓަރެއްގެ އަގު ބޮޑުކުރީ 12.44ރ. އަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފީފާއެއް 87.35 ޑޮލަރު (1،346ރ.) ގަ އެވެ. މިއީ މި އަހަރު ފެށުނު އިރު ހުރި އަގާ އަޅާ ބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
22 January 2022
ކޮބާ ހީވޭ ، މަސްވެރިންނަށް ހަމަ އަގުހޯދާ ދިނުމުގައި މިސަރުކާރު ވަރެއް ނޯންނާނެ ، މަސަކިލޯ އެއް 20 ރ އިން 16 ރ ތެޔޮލީޓަރެއް 8 ރ އިން 13 ށް ، ގަދަ ، އެންމެން އަތްޖަހާ ، ހުރިހާ މަސްވެރިންނަށް ރަގަޅަށް ލޮނުބޮވިފާ މިހާރު ތިބޭނީ ،،،