ބީއެމްްއެލް އިން ހަދިޔާ ކުރި ތަކެތި ބޭނުން ކޮށްގެން ސެން ކްލާހެއްގައި ކިޔަވައިދެނީ-- ފޮޓޯ: ބީއެމްއެލް
24 ޖެނުއަރީ 2022 - 10:20
ރާއްޖޭގެ ނުވަ ރަށެއްގައި ހިންގާ ސެން ކްލާހުގެ ދަރިވަރުން ކިޔަވަން ބޭނުންވާ ތަކެތި ބީއެމްއެލުން ހަދިޔާކޮށްފި އެވެ.
އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާކުރި ސާމާނުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ގާބިލުކަމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެން ހޯދާފައިވާ ތަކެތި ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބައިނަލްއަގްވާމީ ތައުލީމުގެ ދުވަހާ ގުޅުވައިގެން ބީއެމްއެެލްގެ އެހީތެރިކަން ފޯރުކޮށްދިން ނުވަ ރަށުގެ ސެން ކްލާސްތަކުގައި 330 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރެ އެވެ.
- ށ. ފުނަދޫ ސްކޫލް
- މޭނާ ސްކޫލް، ނ. ހޮޅުދޫ
- މަދްރަސަތުލް އިފްތިތާހު، ޅ. ނައިފަރު
- ކ. ގުރައިދޫ ސްކޫލް
- އއ. އުުކުޅަސް ސްކޫލް
- އދ. އަތޮޅު ތައުލީމީ މަރުކަޒު، އދ. މަހިބަދޫ
- އިހައްދޫ ސްކޫލް، ލ. ގަން
- ގއ. އަތޮޅު ސްކޫލް، ގއ. ކޮލަމާފުށި
- ގދ. މަޑަވެލި ސްކޫލް
ބީއެމްއެލުން ވަނީ މިހާތަނަށް ރާއްޖޭގެ 29 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy