ބޭސްތަކެއް: އަސާސީ ބޭހުގެ އަގު ކޮންޓްރޯލް ކުރުން އަންނަ މާޗް މަހަށް ވަނީ ފަސްކޮށްފައި --- ފޮޓޯ/މިހާރު
24 ޖެނުއަރީ 2022 - 12:35
އަސާސީ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުން އަންނަ މާޗް މަހަށް ފަސްކޮށްފި އެވެ.
ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ގަވާއިދު ބުނާގޮތުން، ބޭސްތައް ވިއްކޭނީ އެންމެ ބޮޑުވެގެން ކޮސްޓް ޕްރައިސްގެ 100 ޕަސެންޓަށްވާ އަގަށެވެ. އެ ގަވައިއިދު ތަންފީޒު ކުރުމުގެ ގޮތުން، އެންމެ ފުރަތަމަ އަސާސީ ބޭސްތަކުގެ އަގު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންޓްރޯލް ކުރުމަށް ފަހު އަންނަ ޖުލައި މަހުން ފެށިގެން ދެން ހުރި ބޭސްތަކުގެ އަގު ވެސް ކޮންޓްރޯލް ކުރަން ލާޒިމްކުރެ އެވެ.
އެކަމަކު އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން، އަސާސީ ބޭސްތައް ކޮންޓްރޯލް އަގުގައި ވިއްކަން ޖެހެނީ އަންނަ މާޗް މަހުން ފެށިގެންނެވެ. އަސާސީ ބޭސްތަކުގެ ލިސްޓާއި އޭގެ އަގު އެ ދުވަހުން ފެށިގެން ސަރުކާރުން އާންމު ކުރަން ޖެހޭއިރު، ބޭސްތައް ވިއްކާ އަގުތައް ފާމަސީތަކުގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ނަމަވެސް ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލްކުރާ ތާރީޚު ފަސްކޮށްފައެއް ނުވެ އެވެ. އެހެންވެ، ކުރިން ވެސް އެ ގަވާއިދުގައި އޮތްގޮތަށް އެހެން ބާވަތްތަކުގެ ބޭސްތަކުގެ އަގު އަންނަ ޖުލައި މަހުން ފެށިގެން ވިއްކޭނީ ކޮންޓްރޯލް އަގަށެވެ.
އާ ގަވާއިދު ބުނާގޮތުން ކޮންޓްރޯލް އަގާ ޚިލާފަށް ބޭސް ވިއްކާ ނަމަ ބޮޑެތި އަދަދުން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
24 January 2022
މާރޗް އިން ޖޫން އިން ޑިސެމްބަރ 2023 ނިމުނަސް ތިކަމެއް ނުވާނެ. ތަމެންގެ ފެންވަރެއް ނޫން
ކިކޮނަބަތް
24 January 2022
ތިކަމެއްނުވާނެ ފައިދާގަނޑު މަދުވާނެއްނު
މުހައްމަދ
24 January 2022
ގައުމަށް އަދި ރައްޔިތުންނަށް ފައިދާ ހުރި ކަމެއްނަމަ އަބަދުވެސް ޖެހޭނީ ފަސްކޮއްލަ ކޮޮއްލާ ތިބޭށެވެ. ތި ބޭހުގެ ވިޔަފާރި ކުރާ މައިގަޑު ބަޔަކީ ސިޔާސީ ކޮންމެސް ޕާޓީއަކަށް ފަންޑް ކޮށްދީގެން އެމީހުން ހިތުހުރި ގޮތަކަށް ވިޔަފާރި ކުރާ ބަޔެކެވެ. ވީމާ ތިކަން ކުރިންވެސް މިހާރުވެސް އަދި މުސްތަގްބަލުގަވެސް ވާނީ ހަމަ ތިޔަހެނެވެ.
ލުތުފީ
24 January 2022
ބޭސްފިހާރަތަކުން އާސަންދަ މެދުވެރިކޮށް ކުރާ ވައްކަން ހުއްޓުވުމާއެކު، އަގު ވެސް ކޮންޓްރޯލް ކުރަންޖެހޭ. ހިތަންއެރި އަގެއް ޖަހައިގެން މިހާރު އާސަންދަ އިން ބޭސް ވިއްކަނީ. ބޭހުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ނުރުހުނަސް ބޭހުގެ އަގު ކޮންޓްރޯލް ކުރަންޖެހޭ.
އެދުވަހެއް ނާންނާނެ
24 January 2022
މުހިންމު ކަމެއްގައި ޑިސިޝަނެއް ނަގަންވެއްޖެއްޔާ ދެން އެނިމުނީ އެތި ދާނީ މަޑުމަޑުން ލަސްވަމުން އެހެންވެއްޖެއްއޭ، މިހެންވެއްއޭ އެހެންވީމަ ދެންއަންނަމަހޭ ކިޔާލަ ކިޔާލަ ތިބެނީ. އަދިވެސް ލަސްކުރާނެ ކަންނޭގޭ، ރޯދައިގެ ފަހުން ކުރީމަ މާރަގަޅުވާނެއޭ ކިއާ. މިހެން ހަދާލަންވީނުން، ފެބްރުއަރީ 30 ހަށް ހަދާލަންވީނުން!
ރަޝީދު
24 January 2022
ތި ނޫންކަމަކާއި އުޅެންވީނު، ތީ ސަރުކާރުގެ ބޮޑުންނާއި ސިޔާސިމީހުން ކުޅޭ ޑްރާމާއެއް!
ބޮކިފުރާޅު ޢީސާ
24 January 2022
މާޗުމަސް އަންނައިރު ތިކަން ހަނދާންހުންނަމީހަކު ހުންނާނެބާ؟ މިހެން މިބުނީ އޭރުން އޮންނާނީ ރޯދަމަސް ބޯމަތިވެފާ. ރައްޔިތުންވެސް، ސިޔާސީފަރާތްތައްވެސް، މުޅިގައުމުވެސް އޭރުން ތައްޔާރުވަމުންދާނީ ރޯދައަށް. ގޯތިތެރެއަށް ކަށިވެލިލުމާ، ހިފާގެންގުޅޭސާމާނު އާކުރުމާ، ގޭގެ ކުލަބަދަލުކުރުމާ، ފަރުނީޗަރުތައް ހަމައަކަށްއަޅުވާލުމާ، މިކަހަލަ އެންމެހާ ކަންކަމުގާ ރައްޔިތު އޭރުން މަޝްއޫލުވެފާ އޮންނާނީ.
ރާއްޖެ
24 January 2022
ތިކަމެއް މާޗް މަހަކު ވެސް ނުވާނެ. ބިގް ފާމާ އަކީ ސަރުކާރުތަކަށް ވުރެ މާ ވަރުގަދަ ބައެއް.