ރިސޯޓު މުވައްޒަފަކު ޓޫރިސްޓަކަށް ހިދުމަތް ދެނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
25 ޖެނުއަރީ 2022 - 10:15
ވެލާ ޕްރައިވެޓް އައިލެންޑާއި ވަލްޑޯފް އެސްޓޯރިއާ އިތާފުށިން މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ދީފި އެވެ.
ސާވިސްޗާޖުގެ މައުލޫމާތު ހާމަކުރާ ޕޭޖުތަކުގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވެލާއިންނެވެ. އެއީ ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރ.) އެވެ. މި ރިސޯޓަކީ ކޮންމެ މަހަކުހެން ސާވިސްޗާޖުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެއް ރިސޯޓެވެ.
މި ލިސްޓުގައި ދެވަނައިގައި އޮތް އިތާފުށިން ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރު (51،194ރ.) ދީފައި ވާއިރު ސޮނެވާގެ ރިސޯޓުތަކުން ވަނީ ކޮންމެ މުވައްޒަފަކަށް 3،253.64 ޑޮލަރު (50،171ރ.) ދީފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު، އާ އަހަރާ ދިމާކޮށް ރާއްޖެއަށް ޓޫރިސްޓުން އިތުރުވާތީ ގިނަ ރިސޯޓުތަކުން ސާވިސްޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ބަހަ އެވެ.
ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރަނީ ރިސޯޓުތަކުގެ މުވައްފުން ދޭ މައުލޫމާތުގެ މައްޗަށެވެ. ބައެއް ރިސޯޓުތަކުން މި މަހު ސާވިސްޗާޖު ބެހި އަދަދުތަކެއް ހާމައެއް ނުކުރެ އެވެ.
މި މަހުގެ މިހާތަނަށް ސާވިސްޗާޖުގެ މައުލޫމާތު އާއްމުކޮށްފައިވާ ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑު ސާވިސްޗާޖެއް ބަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހައް ރައްކާކުރުން
26 January 2022
ދެރައީ ތިތަންތާ ވަޒީފާ އަދާކުރާ މުއައްޒަފުންނައް ތިވަރައްފައިސާ ލިބޭއިރުވެސް ވަޒީފާއިން ވަކިވާދުވަހު އަތުގަ އެއްވެސް އެއްޗެއް ރައްކާކުރެވިފަ ނޫނީ މުދަލަކައް އިންވެސްޓު ކުރެވިފަ ނޯންނާތީ. ތިތަންތާގެ މުވައްޒަފުނައް ހުޅުމާލެ ތަންތަނުން ފްލެޓެއް ގަތުމަކީވެސް އެކަމައް ވިސްނައިގެން އުޅެފިނަމަ ވަރައްފަސޭހައިން ކުރެވިދާނެ ކަންކަން. އެކަމަކު ލިބޭކޮންމެ ޗުއްޓީއެއްގަ ބޭރައްދަތުރެއްއަޅާ ލިބުނު ފައިސާކޮޅު ހުސްކޮއްލާނަމަ އެކަމެއްނުވާނެ.
ގާސިމް
26 January 2022
ވިލާ ރިސޯޓްތަކުން ސާރވިސްޗާޖް ހަމަޔަށް ނުދިނަސް، އޭން ބައެއް، ހެޔޮފުޅުކަންދައްކަން ކުދިންނަށް ސްކޮލަރޝިޕްދީ، ބޭސްފަރުވާޔަށް މީހުން ފޮނުވާނެ.
ހުސްނުހީނާ
26 January 2022
ތިއަދަދުތައް ފެނުނީމަ ވަރަށް އުފާވޭ. އެކަމަކު ކިތައް ދިވެހިން ތި ރިސޯޓުތަކުގަ ވަޒީފާ އަދާކުރޭބާ؟
ލޮލްެދފރ
26 January 2022
މިހެން މި އެއްޗިސް ހާމަކުރުމަކީ ސާރވިސްޗާރޖް ލިބޭ މީހުންނަށް ލިބޭ ގެއްލުމެއް. ޢާއިލާ މީހުންނަށާއި ރައްޓެހިންނަށް ދޭންޖެހޭތީ.
ސަގަރުދޫސް ހަކީމު
25 January 2022
ވަރަށް އުފާވޭ. މިޤައުމުގައިތިބި ތެދުވެރި އިންވެސްޓަރުން ދިވެހިންނަށް މިކަހަލަ އިނާޔަތްތައް ދެއްވާތީ. ހިތާމަކޮށް ދެރަވަނީ ޤާނޫނަކުން ލާޒިމުކޮށްގެން ދޭންޖެހޭ އިނާޔަތެއް ޤާނޫނުގައިވާގޮތުގެމަތިން ރިސޯރޓްތަކުން ނަގާތޯ ދޭތޯ ބަލާނެ މަރުކަޒީ އިދާރާއެއް މަހުޖަހުންގެ ނުފޫޒުން ސަރުކާރުން ކަނޑައަޅާފައިނުވާތީ. ޗަންޕާ، ވިލާ، ސަން، ޔުނިވަރ ސެލް، ކަހަލަ ދިވެހި ރިސޯޓްތަކުން ހަދާނެގޮތެއް ހަދަން ސަރުކާރުން މިކަން ދޫކޮށްލާފައިވާތީ. ޚާއްޞަކޮށް 3 އޭ ފާހަގަ ކޮށްލަން.
ރަތްބެ
26 January 2022
ބޭރުގެ އިންވެސްޓަރުންނަށް އިސްކަންދޭންވީ މިހެންވެ. ޓެކްސްލާރިކޮޅުވެސް ހަމަޔަށް ދައްކާނީ އެމީހުން. ދިވެހި ރިސޯޓްތަކުން ހަމަޔަކަށް ނުދައްކާނެ.
ހަސަންކާރި
25 January 2022
ސަޅި.. ލިސްޓުގެ އެނެމެ ކުރީގައި ތިއުޅޭ ރިސޯޓްތަކަކީ 3000-2000 ޑޮަލަރަށް ކޮޓަރިއެއް ރެއަކަށް ވިއްކާ ތަންތަން އެތަން ތަނުން ތިވަރު ނުދެންޏާވެސް އެއީ މައްސަލައެއް. ގިނަ ރިސޯޓްތަކަކީ އެވަރެޖްކޮށް 600 ޑޮލަރު ރޭންޖުގައި އުޅޭތަންތަން. އެތަންތަނުގެ މުވައްޒަފުންނަށް ލިބޭނީވެސް ކުޑަކޮށް. މިކަމަކީ ލީޑަރ ބޯޑް ހަދައިގެން ކުރެވޭނެކަމެއް ނޫން. އެގޮތަކަށް އެއްްވަރެއް ނުވާނެ.
މުހައްމަދ
26 January 2022
މައްސަލައަކީ އެލިބޭ އެތިކޮޅު ނުދީ އޭގެންވެސް ބަޔެއް ވެރިފަރާތުން ނަގާތީ ދޯ؟ 2000-3000 ޑޮލަރަށް ވިއްކާ ރަށުގަ ހުންނަނީ 50 ހަކަށް ވިލާ އެކަމަކު 600 ޑ ވިއްކާ ރަށުގަ ހުރޭ 300 ކޮޓަރި. މިޖެހުނީ ކޮންތާކު އެ 300 ކޮޓަރި ފުލްކޮށް ވިއްކާފަ މިދެނީ 500ޑ ސާވިސްޗާރޖުގެ ގޮތުގަ މި ހިސާބު ދިމަޔެއް ނުވޭނުންތޯ
އަލިބޭ
25 January 2022
ރައްޔިތުންގެހައްގުހޯދަދޭން ދުވާގާސިމްގެ ވިލާކުންފުނީގެ ރިޒޯޓުތައް އަލީ ޝިޔާމުގެ ތުރީ އޭގެ ރިޒޯޓުތަކުން ސާވިސްޗާޖުގެ ގޮތުގަދިނީ ކިހާވަރެއްބާ؟ ސާވިސްޗާޖުދީފިބާ؟
ހަލީމާ ފުޅު
26 January 2022
ހުދު އަހެއް ލިބިދާނެ އޯކޭ؟؟!!!
ޙުސެންބެ
25 January 2022
ކިއްތަ ވާނީ ސަންއައިލެންޑްގެ މުވައްޒިފުންނައް ސާވިސް ޗާޖު އުނިކުރުމެއް ނެތި ދިނިއްޔާ؟؟
ވެލާބޭރު1
25 January 2022
ކިތައް ދިވެހިންތޯ ތިބީ ލިބުނު ؟؟؟؟????
ވައިފް ކާ ބަންދާ
25 January 2022
ވިލާގައި 500 ރ ސާވިސް ޗާޖް ލިބުނީޔޯ .މަ ގެ ހަޒް ބުނި