ފެމިލީ ކޯޓު: މިދިޔަ އަހަރު އެ ކޯޓުގައި ކުރި ކައިވެނީގެ އަދަދާ ގާތްކުރާ މިންވަރަށް އެ ކޯޓުގައި ވަރި ކޮށްފައިވޭ --- ފޮޓޯ/މިހާރު
25 ޖެނުއަރީ 2022 - 11:55
މިދިޔަ އަހަރު ފެމިލީ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތަށް އެ އަހަރު އެ ކޯޓުގައި ވަރިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުގައި 2،399 ކައިވެންޏެއް ކުރިއިރު، 1،192 މީހެއްގެ ވަރި އެ މުއްދަތުގައި ކޯޓުގައި ރަޖިސްޓަރީ ކުރި އެވެ. އެހެންވެ، ފެމިލީ ކޯޓުގައި ކުރި ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު ވަރިކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތްކުރެ އެވެ.
ރާއްޖެ އިން ބޭރުގައި ކުރި ކައިވެނިތަކުގެ ތެރެއިން 87 ކައިވެންޏެއް ރަޖިސްޓަރީ ކުރަން ހުށަހެޅިޔަސް، އަހަރު ނިމުނުއިރު ރަޖިސްޓަރީ ކުރެވުނީ 92 ކައިވެންޏެކެވެ. އެއީ 2020 ގައި ރަޖިސްޓަރީ ކުރަން ހުށަހަޅާފައި ހުރި ކައިވެނިތައް ހިމެނޭ ގޮތުންނެވެ.
އެ ހިސާބުތައް ދައްކާ ގޮތުން 2،400 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ފެމިލީ ކޯޓަށް ހުށަހެޅިއިރު، 2020 ވަނަ އަހަރުގެ މައްސަލަތައް ހިމެނޭ ގޮތުން 2،615 މައްސަލައެއް މިދިޔަ އަހަރު ނިންމާފައިވެ އެވެ.
މިދިޔަ އަހަރު ދަރިންގެ ހަރަދުގެ ގޮތުގައި 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނެވެ. އިއްދައިގެ ހަރަދުގެ ގޮތުގައި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެއްތެރި އަންހެނާ
26 January 2022
އަހަރެން މިއުޅެނީ ހަމަ ވަރިވާން ނުކެރިގެން ވަރަށް ޒަމާން ވެއްޖެ ހިތްދަތި ދިރިއުޅުން އުޅޭތާ ކުދިން ތިބީމަ ހަމަ ނުކެރިގެން ހުންނަނީ. ކުދިންނަށްވެސް ކުރަނީ ނޭދެވޭ އަސަރު މިހެން ހުރީމަވެސް. ނަމަވެސް ވަރިވާން އުޅޭ އިރަށް އެންމެންގަނޑު ހީވާނީ އެހެންފަދަ ކަމެއް ހެން. ވަރިވުން އެއީ މައްސަލައެއް ނޫން އަހަރެން ދެކޭ ގޮތުގަ މެންޓަލް ހެލްތު ވެސް މުހިއްމު މަންމަ އުފަލުގަ ހުރެގެން ތަރިންނަށް ރަނގަޅުވާނި.
ޢައިމިނަ
26 January 2022
ޥަރި ގިނަވާނުން ގޭމު ކުޅުންނޫން ކަމެއް ފިރިންނަކަށް މޯވޭ ފޯނު ޗާޖު ހ7ސްވިޔަސް އަނބިދަރިން މަތިން ހަނދާނެއްނުވޭ
ސަޖޯ
26 January 2022
ވަރިކުރާ އަދަދު ގިނަ ވާނެނު. މަވެސް އަންހެނުން ވަރި ނުކޮށްގެން ފެމިލީ ކޯޓު މޮޔަވެގެން އުޅޭހެން ހީވަނީ. މަށަށް ގުޅާވަރުން. މަ އަދި މިހިން ހުއްޓަސް އެންމެން ނުތިބޭނެ ދޯ.
ގުދުގުދާބެއްޔާ
26 January 2022
މިދިވެހިންގެ ބަލާބޮޑުކަމުން މަ މިއުޅެނީ ޕިލިޕިންސް އަންހެނަކާ އިދެގެން! ވަރަށް ބޮލަށް ފަސޭހާ! އެހާމެ ގެވެހި އެހާމެ ސާފުތާހިރު. އަދި އެހާމެ ލޯބި! ހައްހައްހާ! މަނެތިން ވަރިކުރާކަށް! ހަމަޖެހޭ ދިރިއުޅުމެއް މިއުޅެނީ!
މައިތިރިވޭ
26 January 2022
ތިމީހާ އެބަހުން ހިލޭ ފިރިހެނަކާ ޗެޓް ކުރިޔަސް ކަލެއަށް ނޭގޭނެ
ވަހުތާން
26 January 2022
ކޮބާ މައްސަލައަކީ ނޫލެވެންޏާ ވަރި ނޫންތޯ ކުރާނީ؟ ރާއްޖޭގައި ވަރިކާވެނި ބަލަހައްޓާތީ ގިނަވަނީ! އެކަމަކުވެސް މިއަންނަ ޑިމޮކްރަސީ އާއި މިނިވަންކަމުގެ ތެރެއިން ހިލޭ ބައްދަލުވުންތަކަށް ފުރުޞަތުދޭތީ ކައިވެނިތަށް މަދުވާނެ، އެހެންވީމާ ވަރިވެސް މަދުވާނެ! އަނެއްކާ ބޭރުގައުމުތަކުގައި ހުންނަގޮތަށް ދާތީވެސް މަދުވާނެ.
ށަވިޔަނި
26 January 2022
ކޮންމެ ގައުމެއްގައިވެސް އެގައުމަކަށް ޚާއްޞަ އާދަކާދަތަކެއް އޮވޭ. އެކަން ހުއްޓުވޭނެތަ؟ ތިއީ ދިވެހި ސަގާފަތް.
ސާންތި
25 January 2022
މަވެސް މީހަކާ ނީންނަން މިހުންނަނީ ވަރިކުރަން ޖެހިދާނެތީ. މިދާރޭޓުން ދަންޏާ ކައިވެންޏަށްވުރެ ވަރި ގިނަވާނެ
ބޯދާ ވަރި ބޯދާވެ ޖިންސު ލަތީފާގެ ވަރިގިނަ
25 January 2022
ވަރީގެ ބާވަތް: ތިހިރީ ވަރިކޮށްފަ، ތިހިރީ 3 ފަށް ވަރިކޮށްފަ، މަ ވަރިކުރޭ، ވަރިވާން ކޯޓަށް ދޭ، ވަރިކުރާށޭ މިބުނީއެއްނު ވަރިކުރާށޭ، ވަރިނުކޮށް ކޮންތާކަށް ދާނީ، ވަރިކުރަން ޖެހޭނީ، ގާޒީ އޭ އޭނާ ވަރިކުރޭ ނޫނީ މަޖެހޭނީ ކަލޭ އަތުން ވަރިނަގަން. މިހާރު އެންމެ ބަރުވަނީ ފެމިނިޒަމް ވަރި. ދެން ކެޓޭނީ ކޮންމެވެސް ހަކުރު ބޮލަކާ ނޫނީ ބަންގާޅު ރާގޮނޑިއަކާ. ވަރި ގިނަވަނީ ފިރިހެންކަން ދަށްވީމާ ތަނަކުން މީހަކު ލޮލެއް އެއްލިއަސް އެއަށް ކެޓެނީ.
ފޮރިއަލް
25 January 2022
މިހާރު ގިނަ އަންހެނުން ނުތިބޭނެ ފިރިމީހާގެ ވިޔާނުދާ ސިފައެއް ހުރިއްޔާ އެކަމާ ހިތާމަކުރަން ކުރީގަ ވެއްޖެއްޔާ ދަރިންނަށް ނުރަނގަޅު އަސަރު ކުރާއިރުވެސް އަނބިމީހާ އުޅެދާނެ އެމީހަކާއެކީ މިހެން ބުންޏަސް ސަބަބަކާ ނުލައި ވަރިޔަށް އެދޭމީހުން އުޅޭ
މަނިކުބެ
25 January 2022
ވަރިގިނަވަނީ ދެމީހުންގެ ފްރިކުއެންސީ ދިމާނުވީމަ. ފްރިކުއެންސީ ދިމާނުވާ ސަބަބުތައް ވަރަށްގިނަ. އޭގެއޮވޭ ވަރަށް ބޮޑުސަބަބެއް ގިނަމީހުންނަށް ނޭގޭ، ވަރިވާއިރުވެސް އަސްލު ސަބަބު ނޭގޭ. އެއީ ދެމީހުން ދުރުކުރަން ހަދާ ސިހުރު. ސިހުރު އިފެކްޓްކޮށްފިޔާ ދެމަފިރިން މައްސަލަޖެހޭކަށް ނޯންނާނެ މާބޮޑު މައްސަލައެއް، އެކަކު މިފަންކާހާދަ ރީއްްޗޭ އަނެކަކު ރީއްްޗެއްނޫނޭ ބުނީމަވެސް އެފެށުނީ އެރޭގެ ޒުވާބު…
ކިނބޫ
25 January 2022
ދެން ކޮބާތަ މައްސަލައަކީ؟ ވަރިކޮށްގެން ނުވަނީތަ؟