މާޒިޔާގެ ކުރިގެ ކޯޗް މޯހަން: އޭނާ މިއަދު ވަނީ އެޓީމުގެ ކޯޗް ކަމުން ވަކިކޮށްފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
27 ޖެނުއަރީ 2022 - 12:42
ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މާޒިޔާގެ ކޯޗް ކަމުން މުހައްމަދު ޝިޔާޒު (މޯހަން) މިއަދު ވަކިކޮށްފި އެވެ.
މާޒިޔާއިން ބުނީ، މޯހަން ވަކި ކުރަން ނިންމި ނިންމުމަކީ އެ ކްލަބްގެ ބޯޑަށް ނިންމަން އުނދަގޫވި ނިންމުމެއް ކަމަށެވެ. އަދި އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކްލަބުން މީޑީއާ އަށް ފޮނުވި ބަޔާނުގައި ވެއެވެ.
"ގިނަ މަޝްވަރާތަކަކާއި ވިސްނުންތަކަކަށްފަހު މި ހާލަތުގައި ކްލަބަށް އެންމެ ފައިދާ ހުރި ގޮތަކީ މިބަދަލު ގެންނައުކަން ކްލަބްގެ ބޯޑުން ގަބޫލު ކުރޭ،" މާޒިޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.
Presidents Cup gai Maziya ah naakaamiyaab vee keevve?
The most trusted news source in the Maldives
Mihaaru
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަށް ނާކާމިޔާބުވީ ކީއްވެ؟
މޯހަން އަކީ މިދިޔަ އެއް އަހަރު ތެރޭ މާޒިޔާގައި މަސައްކަތް ކުރި ތިންވަނަ ކޯޗެވެ. މިދިޔަ ސީޒަން އެޓީމުން ފެށީ، ޓީސީ ސްޕޯޓްސް ކްލަބްގެ މިހާރުގެ ކޯޗް މުހައްމަދު ނިޒާމް އާއެކު އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި ފަހުން އޭނާ ވަނީ އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފަ އެވެ. އޭގެ ފަހުން މާޒިޔާގެ ކޯޗް ކަމަށް ހަމަޖެއްސީ، ކުރިން ރެއާލް ބެޓިސްގެ ޔޫތު ޓީމުގައި މަސައްކަތް ކުރި ސާބިއާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް އެވެ. މިދިޔަ އަހަރު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން މާޒިޔާއިން ނިންމީ އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމަށެވެ.
އޮކްޓޯބަރު މަހު މާޒިޔާގެ ކޯޗް ކަމަށް މޯހަން ހަމަޖެއްސުމަށްފަހު، އެޓީމުގެ ޖެނަރަލް ސެކެރެޓްރީ އަބްދުލް ވައްހާބް (ވައްކޭ) ވިދާޅުވީ ދިވެހި ކޯޗަކަށް އިސްކަންދީގެން ދިވެހި ކޯޗަކާއެކު އޭއެފްސީ ކަޕްގައި ވެސް ކާމިޔާބު ހޯދުމަކީ މާޒިޔާއިން ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ.
Maziya ge pressure Mohan ah hifahattaaleveynetha?
The most trusted news source in the Maldives
Mihaaru
މޯހަން މިއަދު ވަނީ މާޒިޔާގެ ކޯޗް ކަމުން ވަކި ކޮށްފަ
މޯހަންގެ ކޯޗް ކަމުގެ ދަށުން މާޒިޔާއިން ވަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް އެޓީމަށް ހޯދައިދީފަ އެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ރ. އަލިފުށީގައި ކުޅެ އެޓީމު ބަލިވީ ވެލެންސިއާ އަތުން 2-1 ންނެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި ވެސް ވެލެންސިއާ އަތުން މާޒިޔާ ބަލިވި އެވެ. އަދި އޭގެ ކުރިން ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އަތުން ވެސް ބަލިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެހެހެ
28 January 2022
ވައްކޭ އާއި މޫސަ ހުއްޓާ މާޒިއާގައި ކޯޗަކަށް ކެތެއް ނުވާނެ!
ފުޓްސަލްކުޅެބަލަ.
27 January 2022
ދެން ބައްސާމް ހަމަޖައްސާ ކޯޗަކަށް. އޭރުން ރަނގަޅުވާނީ
އާދަމްބެ
27 January 2022
އަދި ކުރިޔަށް 100 އަހަރު ފުޓްބޯޅަ ކުޅުނަސް މާޒިޔާ އަކަށް ނެތް ތިނޫން ކަމެއްކޮށްގެނެއް ކުރި އެރުމެއް
ބޯލް ޕޮއިންޓް
27 January 2022
ނޮވެންބަރު މަހު ވަޒީފާދިނީ، 3 މަހުގެ ޕްރޮބޭޝަން ޕީރިއަޑްވެސް ހަމަނުވޭ، މިހާރު ވަކިކުރީ! ދެން ގެންނާނީ އިރުމަތީ ޔޫރަޕްގެ ސާބިއާ ކަހަލަ ގައުމެއްގެ ކޯޗެއް، އޭނައަށް ކުޅުންތެރިން ދަސްވާއިރު އޮންނާނީ ސީޒަން ނިމިފައި. ޝުކުރިއްޔާ މާޒިއާ. ތައްޓެއް ހޯދުމަށް ތިކުރާ ހިތްވަރަށް ސާބަސް.
އިއްޕަޓޭ
27 January 2022
އަދި ލީގު ނުފެށިގެންދޯ މިއުޅެނީ. ދެންވެސް ގެނޭ މީގެކުރިން ދުވަހަކު ދިވެހި ފުޓުބޯޅަ ލޮލަށް ނުފެންނަ ބިދޭސީއެއް. އޭއެފްސީ ކަޕުގަ ފެއިލްވާން ރެޑީވާތަން މިފެންނަނީ.
ޗޮކޮސް.
27 January 2022
މަށަށް ފެންނަނީ މޯހަން ކޯޓައްދާން. ވަޒިފާގަޑު ދިފައި ފައިނަލް މެޗުގައި އެންމެ ގޯލެއްގެ ތަފަތުން ބަލިވިއޭ ކިއާ އެހާއަވަހަށް ސައްޕެއްޖަހާ ބެރުކުރެވޭތަ! ނޫނީ އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއަށް ހުށަހަޅާ
އާރީ
27 January 2022
ކޯޗުންނަށް ވަގުތު ދޭށް ޖެހޭ.
ލަކުޑިބޯ
27 January 2022
ހާދަ ދެރައޭ ކޯޗުކަން ލިބުނުތާ އެހާ ގިނަ ދުވަހެއްވީއެއްވެސްނުން، ގަތް ހުރިހާ ގްރީން ގަމީކޮޅުގެވެސް ބޭނުން ކެޑުނީ. އެއްވެސް ދިވެހި ކޯޗަކު މާޒިއާ ކޯޗުކަން ދޭން އުޅުނަސް ގަބޫލު ކުރާނެ ކަމެއްނެތް، އެއީ ރިއަލަމެޑްރިޑަށް ހެދިގެން އުޅޭބައެއް. ސޮއިކޮށްފައި ގެއަށް ނުދެވެނީސް ވިކިކޮއްލާނޭ ކަންނޭގެ
ނަގިއްޔާ
27 January 2022
މާޒިއާއިން ތިބޭނުންވެގެން އުޅެނީ ކޯޗެއް؟ ކޮންމެ މުބާރާތަކުން ތަށިތަ؟ ބައްލަވާ މޮޅުކޯޗަކާ މޮޅެތި ކުޅުންތެރިން ތިއްބަކަސް އަދި އެކަންނުވެދާނެ. އެބުނާ މޮޅުމޮރީނިއޯ މެންޗެސްޓާއަށް ބަދަލުވިއިރު ވަރަށް މޮޅެތި ކުޅުންތެރިން ތިބި، އެކަމަކު ވީކިހިނެތް! އެހެންވީމަ ކުޅޭ ކޮންމެ މުބާރާތަކުން ތަށިނުލިބިގެން ކޯޗުން ވަކިކުރަންވެއްޖެއްޔާ ކިހިނެތްވާނީ. ގަބޫލުނުކުކުރެވެނީތަ އެހެންޓީމުތަށްވެސް މަސައްކަތްކުރަނީ ތަށިހޯދަންށޭ، އެއި ހަމައެކަނި އެއްބައެއްގެ ހައްގެއްނުން.
ނިއު
27 January 2022
2013 ވަނަ އަހަރު ދިވެހި ފުޓްބޯޅައިގަ ނިއުރޭޑިއަންޓް ހޯދި ކާމިޔާބާއި އެއްވަރުކުރަން (ނިއު ވަނީ އެއަހަރު އެޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއްގެ ތަށި ހޯދާފަ) ބައްސާމާއި، ސަވީދު، އަދި މާޒިޔާއަށްވެސް ހަޖަމު ނުވެގެން މިއުޅެނީ އެކަން..
ޙގދލ
27 January 2022
1997 ވަނަ އަހަރު ނިއު އިން 3 ތަށި ހޯދި.
އހ
27 January 2022
ނިއުރޭޑިޔަންޓް ހޯދި ކާމިޔާބު ނުހޯދޭނެ