ރ. އަލިފުށީގައި މާޒިޔާއިން ކުރިއަށްގެންދިޔަ ޓްރޭނިންގެ ތެރެއިން ކޯޗް މޯހަން ކުޅުންތެރިންނަށް އިރުޗާދު ދެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
27 ޖެނުއަރީ 2022 - 11:01
މި ފަހަރުގެ ފުޓުބޯޅަ ސީޒަނަށް އެންމެ ކުރިން ތައްޔާރުވާން ފެށި ޓީމަކީ މާޒިޔާ އެވެ. ޕްރީ ސީޒަން ޓުއާއެއްގައި ނ. އަތޮޅުގައި ވެސް މާޒިޔާއިން ކޭމްޕްކުރި އެވެ. އެހެން ކްލަބްތަކަށް ސީޒަނަށް ތައްޔާރުވާން ފެށުނީ މާފަހުންނެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެލެންސިއާގެ މައްޗަށް މާޒިޔާ ކާމިޔާބު ހޯދި އެވެ.
އެވަރުގެ ނަތީޖާއަކުން ވެލެންސިއާގެ މައްޗަށް މޮޅުވެވުމުން، ފުޓްބޯޅައިގައި މަސައްކަތް ކުރާ ތަޖުރިބާކާރުން ގަބޫލުކުރީ މި ސީޒަންގައި ވެސް މާޒިޔާ އަތުލެވޭނެ ޓީމެއް ނެތް ކަމަށެވެ. ލީގުގެ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނި ގޮތުގައި މާޒިޔާ އިން ދުރާލައި ތައްޔާރުވުމުން އޭގެ ފައިދާ އެ ޓީމަށް މުޅި ސީޒަންގައި ކުރާނެ އެވެ.
ދެޓީމުގެ ސްކޮޑަށް ބަލާއިރު ވެލެންސިއާ އާއި މާޒިޔާގެ އެންމެ ބޮޑު ފަރަގަކީ ބޮޑު ސްކޮޑެއް މާޒިޔާގައި އޮތުމެވެ.
ތަޖުރިބާކާރު އެހެން ކޯޗަކު ބުނީ މާޒިޔާގައި ބެންޗުން އަރަން ތިބި ކުޅުންތެރިންނަކީ ވެސް ގައުމީ ފެންވަރުގެ ކުޅުންތެރިންނަށްވުމަކީ އެހެން ޓީމުތައް ކުރިމަތީގައި މާޒިޔާ އަށް އޮތް އެޑްވާންޓޭޖެއް ކަމަށެވެ.
ރ. އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ކުރިއަށްގެންދިޔަ ޓްރޭނިންގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި މާޒިޔާވީ ފަހުން، މިފަހުގެ ތާރީހެއްގައި ޖެހިޖެހިގެން ތިން މެޗުން މާޒިޔާ ބަލިވި ފުރަތަމަ މުބާރާތަކީ ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕެވެ.
އެ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގެ ކުރިން، ގްރީން ސްޓްރީޓްސް އަތުން މާޒިޔާ ވަނީ 2-0 އިން ބަލިވެފަ އެވެ. ލީގު ބުރުގެ އެންމެ ފަހު މެޗުން، މާޒިޔާ ފައިނަލަށް ދިޔައީ ހަނި ފުރުސަތަކުން ކަމަށް ތަޖުރިބާކާރު އެހެން އޮފިޝަލަކު ބުންޏެވެ.
"ފައިނަލަށް ދާން ފުރުސަތު ލިބުނު ދެ މެޗުން ވެސް ބަލިވީ،" އޭނާ ބުންޏެވެ.
ވެލެންސިއާ އަށް މުބާރާތުގެ ތަށި ހޯދައިދިން ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ) ކުރިން ބުނެފައި ވަނީ، ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވައްދާލި ނަމަ އެ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކުރަން އިތުރު ފުރުސަތުތަކެއް ތަނަވަސް ކުރެވުނީސް ކަމަށެވެ.
ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް ތެރެއިން: މާޒިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެލެންސިއާ --. ފޮޓޯ: ނިޝާން އަލީ | މިހާރު
ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ނުކުތް މާޒިޔާ އަށް ޕްރެޒިޑެންޓްސް ކަޕް ގެއްލުނު ފަހުން، މިހާތަނަށް އެޓީމުގެ ކޯޗު މޯހަން މީޑީއާގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. "މިހާރު" ނޫހަށް އިންޓަވިއު ނުދޭން މާޒިޔާ އިން ނިންމައިފައިވުމުން އެޓީމުގެ އެއްވެސް ބަހެއް ނުލިބެ އެވެ.
މާޒިޔާ އަށް ނާކާމިޔާބުވި ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދެއްކި ފުޓުބޯޅައިގެ އޮފިޝަލް، އަޅައިކިޔައިލީ މާޒިޔާ އާއި ވެލެންސިއާ ސީޒަން ފެށި ގޮތަށެވެ. އޭނާ ބުނި ގޮތުގައި މާޒިޔާ ސީޒަން ފެށީ ވަރަށް މަތިންނެވެ. އެކަމަކު ވެލެންސިއާ ދިޔައީ ދަށުން ފަށައިގެން މައްޗަށް ކަމަށް ބުންޏެވެ.
"މާޒިޔާ ފެށުން ވަރަށް ރަނގަޅު. ފުރަތަމަ ވެސް 5-0 ގެ ބޮޑު މޮޅެއް ހޯދީމައި އެފެށީ ވަރަށް މަތިންނޭ. އެކަމަކު ފަހުން އެއްވަރެއްގައި ޕާފޯމް ނުކުރެވުނީ. އެ ޕާފޯމް މެއިންޓެއިން ކުރުން އެންމެ މުހިންމު ކަމަކީ،" އޭނާ ބުންޏެވެ.
"އެކަމަކު ވެލެންސިއާ ފެށީ ދަށުން. ބޮޑު ބައްޔަކުން ފެށީ. އެ ޓީމު ދިޔައީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން. ފައިނަލާ ހަމައަށް ދިޔައިރު ވެލެންސިއާ އޮތީ ވަރަށް ފޯމްގައި."
ތަޖުރިބާކާރު އެހެން އޮފިޝަލަކު ބުނިގޮތުގައި ފައިނަލް މެޗުގައި މާޒިޔާގެ ބަދަލުތައް ވެސް ފެނުނީ އެންމެ ރަނގަޅަކަށް ނޫނެވެ.
"މިހެން މި ބުނީ، އަސައްކޮ (އަސަދުﷲ އަބްދުﷲ) އާއި އަކޫ (އަކުރަމް އަބްދުލް ގަނީ) އެކުގައި ވޯމްއަޕް ކުރަމުންދަނިކޮށް ކުޅެން ނެރުނީ އަކޫ. މޮޅުވާން ޖެހޭ މެޗެއްގައި އެޓޭކިން ކުޅުންތެރިއެއް ބަހައްޓާފައި ޑިފެންސިވް ކުޅުންތެރިއެއް ނެރުނީ ކީއްވެބާއޭ އަޅުގަނޑު ހިތަށް އަރާ،" އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
28 January 2022
ސީޒަން ހުޅުވި މެޗުގަ ބޮޑުތަފާތަކުން ވެލެންސިއާ ބަލިކުރެވުނީމަ ހީކުރީ ފަސޭހަކަމާއެކު ސީޒަން ކާމިއާބު ކުރެވޭނެކަމަށް. ދެވަނައަށް އެންމެ މޮޅުޓީމު ވެލެންސިއާ ކޮޅަށް 5 ގޯލުވައްދާ ލެވިއްޖޭ، އެޓީމުގަ ހެޑްކޯޗެއްނެތޭ، ހުރީ ކުޑަހީނާއޭ، އޭނައަށް ކޯޗެއްހޭ އެގޭނީ، ހުރިހާ ކަމެއް މާބޮޑަށް އަންޑަރއެސްޓިމޭޓްކުރީމަ ލަނޑުއެޅީ
ރާއްޖެ
27 January 2022
މާޒިޔާގެ ކޯޗް ކަމުން މޯހަން ވަކިކޮއްފި
އަނީ
27 January 2022
މާޒިޔާ އަކީ ދިވެހި ފުޓުބޯޅައިގެ ހަލާކު. މާޒިޔާ އަށް ތަށި ނުލިބުމުން %99 ސަޕޯޓަރުން އުފަލުން ފޮޅިއްޖެ..
ގުދުގުދުލީބެއްޔާގެ ތެދުބަސް
27 January 2022
ނާކާމިޔާބުވީ ސަބަބު ބަލާނެކަމެއްނެތް. ކޮންމެސްއެއްބަޔަކު މޮޅުވެފާ ކޮންމެސްއެއްބަޔަކު ބަލިވާނެ. މީ ދުނިޔެ ހިނގަހިނގާއޮންނަ ސުންނަތަކީ.
ރަދީފްއޮފިޝިއަލް
27 January 2022
މޯހަން ދެން ރަނގަޅުވާނީ ބައްޕަގެ ޓްކްއަވޭ ހިދްމަތްދޭ ތަނުގަ ފައިސާ ބަލައިގަންނަން މަޑުކޮށްލަން.
ރަދީފްއޮފިޝިއަލް
27 January 2022
*ޓޭކްއަވޭ
ސަސި
27 January 2022
އަނެއްކާ އެެފްއޭއިމް އިން ބަޔާން ނުނެރޭބާ މާޒިޔާއާ ބެހޭ ގޮތުން ރިޕޯރޓް ނެރުނީމަ