އަހްމަދު އިމާޒް (އާއްކޮ) 2018 ގައި ގައުމީ ޓީމުގައި --- ފައިލް ފޮޓޯ
27 ޖެނުއަރީ 2022 - 19:00
ފުރަތަމަ ޑިވިޝަންގައި 11 އަހަރު ފުޓްބޯޅަ ކުޅުމަށް ފަހު، ފޯވާޑް އަހްމަދު އިމާޒު (އައްކޮ) އުމުރުން 29 އަހަރުގައި ކުޅުން ހުއްޓާލައިފި އެވެ.
މިދިޔަ ސީޒަންގައި އާއްކޮ ކުޅުނީ، ކްލަބް ވެލެންސިއާ އަށެވެ. އެހެން ނަމަވެސް އޭނާގެ ކުރީގެ ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. އާއްކޮ "މިހާރު" އަށް ބުނީ މިވަގުތު ދިރިއުޅުމުގެކަންކަން ހުރި ގޮތުން ދާއިމީކޮށް ފުޓްބޯޅަ ކުޅެވެން ނެތް ކަމަށެވެ.
"ހަމަގައިމު ވެސް ދެން ފުރަތަމަ ޑިވިޝަނަކުން ނުފެންނާނެ. އެކަމަކު ފުރުސަތު ލިބިއްޖެއްޔާ ދެވަނަ ޑިވިޝަން ނޫނީ ތިންވަނަ ޑިވިޝަންގައި ކުޅޭނަން،" އާއްކޮ ބުންޏެވެ.
އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން އަންނަ އާއްކޮ ބުނީ، އޭނާގެ ވަޒީފާ އާއި ދިރިއުޅުމަށް މިވަގުތު ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހިފައިވާ ކަމަށެވެ.
"މިއީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު މިވަގުތު ހާލަތު ހުރި ގޮތުން ދާއިމީކޮށް ފުޓްބޯޅަ ކުޅެވެން ނެތީ،" ދާދި ފަހުން ދަރިޔަކު ލިބުނު އާއްކޮ ބުންޏެވެ.
އާއްކޮ ފުޓްބޯޅައިގެ ތެރެއަށް ނުކުތީ ޔޫތު މުބާރާތުގައި ކްލަބް އީގަލްސްގެ ތެރެއިންނެވެ. އީގަލްސްގެ ޓީމުން ފުރުސަތު ދިން ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ އާއްކޮ އެވެ. އީގަލްސްގައި އޭނާ ދެއްކި ކުޅުމާއެކު މާޒިޔާއިން އޭނާ ގެންދިޔަ އެވެ. މާޒިޔާގައި 2015 އަދި 2016 ގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގްރާންޑޭ އަށްވެސް އޭނާ ވަނީ ކުޅެފަ އެވެ.
އާއްކޮ ކުޅުން ހުއްޓާލިކަން އިއުލާން ކުރީ މިއަދު
ވިންގް ފޯވާޑަކަށް މޮޅަށް ކުޅޭ އާއްކޮގެ މޮޅު ކުޅުން ގައުމީ ޓީމުގައި އެންމެ ރަނގަޅަށް ނެރެދިނީ ކުރީގެ ކޯޗް ރިކީ ހާބަޓް އެވެ. އިންޑިއާގައި 2015 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ލެފްޓް ވިންގްގައި ހާބަޓް އެންމެ ފުރަތަމަ ފުރުސަތު ދެނީ އާއްކޮ އަށެވެ.
ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އާއްކޮ ވަނީ ގައުމީ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. އޭގެ ފަހުން އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެ އެވެ. ލަންކާގައި 2012 ގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް އާއްކޮ ހިމެނުނެވެ.
އޭރު ކްލަބް އީގަލްސް އަށް ކުޅެމުން އައި ފޯވާޑް ސީނިއާ ގައުމީ ޓީމަށް ވެސް އެ އަހަރު ކުޅުނެވެ. ރާޖަޕަކްސަ މުބާރާތުގެ ލީގު ބުރުގައި 1-0 އިން ޕާކިސްތާނު ބަލިކުރި މެޗުގައި ރާއްޖެ އަށް ލަނޑު ޖެހައިދިނީ ވެސް އޭނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒުހޫރު
01 February 2022
އޭ އާއްކޯ އޭ ޑޭޑީ
ހެހެހެ
28 January 2022
ކެއިއަރ ނިންމާލި އިރުވެސް މީ ކޮން ކުއްޖެއް ކަމެއް ނެގުނު! ނޫސް ކިޔާލީމާ މިއިނގުނީ މީވެސް ކުޅުނު ކުއްޖެއްކަން! ކުރީގަ ނަމަ ބެންޗްގަ އިންނަ ކުޅުންތެރިޔާ ވެސް މުޅި ރާއްޖެ އެންމެން ދަންނާނެ! މިއީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު!
ނޯކުރި
28 January 2022
ފުޓުބޯޅަ ކުޅެގެން މިގައުމުގައި ނެތް ކުރިއެރުމެއް
ޢަލީފާ
28 January 2022
ތީ ދެން އާ ކަމެއް ނޫން މާދަމާ ތި ބަދަލު ވާނެ ރާއްޖޭގައި ކުޅޭ މީހުން ދިރިއުޅެމުގައ ކަންކަން ދިމާވޭ
ސަރަންދީބް
28 January 2022
މަ ހީކުރީ އަންހެން ކުއްޖެއް ކަމަށް އާޓިކަލް ކިޔާލުމުން ފިރިހެން ބޭފުޅެއްކަން މި އެނގުނީ
ޟާނު
28 January 2022
ޢާއްކޮ ކުޅުންދަށްވީ ކައިވެނިކުރިހިސާބުން އަބަދު އަނބިމީހާ ގޮވައިގެން ރޭގަަންޑު ހަތަރުދަމު އުޅެތަންފެނޭ މާއަވަހަށް ކަެުވެނިކުރީ 29 ތީ އަދި ޕީކުދުވަސްވަރު
އައްޗުކުޑޭ
27 January 2022
ގަބޫލުކުރެވުނަސް ނުކުރެވުނަސް ރަގަޅުވާހަކައެއް ބުނެފާނަން. މިރާއްޖޭގައި ފުޓުބޯޅަ ކުޅުމަކީ ދިރިއުޅުމަށް ކުރާމަސައްކަތެއްގެ ގޮތުގައި ކުރެވޭނެ ކަމެއްނޫން. އެކަން އެގޮތަށް ބަޔަކު ހިތަށް އެރިހިސާބުން ފުޓުބޯޅައިގެ ފޯރިވެސް ގައުމުން ނެތި ދިޔައީ.
ފެސްބޯ
28 January 2022
ޕާރޓީ ސިސްޓަމް އައިފަހުން
ދުއްލިސާ
27 January 2022
ދިވެހިރާއްޖޭގަ ރިޓަޔާކުރާ މީހުން ހަފުތާއެއްވެފަ ބުނާނެ ފޭނެއް އެހެންނޫނީ ފަންކާއެއް ނޫނީ ބޮތްކެއް ބުނެގެން އަލުން ކުޅެންފަށާކަމަށް