ލައިފްސްޓައިލް / ކެންސަރު

ކެންސަރު ބަލިކުރެވޭނެ، މި ކިޔައިދެނީ ތަޖުރިބާ!

"ކެންސަރާ އަމިއްލައަށް ކުރިމަތިލާން ޖެހުމަކީ އަމިއްލަ ނަފްސުގެ ހިތްވަރު ވަޒަންކުރެވުނު ކަމެއް. މިއަދު އަހަރެން ބުނާނީ އެއީ އަހަންނަށް ލެއްވި ރަހުމަތެއް ކަމަށް"

ކެންސަރާ ހަނގުރާމަކޮށް، އެ އުނދަގޫ ދަތުރުގެ ތަޖުރިބާތައް ހިއްސާކުރި ބައެއް މީހުން

ކެންސަރު ބަލީގެ ތަޖުރިބާ އެކި މީހުންނަށް ކުރެވެނީ އެކި ގޮތަށެވެ. މި ވޭން ހުރި ބަލި ޖެހިގެން ކުރަންޖެހޭ ހިތްދަތި ތަޖުރިބާ އެވެ. ބަލި ޖެހޭ މީހާގެ ފަރުވާގެ ކަންކަން ބަލަހައްޓައި އޭނާ އަށް އެހީވެދިނުމުގައި ކުރަންޖެހޭ ތަޖުރިބާ އެވެ. ނުވަތަ އާއިލާގެ މީހަކު ނުވަތަ އެކުވެރިޔަކަށް ކުރަންޖެހޭ މިފަދަ ތަޖުރިބާއެއް ފެނިގެންނެވެ.

ކެންސަރު ބައްޔާ އެކި މީހުން ކުރިމަތިލާ ގޮތާއި އެކި މީހުންނަށް ކުރަންޖެހޭ ތަޖުރިބާ ހިއްސާކޮށް ހޭލުންތެރިކަން އުފައްދަން ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އިން ސޯޝަލް މީޑިއާގައި ފަށާފައިވާ #CancerThajuribaa ގެ ދަށުން އެތައް ބައެއްގެ ވާހަކަތައް އަންނަނީ ކިޔައިދެމުންނެވެ.

އެއިން ކޮންމެ މީހަކު ވެސް ކިޔައިދެނީ ތަފާތު ތަޖުރިބާއެކެވެ.

އައިނީ އަށް ތައިރޮއިޑް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ރާއްޖޭން ބޭރުގައި ކިޔަވަން އުޅެނިކޮށް، އުމުރުން 17 އަހަރުގަ އެވެ.

"ކެންސަރާ އެކު އުޅެން ޖެހުމަކީ ވަރަށް އުނދަގޫ ތަޖުރިބާއެއް. ކެންސަރާ މެދު މީހުން ދެކޭ ގޯސް ގޮތުގެ ސަބަބުން އަހަރެން އިތުރަށް ބަލިކަށިކޮށްލި. އެކަމަކު މާތްﷲ އަށް އޮތް އިތުބާރާއި އެތައް ބައެއްގެ ފަރާތުން ލިބުނު ލޯތްބާއި އެހީތެރިކަމުން، ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި ހުރުމަށް ވަނީ ހިތްވަރު ލިބިފައި،" ސައިކޮލޮޖީ ކިޔަވަމުން، ވެކްސިނޭޝަން ސެންޓަރުގެ ވޮލަންޓިއަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އައިނީ ބުނެފައިވެ އެވެ.

އުރަމަތީގެ ކެންސަރަށް 2013 ވަނަ އަހަރު ޑައިގްނޯޒްވެ ފަރުވާ ހޯދަން ޖެހުނު ޖީލާ އަށް ބަލި ހުރިކަން އެނގުނު ހުރި ހުރީ ސްޓޭޖް 2 ގަ އެވެ. ފަރުވާ ހޯދަން އޭނާ ރާއްޖޭން ބޭރަށް ދިޔައީ ފިރިމިހާއާ ވަކިންނެވެ. ވޭންދެވެނިވި ފަރުވާތައް ހޯދަން އަށް މަސް ދުވަސް ހޭދަކުރީ އެގޮތުގަ އެވެ. އޭނާ ހަ ފަހަރު ކީމޯތެރަޕީ ހޯދި އެވެ. ސާޖަރީ ހެދި އެވެ. އަދި 22 ފަހަރު ރޭޑިއޭޝަން ދިނެވެ.

"ކެންސަރު މިއީ ވަރަށް ބިރުވެރި ބަހެއް. ކެންސަރާ ބެހޭ ގޮތުން ނޭނގޭ އެތައް ކަމެއް އޭރު ހުރުމުން، މި ބައްޔާ ކުރިމަތިލުން ވީ ވަރަށް ދަތި ކަމަކަށް. ކެންސަރާ އަމިއްލައަށް ކުރިމަތިލާން ޖެހުމަކީ އަމިއްލަ ނަފްސުގެ ހިތްވަރު ވަޒަންކުރެވުނު ކަމެއް. މިއަދު އަހަރެން ބުނާނީ އެއީ އަހަންނަށް ލެއްވި ރަހުމަތެއް ކަމަށް،" ކެންސަރުން ސަލާމަތްވެފައިވާ ޖީލާ ކިޔައިދީފައިވެ އެވެ.

ޖީލާގެ ތަޖުރިބާއިން އޭނާ ބުނީ ކެންސަރާ ދެކޮޅަށް، ޕޮޒިޓިވްކޮށް ވިސްނައި، ޑޮކްޓަރުން ދޭ ލަފަޔަށް އިތުބާރުކޮށް ފަރުވާގެ ޕްލޭން ފޮލޯކޮށް، މާތްﷲގެ ރަހުމަތުން އުންމީދު ކަނޑާނުލައި ހިތްވަރުކޮށްފި ނަމަ ކާމިޔާބުވާނެކަން ޔަގީންކަމަށެވެ.

"މިއަދު އަހަންނަށް އައިސްފައި މިވާ ބަދަލުގެ ސަބަބަކީ ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމަ. އެއީ ﷲ ދެއްވި ކިތަންމެ ކުޑަ ނިއުމަތެއްގެ އަގު ވެސް މިއަދު ވަޒަންކުރެވޭތީ. ދިރިއުޅުމަކީ މިފަދަ އެތައް ބައިވަރު ނިއުމަތްތަކެއް. އަހަރެމެން ދަސްކުރަން ޖެހޭނީ އެ ނިއުމަތްތަކަށް ޝުކުރުކުރަން. ކެންސަރުން ދަސްވީ އެކަން،" ޖީލާ ބުނެފައިވެ އެވެ.

ކެންސަރު ބަލިން ރަނގަޅުވެފައިވާ ހުސެން ރަޝީދު އޭނާގެ ވާހަކަ ފަށަމުން ބުނެފައި ވަނީ ބައްޔާ ކުރިމަތިލިއިރު އަތުގައި އޮތީ ދެ ޓިކެޓް ކަމަށެވެ.

"އެއީ ﷲ ސުބްހާނަހޫ ވަތައާލާގެ އޯގާވަންތަވެރިކަމާ އެކު ހައްޖުގެ އަޅުކަން އަދާކޮށްގެން މާލެ އައި ޓިކެޓާއި މި ބައްޔާ ހަނގުރާމަކުރަން ލިބިފައި އޮތް ޓިކެޓް. ކޮންމެ ޓިކެޓެއް ވެސް އޯކޭ ކަމަށް ނިންމައި ﷲ ސުބްހާނަހޫ ވަތައާލާއަށް ވަކީލުކޮށްގެން މި ބައްޔާ ހަނގުރާމަ ފެށީ،" ހުސެން ބުނެފައިވެ އެވެ.

އޭނާގެ ތަޖުރިބާގައި ބުނީ އޮޕަރޭޝަނަކީ މި ބަލީގެ އެންމެ ފަރު މަރުހަލާ ކަމަށާއި ކީމޯ އާއި ރޭޑިއޭޝަން ފަރުވާގެ މަރުހަލާ އަކީ އެކަނިވެރިކުރުވާ ދުނިޔެމަތިން ފޫހިކުރުވައި، މީހާ މާޔޫސްކުރުވާ މަރުހަލާ ކަމަށެވެ.

"މިއީ އެންމެ ބޮޑަށް މި ބައްޔާ ހަނގުރާމަކުރަންޖެހޭ މަރުހަލާ،"

"ﷲގެ އޯގާވަންތަވެރިކަމާއި ރަހުމަތުން އެއްވެސް އަޅަކު ބޭރުކޮށްނުލައްވާނެކަން ޔަގީންކޮށް، ޑޮކްޓަރުންނަށް އިތުބާރުކޮށް، ހިނިތުންވުމާ އެކު ބައްޔާ ކުރިމަތިލާންވީ ވަގުތަކީ ކީމޯ އާއި ރޭޑިއޭޝަން ފަރުވާގެ ވަގުތު،" ހުސެން ކިޔައިދީފައިވެ އެވެ.

އޭރުގެ ހާލަތު އޮތް ގޮތް ސިފަކޮށްދެމުން އޭނާ ބުނީ އެކުވެރި، ސަޕޯޓް ގްރޫޕެއް ނޯންނަ ކަމަށާއި ކެންސަ ސޮސައިޓީއެއް ވެސް ނެތް ކަމަށެވެ.

"އަހަރެންގެ ސަޕޯޓް ގްރޫޕަކީ ރާއްޖޭގައި ތިބި ހެޔޮއެދޭ ދެތިން މީހެއްގެ ހަފުތާއަކު ދެ ދުވަހުގެ ފޯންކޯލާއި ތައިލެންޑުގައި ހުރި ދިވެހި ރަހުމަތްތެރިއެއްގެ ކޮންމެ ދުވަހެއްފެ ފޯން ކޯލް."

ހުސެން، ކެންސަަރު ބަލިކޮށް ސަލާމަތްވިތާ މިހާރު 20 އަަހަރު ވަނީ އެވެ.

މި އެންމެންގެ ވާހަކައިން ވެސް އެއް ކަމެއް އެނގެ އެވެ. ކެންސަރަކީ މަރު ބައްޔެއް ކަމަށް ބަލައި އުންމީދު ކަނޑާނުލުމެވެ. އެއްވެސް އިންސާނަކަށް ދެރަ ގޮތެއް ނުވާނެކަމާއި ޑޮކްޓަރުންނަށް އިތުބާރުކޮށް ފަރުވާގައި ދެމިހުރުމުގެ އަޒުމެވެ.

15 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 6%
icon angry icon angry 9%
icon wow icon wow 6%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުވަނދުލާ ދޮން ހުސޭނު

31 January 2022

އަޅުގަނޑުމެން ރަށުން އާއްމުކޮށް ފާހަގަވާ ކަމެއް އަބަދުވެސް ޒުވާން އަންހެންކުއްޖަކު ކެންސަރު ޖެހިގެން އުޅޭ ޚަބަރު. މިދެންނެވި ކުދިންނަކީ ސިގިރެޓް ބޮއެ ދުފާ އުޅޭ ބައެއް ވެސް ނޫން. އެފަދަ މީހުންނާ މައްސުނިވަނީއެއް ވެސް ނޫން. މިވާހަކަ މި ބުނީ ދުފުމާ ސިގިރެޓް ދިފާއުކުރާކަށް ނޫން. ވަކި ޖިންސެއްގެ ވަކި ފުރައެއްގެ ކުދިންނަށް ވަކި މުޖްތަމައެއްގައި މިކަން އާންމީ ކީއްވެތޯ ދެނެގަންނަން ޖެހޭކަން ހާމަކޮށްލަން.

The name is already taken The name is available. Register?

ޙަބީބު

31 January 2022

ކެންސަރު ބައްޔައް މަގުފަހިވާ ސަބަބުތައް ދެނެގަތުން ވަރައް މުހިން މު މާލޭގެ ބާޒަރައް އިންޑިޔާއިން ެ ގެނެއްސަހުންނަ ތަރުކާރީ މޭވާގަ ގަހައްޖަހާ ބޭހުގެ އަސަރު ވަރައްބޮޑު ނަ މަވެސް މިކަ މެއް ނުބެލޭ މުއްދަތު ބޭސްޖަހާފަ މުއްދަތު ހަ މަނުކޮއް ހުންނަނީ

The name is already taken The name is available. Register?

ހޭލުންތެރިވެރައްކާތެރިވޭ

30 January 2022

ކެންސަރު ގެ ތަފާތު ވައްތަރު ހުރޭ. ކެންސަރުޖެހުމަށް މެދުވެރިވާ އެތައް ސަތޭކަ ސަބަބު، މީގެތެރޭގައި އަދި މިހާތަނަށް އިންސާނުންނަށް ނުހޯދޭ ކިތަންމެ ސަބަބެއ ހުންނާނެ. ކޮންމެ ސަބަބަކާ ހެދި މި ބަލި ޖެހުނަސް އެއީ ހަމަ ވޭންދެނިވި ނުރައްކާ ބައްޔެއް. ކެތްތެރިކަމާ ހިއްވަރާ މާތް ﷲ ރުއްސެވުމާ އެކު މިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުން އޮތީ. ކަނޑައެޅިގެން އެނގޭ އަދި އެކަމެއް ނުކޮށް ހުރެވޭނެ، ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ކަންކަމުން ދުރުވެތިބެވިދާނެ

The name is already taken The name is available. Register?

ބަކުންބޭ

29 January 2022

ޙުސައިން އަކީ ބަލިބައްޔާ ދެކޮޅަށް މަސައްކަތް ކޮށްފައި ހުރި ފަރާތެއް، އެއިޑްސް އާ ދެކޮޅަށް ވަރަށް ގިނަ އެވެއަރނަސް ސެޝަން ހިންގި ފަރާތެއް، އެހެންކަމުން ތިފަދަ ކަމަކާކުރިމަތިލާން ހިތްވަރު ހުންނާނެ. ތިންބޭފުޅުންވެސް ކެންސަރުން ސަލާމަތްކޮށްދެއްވިކަމަށްޓަކއި ﷲ އަށް ހަމްދުކުރަން.

The name is already taken The name is available. Register?

ކމނ‫

29 January 2022

‫ރާއްޖޭގައި ވަރަށް ގިނަ ބައްޔެއް މީ.. އެހެނަސް އެކަށީގެންވާ ފަރުވާއެއް މި ގައުމަކު ނެތް... ކިތައް ޕޭޝަންޓުން މިތަނުގައި ކުރި ކަންކަމުން ހާލަތު ގޯސްވީ؟

The name is already taken The name is available. Register?

ޝަފީރު

29 January 2022

އުރަމަތީ ކެންސަރަކީ ފަރުވާ ކުޑަކަމުން ގިނަފަހަރަށް ވާރުތަކުރާ ބައްޔެއް. އެތަނުގައި އާދަޔާ ޚިލާފު ހަރުކަމެއް އުޅޭކަމަށް ފާހަގަ ކުރެވޭ ހިސާބުން މިކަމަށް ހޭލަންޖެހޭނެ ކަމެއް. އުރަމަތީ ކެންސަރަށް ވާރުތަކުރާ "ގަނޑުލުން" ބައްޔަކީ މާކުރިން ސުރެވެސް ދިވެހިޙަކީމުން "ކީމޯ" ދީގެން ރަނގަޅުކުރާ ބައްޔެއް. ހަކީމީ ބޭސް އަޅާފައި އަލިފާން ދަރުގަނޑަކުން ހޫނުކުރަނީ. އިންޝާﷲ ގަނޑު ވިރި މުޅީން ރަނގަޅުވޭ. ދުޢާ އަކީ މިނުރައްކާ ބަލިން އެންމެން ރައްކާތެރި ކުރެއްވުން.

The name is already taken The name is available. Register?

ރޯސީ

29 January 2022

ޝަފީރު އެބަޖެހޭ ވަރަށް ބޮޑަށް ކެންސަރ ބައްޔާމެދު ހޭލުންތެރިވާން. އުރަމަތީ ކެންސަރ އަކީ ހަމައެކަނި ވާރުތަވެގެން އަންނަ ބައްޔެއް ނޫން އަދި ހަމައެކަނި ގަނޑުލައިގެން ޖެހޭ ބައްޔެއްވެސް ނޫން އަދި ހަމަ އެހެންމެ އުރަމަތީގައި ގަނޑުލާ ކޮންމެ ފަހަރަކީ ކެންސަރ އެއްވެސް ނޫން. ރަނގަޅަށް މައުލޫމާތު ނޭނގޭ ކަންކަމުގެ ވާހަކަ ތިގޮތަށް ދެއްކުމަކީ ވަރަށް ދެރަކަމެއް. ތިބާ އަށް الله ހެޔޮވިސްނުން ދެއްވާށި.

The name is already taken The name is available. Register?

ްެއްރްެސސދ

29 January 2022

ހަމަ އެކަނި ހިއްވަރެއް ނޫން ބޭނުންވަނީ. މި ޒަމާނުގައި ފައިސާ ހުރި މީހުންނަށް ކަންތައްވަނީ. ކެންސަރަށްވުރެ މާ އާދައިގެ ބައްޔައް ފަރުވާ ނުކުރެވިގެން ސަލާން ޖަހާ މީހުން އެބަ ތިބި. އެ ބައްޔާ ހަނގުރާމަ ކުރުމުގެ ހިއްވަރު ނެތީމައެއް ނޫން. ޖީބުގައި ފައިސާ ނެތީމަ. ސިސްޓަމް އޮތީ އެހެން ޑިޒައިން ކޮށްފަ. ކެންސަރާ ހަނގުރާމަ ކުރުމުންދާ އެންމެންނަށްވެސް ރަނގަޅު ސިއްހަތެއް ދެއްވާށި.

The name is already taken The name is available. Register?

ކޮރަލް

29 January 2022

ކެންސަރު ޖެހޭ މާއްދާތައް ހުން ނަތަކެތި ރާއްޖެ އެތެރެ ކުރަން ހުއްދަ ދެ އެވެ. ސޮސެޖް ، ފޯން ، ބައެއްކަހަލަ ޕެކެޓް އަށް އަޅާފަ ހުންނަ އެއްޗެހި ، އީ ސިނގިރެޓް ، ސިނގިރެޓް ، ދުންފަތް އަދިވެސް ވ ގިނަ ބާވަތް ތައް އެތެރެ ކޮށް ބޭޏުން ކުރެ އެވެ.

The name is already taken The name is available. Register?

އަބޫބަކުރުބެ

29 January 2022

ފޯނަކީ ކެންސަރުޖެހޭއެއްޗެއްތަ؟ ޑރ. އަކު މިކަން ސާފުކޮށްލައިދީބަލަ.

The name is already taken The name is available. Register?

ނޫސަންގު

29 January 2022

މީ ވަރަށް ހިތްވަރު ގަދަ ބޭފުޅުން ކޮޅެއް. މާތްﷲ މި ބޭފުޅުންނަށް ހެޔޮ ދުޢާ. އަދި ކެންސަރ ސޮސައިޓީ އިން ތިކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި.

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

29 January 2022

ކެންސަރުޖެހޭ ސަބަބެއް ދިރާސާކުރާފަރާތްތަކަށް އަދިވެސް މުޅިއަކުން ސާފެއްނުވޭ. އެކަމަކު ޝައްކުވާ ކަންތައްތަކެއް ހުރޭ ޖެހިދާނެކަމަށް ބެލެވޭ ސަބަބުތަކެއްކަމަށް. ތިންބޭފުޅުންވެސް ކެންސަރަށް މަގުފަހިވާން ދިމާވި ސަބަބު ހިއްސާކޮށްލިނަމަ ކިހާ ރަނގަޅުވީސް. އޭރުންތާ ބަލައިގެންވެސް އުޅެން އެނގޭނީ. އެއީ ދިވެހި ހަރުބަހުގާވެސް އޮންނަނީ ރައްކާވެތިބިއްޔާ ދަތުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454