ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޖޭޕީ
29 ޖެނުއަރީ 2022 - 20:11
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރެއްވުނީ އަދި އެންމެ އަހަރަކު ކަމަށާއި މަޝްރޫއުތައް ނުހިންގޭ ކަމަށް ބުނެ ފާޑުކިޔަން ލަދުގަންނަން ޖެހޭ ކަމަށް މި ވެރިކަން ގެނައުމަށް މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދައި ދިނުމަށް އެ ދާއިރާގައި މި ވަގުތު ހުންނެވި ގާސިމް މިއަދު ވަނީ ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެ ޖަލްސާގައި އޭނާ ވިދާޅުވީ، ފާއިތުވި ދެ އަހަރު ކޮވިޑްގެ ނުރައްކާތެރިކަމާ ހެދި، ސަރުކާރުން ބޭނުންވި ގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އެކަމަކު، ކޮވިޑާއެކު އިގްތިސޯދު އިނދަ ޖެހި، ގައުމުތައް ބަންދުކުރި ދަނޑިވަޅުގައި ވެސް ދިވެހިން ބަނޑަށް ނުޖެހި އުޅެވޭ ވަރު ސަރުކާރުން ކޮށްދިން ކަމަށާއި ކޮވިޑުން ދިފާއުވުމަށް ވެކްސިން ވެސް ފޯރުކޮށްދިން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގެދޮރުގެ މަޝްރޫއުތައް ސަރުކާރުން ބޭނުންވި ގޮތަށް ނުގެންދެވުނީ ކީއްވެކަން އެނގޭނެ. ކޮވިޑުގެ ނުރައްކާތެރިކަން އައިސް ޖެހުނީ ކިހިނެއްކަން އެނގޭނެ. ދަތުރު ނުކުރެވޭތާ ގެއިން ވެސް ނުނިކުމެ އަމިއްލަ އަށް ގޭގައި ތަޅުލެވިގެން ތިބެން ޖެހުނީ،" ގާސިމް ވިދާޅުވި އެވެ.
"މި ހާލަތުގައި ކިހިނެއްތޯ ކަންތައް ކުރާނީ؟ އެހެންވީމާ ވެރިކަން ކުރަން އަދި އެ ލިބުނީ އެންމެ އަހަރެއް."
ގާސިމް ވިދާޅުވިގޮތުގައި، ކޮވިޑްގެ ދަތި ހާލަތުގައި ވެސް ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔަ އެވެ.
"ދެން ލަސްވެއްޖެޔޭ. ފަސްވެއްޖެއޭ. މީނަ [ރައީސް] އަށް ކަމެއް ނުކުރެވުނޭ ކިޔާފައި ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އަބަދުވެސް އެ މަނިކުފާނާއެކު ހުންނެވި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްތައް ތަރައްގީ ކުރުމަށް މި އަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށެވެ. "ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ" ބުނާ އުސޫލުން ކޮމަންޑޫ ދާއިރާ ތަރައްގީ ކުރުމުގެ ފުރުސަތު އަތުގައި ހިފާފައިވާ ދަނޑިވަޅުގެ ބޭނުން ހިފަން ޖެހޭ ކަމަށާއި މިދިޔަ 50 އަހަރު ނުލިބުނު ތަރައްގީ އެ ދާއިރާ އަށް މި ސަރުކާރުން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.
"މިއަދު މި އޮތީ ކޮމަންޑޫ އާއި މި ދާއިރާ އަށް ވެސް ތަރައްގީގެ ފުރުސަތު ލިބިފައި. މި އަށް ވުރެ ބޮޑަށް މި ފުރުސަތު ލިބޭނެ އިރެއް ނާންނާނެ ކަމަށް ގަބޫލު ކުރެވިދާނެ." އިންތިހާބާ ދިމާކޮށް ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ކުރާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ހޯދައިދިނުމަށް އޭނާ ބުރަ މަސައްކަތްތަކެއް ކުރައްވަނީ އެ ޕާޓީގައި މެމްބަރުން މަދުވެގެން ނޫން ކަމަށެވެ. އެކަަމަކު، އެ ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކުރެވުމުން އަދިވެސް ސަރުކާރުގެ ބާރު އޮތްކަން ބޭރު ގައުމުތަކަށް ވެސް އެނގޭނެ ކަމަށާއި އެއާއެކު އެހީތައް ހޯދުމަށް ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
2 Komandoo Gulhaalumuge Masaiykathah Mahaa Jarraafu Aumaai Gulhigen Komandoo Rayyithunge Faraathun Farivalhu Eruvumah Beyhvunu event therein#KomandooDhaairaa #VoteRashid pic.twitter.com/vNEWIjDxmS
— JP Secretariat (@JPSecretariat) January 29, 2022
"އިރާދަކުރެއްވިއްޔާ ވޭތުވެދިޔަ 50 އަހަރު ތިބޭފުޅުންނަށް ގެއްލިފައިވާ ކަންތައްތައް މަތިމައްޗަށް ބަރުތީލަ ވެގެން އަންނާނީ އެ އަށް ވުރެ ފުރިހަމަ އަށް. މާ ތަނަވަސް ގޮތަކަށް. އެކަން އެހެން ވުމަށް އެބަ ބޭނުންވޭ މި ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން،" ގާސިމް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮށީގައި މިދިޔަ ބުދަ ދުވަހު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި ވެސް އެ ދާއިރާގައި މަޝްހޫރުތައް ކުރިއަށް ގެންދެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ރުހުމާ" އެކު އެވެ. އެކަމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން ފާޑުކީ މީހުން ބުނެފައި ވަނީ އެ ދާއިރާގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލުމުގެ "ބިރު" ދައްކައިގެން ވޯޓު ހޯދުމަށް މަސައްކަތް ކުރަނީ ކަމަށެވެ.
ކޮވިޑާ ހެދި މިދިޔަ ދެ އަހަރެއްހާ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގިނަ ޖަލްސާތަކުގައި ވެސް، މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ކޮވިޑްގެ ހާލަތު ގޯސްވެފައި ވަނިކޮށް، ކޮމަންޑޫ ދާއިރާ އަށް ކުއްލި ގޮތަކަށް ވަޑައިގެން އެމްޑީޕީގެ ކެމްޕެއިންތަކުގައި އުޅުއްވާތީ އޭނާ އަށް އިދިކޮޅު ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެކްސްޓް
30 January 2022
މަޖުލިހަށް ބިލެއް ލާންވީނުން 1 އަހަރުކަމަށް ފާސްކުރަން
ނަހޫ
30 January 2022
ބާކީ ތިން އަހަރު ކީރިތިކުރެއްވީ!
ހިމިތީ އިސްމާލްކަލޭފާނު
30 January 2022
އަދުރޭ އާ ގާސިމް، ހިސާބު އިލްމުގައި އަރާހުރީ ކާކު؟
ކާސިމޫ
30 January 2022
ކިހިނެތް ތިގުނަނީ. ކޮންމެ އެއަރޕޯޓަކީ އަހަރެކޭތަ؟ ވިލާއަށް އަދި ދެވުނީ އެންމެ އެއަރޕޯޓެއް
ގުދުގުދާބެއްޔާ
30 January 2022
މިގާސިމް މިހުސާމަތު މިކުރަނީ ކޮމަންޑޫ ފަޅުރަށް މީމީކިނި ހޯދަން ޖަހާމަޅިއެއް! އަމިއްލަ އެދުމެއްނެތި މީނާ އެއްވެސް ކަމެއް ނުކުރާނެ!
ރަދީފްއޮފިޝިއަލް
30 January 2022
ބަންދު ދުވަސްތައް ކަނޑައިގެން ރައީސަށް ވެރިކަންކުރެވުނީ 6 މަސްދުވަހު.ލަދު ކޮބާ؟؟
އަހް
30 January 2022
ކޯނޗެކޭތަ ކިޔަ ތިޔައުޅޭނީ! ދެން އިތުރަކަށް އެމްޑީޕީމީހަކު ވެރިކަމަށް ގެންނަން ވޯޓެއް ނުދެވޭނެ!
އަލިފ ހ
30 January 2022
ބަންދު ދުވަސްތަކަށް ކަނޑާފަ ދޮތަ؟ އަދިވެސް އަހުންނަށް މިއުޅެނީ 100 ދުވަސްވެސް ނުވެގެން!
އީސާ ފުޅު
30 January 2022
ގާސިމް ހިސާބު ޢިލްމު އުނގެނި ވަޑާއިގަތީ ތަނަވަސް ހިސާބު ފޮތުން
ޖުހާނާ
30 January 2022
ތަނަވަސް ހިސާބު ފޮތަކީ ގަމާރަކު ހަދާފައި އޮތް ފޮތެއް ނޫން. އެ ފޮތުން ކިޔެވިނަމަ އެހެނެއް ނުބުނާނެ.
ގުދުގުދާބެއްޔާ
30 January 2022
އަދުރެމެޓިކްސް ކިޔެވިނަމަ ތިޔަހެން ނުވީސް! އޭރުން 1× 500 ގުނަކުރިމަ ފަސްލައްކަ ވަރުއަޔަސް މީހަކު އެއްޗެއް ނުކިޔާނެ!
ސަރުދާރުު
30 January 2022
ޖާސިމަށް މަޖިލީހަށް ދެވުނީވެސް އަދި ތިންމަހު. ފަސް އަހަރު ހަމަ ކުރަން އަދި ފަސް ދައުރު އިންތިހާބު ކުރަން އެބަޖެހޭ ޖާސިމުގެ ލޮޖިކުން