މީހަކު ޓެބްލެޓެއް ބޭނުން ކުރަނީ: އުރީދޫ އިންޓަނެޓް ހިދުމަތައް ބުރޫ އަރާފާނެ ކަމަށް އެ ކުންފުނިން ބުނޭ--
01 ފެބުރުއަރީ 2022 - 12:58
އުރީދޫ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އިންޓަނެޓް ހިދުމަތަށް ބުރޫ އަރާނެ ކަމަށް ލަފާކުރެވެނީ އެ ކުންފުނީގެ ބައިނަލްއަގުވާމީ އައިއެސްޕީ ޕާޓްނަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އައިއެސްޕީ ޕާޓްނަރުންނަކީ ކުންފުނިތަކާ ގުޅިގެން އިންޓަނެޓް ހިދުމަތް ދޭ ބައިނަލްއަގުވާމީ ކުންފުނިތަކެވެ.
Our customers may be facing some interruptions in using internet services, due to an unforeseen issue faced by our international ISP partner.
— Ooredoo Maldives (@OoredooMaldives) February 1, 2022
ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް ބުނެ އުރީދޫން ކުރި ޓްވީޓް--
މި މައްސަލަ ހައްލުކުރުމަށް އެ ޕާޓްނަރާ އެކު އުރީދޫން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް ހިދުމަތް މެދުނުކެނޑި ލިބެމުންދާނެ ކަމަށް އުރީދޫން ބުންޏެވެ.
މިކަމުގެ ސަބަަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަކަށް އުރީދޫން ވަނީ މައާފަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިކަން
01 February 2022
އައުޓޭޖް އަންނަން ޔާ އެ ގަޑިއަށް ލާރި ނެގިގެން ނުވާނެ. ޓެލެކޮމް ކުންފުނިތަކުގެ ޖީބުގަ މީޑިއާތައްވާތީ ދެރައީ.