ބީޓީއެސްގެ ލަވަކިޔުންތެރިޔާ ޕަކް ޖިމިން: އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި.
02 ފެބުރުއަރީ 2022 - 05:58
އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ، ސައުތު ކޮރެއާގެ މަޝްހޫރު މިއުޒިކް ބޭންޑް "ބީޓީއެސް" ގެ ލަވަކިޔުންތެރިޔާ ޕަކް ޖިމިން އަށް ކޮވިޑް-19 ޖެހިއްޖެ އެވެ.
ބަނޑުގައި ރިއްސާތީ މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ އެޕެންޑިކްސްގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.
ޖިމިންގެ ޕީއާރު ކަންކަން ބަލަހައްޓާ އެޖެންސީ، ބިގް ހިޓް މިއުޒިކުން އިއްޔެ ބުނީ އާދަޔާ ހިލާފަށް އޭނާގެ ބަނޑުގައިި ރިއްސާތީ، ޖިމިން ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އޭނާގެ ކަރަށް ވެސް ވަރަށް ބޮޑަށް ދަތުވާތީ އުޅުނު ކަމަށެވެ.
ކޮވިޑް ޖެހުނު ކަން އެނގުނީ އޮޕަރޭޝަން ކުރުމުގެ ކުރިން، އެ ބައްޔަށް ޓެސްޓް ކުރުމުންނެވެ. އޭނާގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އަދި މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ޖިމިން، 26، އަކީ ބީޓީއެސްގެ ހަތް މެމްބަރުންގެ ތެރެއިން ކޮވިޑް ޖެހުނު ހަތަރު ވަނަ މީހާ އެވެ.
.
ސައުތު ކޮރެއާގައި ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވަނިކޮށް، މިދިޔަ މަހު ކުރީކޮޅު އެ ގައުމުން އޮމިކްރޯން ވޭރިއަންޓް ފެނުމާ އެކު ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.
އެ ގައުމުގައި މިހާރު ދުވާލަކު 17،000 ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ އެވެ. އޭގެ ތެރޭގައި ކޮރެއާގެ ގިނަ އަދަދެއް ފަންނާނުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިމިނީ
03 February 2022
ގެޓް ވެލް ސޫން ޗިމީ
އަންޑޭ ދަ ސީ
02 February 2022
މީހަކު ހޭ ދެބައިވެދާނެއްނު. އަންހެނެއް ފިރިހެނެއް ވަކިނުވާވަރަށް ފިރިހެންވެރީންވެސް މި ތިބެނީ ސަރޖަރީތައް ހަދައި ޒާތަކަށް އޮމާންކޮށްގެން.. ޗައިނާއިން އެޅި ފިޔަވަޅު ރަނގަޅުކަމަށް ދެކެން. ދިވެހީންގެ ޖީލެއް ހަލާކު ނުވަނީސް އެބަޖެހޭ ސަރުކާރުންވެސް އެކަހަލަ ފިޔަވަޅެއް އަޅަން! ކޮންފަދަ ކަމެއްތަ މިއީ!
ނޫނާ
02 February 2022
އޯ މައި ޗިމްޗިމް ?