ފޭދޫ ޗަސްިބިންތައް ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
01 ފެބުރުއަރީ 2022 - 18:45
އައްޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
ފޭދޫ ޗަސްބިންތައް ހިއްކަން ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު މިހާރު ވެސް އޮތީ ބަޔަކަށް އެވޯޑްކޮށްފައި ކަމަށާއި މަސައްކަތް މިހާރު ވެސް އޮތީ ފަށައި ގަންނަ ހިސާބުގައި ކަމަށެވެ. އެހެންވެ މި މަހުގެ ތެރޭގައި ރަސްމީކޮށް ސަރުކާރުން އެ މަޝްރޫއުގެ އެއްބަސްބުމުގައި ސޮއިކުރާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަމަަށް ވަރަށް ބޮޑު ހައްލެއް ބިން ހިއްކުމުގެ މި މަޝްރޫއުގެ ސަބަބުން އަންނާނެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން 200 ހެކްޓަރު ހިއްކޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ހިއްކަން ހަމަޖެހިފައިވާ 90 ހެކްޓަރު، މަރަދޫ/މަރަދޫފޭދޫން 75 ހެކްޓަރު އަދި ހުޅުދު އާއި މީދޫން 38 ހެކްޓަރުގެ ބިންހިއްކަން ޕްލޭންކޮށްފައިވެ އެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓޫރިޒަމަށް އައްޑޫ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ.
"މީގެ ސަބަބުން ކުރިއަށް އޮތް ފަންސާސް އަހަރަށް، ބިމުގެ ދަތިކަން އައްޑު އަށް ނާންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އައްޑޫން އަލަށް ހިއްކާ ބިންތަކުން ބޯހިޔާވަހި ކަމަށް ވެސް ބިންތައް ދޫކުރާނެ އެވެ. ނިޒާރު މިއަދު ވިދާޅުވޮ ގޮތުގައި އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ހިންގެން އޮތީ ބިމުގެ ދަތިކަން ހައްލުކޮށްގެންނެވެ.
އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ޝައުގުވެރިވެގެން މި ހަފުތާގައި ވެސް ރާއްޖޭގެ ކުންފުންޏަކުން އެކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން މި ވަގުތު އޮތް އެންމެ ބޮޑު އެއް ހުރަހަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ބިމުގެ ދަތިކަމެވެ.
މިދިޔަ މަހު ވެސް ކައުންސިލުން ވަނީ ހައުންސިން ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ދެ ކުންފުންޏަކާ އެކީ ސޮއިކޮށްފަ އެވެ. އެއީ ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި ޗައިނާގެ ބީޔޫސީއެންޖީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
02 February 2022
މީ ޕުލޭނެއް ދަށުން ކުރާކަމަކައް ވާނަމަ، ބިން ހިއްކުރުމުގެ ކުރިން ފީސިބަލިޓީ ހަދާފަ ވިއަކާ ބިމާ ހިލޭދޭ ބިމާ ކުއްޔައް ދޭ ބިން ވަކިކޮއްބަލަ. ތިގޮތައް ހެދީމަ ދެން ޓީވީ އިންޓަވުއައް އަރާ މިނިސްޓަރު ނޫނީ މަޖުލިސް މެންބަރު ބުނާނީ ބިމަކީ ހިލޭ ދެވޭނެ އެއްޗެއް ނޫނޭ . އެހެން ހެދީމަ ރައްޔިތުން ރަތައް އަރާ ތިކަމުން ލިބުނު ސިޔާސީ ކުރެޑިޓު ކޮޅުވެސް ގެއްލޭނީ
ކޮތަރި
02 February 2022
ހުޅުދުއާއި މީދޫން އެންމެ 35 ހެކްޓަރު؟ މިހެންވެގެނ އެރަށު މީހުން އައްޑޫސިޓީ އިން ވަކިވާން އުޅެނީ. އެރަށު ހުޅުދޫ ބިން ހުސްވެ ގޯތި ދޭނެ ބިމެއްވެސް ނެތިގެން އުޅެނީ. ސިޓީ ކައުންސިލެއްގެ ދަށުގައި އޮތީމަ ސަރުކާރުންދޭ ބަޖެޓްގެ 90% ބޭނުންކުރަނީ ހިތަދޫ އާއި ގުޅިފައިވާ ރަށް ރަށުގެ ތަރައްޤީއަށް.
ރަޔާން
02 February 2022
އެކަހަލަ ބައިވަރު ސަބަބު ހަމަ. މިވެސް އެއް ސަބަބު. ތަފާތު ކުރުން އިންތިހާއަށް. އެކަން މި ލިޔުމުންވެސް ރީއްޗަށް ފެނޭ.
ކޮމެންޓު
02 February 2022
މިތަނުގަ އެހެން ލިއުންތަކައް ހުންނަ ކޮމެންޓުތަކުންގިނައިން ފެންނަނީ ބިންބޮޑު އައްޑޫގަ މިވެނިކަމެއް އެވެނިކަމެއް ކުރާށޭ އޮންނަތަން އެކަމަކު ކަމެއްކުރަންޖެހޭ ކޮންމެ ފަހަރަކު މިޖެހެނީ ބިންހިއްކަން.
ރަދީފްއޮފިޝިއަލް
01 February 2022
ހާދަ ކަމީނާ ޕޯޑިއަމެކޭ ދޯ ސިޓީ ކައުންސިލުން ތީޔާ ގެންގުޅެނީ!! ހެހެހެހެހެހެ
ދޮންބެއްޔާ
01 February 2022
ކަނޑަށް ފައިސާ އަޅާ ފޮރުވާލާ. އިންޑިޔާ ބަޔަކާ ގުޅިގެން ހިންގާ ބޮޑު ޖަރީމާއެއް. 2023 ކައިރިި ވި ވަރަކަށް އައްޑޫ އަށް ކަންތައް ކޮށްދޭން ކުރަހާ ކަރުދާސް ތައް ގިނަވާނެ. ހިލާ ރައްޔިތުންނަށް ފައިދާ އެއްވާނެ އެއްވެސް ކަމެއްނުކުރާނެ. މި ދިޔަ ސަރުކާރުން ހިއްކާފައޮތް ބިން ކުޑައީތަ. ކުރާނެ ކަމެއްނޭގިގެން އުޅެނިކޮށް ދައުރު ނިމުނީ. ދެން މި ގޮވަނީ އަނެއްކާވެސް ބިން ހިއްކާ ވާހަކަ. ވޯޓާ ހޯދާށް ޖަހާ މަޅި. ދެރަވަރު.
ދޯރި
01 February 2022
ކުރީ ސަރުކާރޭ ކިޔާފަ ބަނަން އޮތްހާވެސް ކަމަކީ ފޭދޫން ހިއްކި ތަންކޮޅުގެ ވާހަކަ، ކޮމަންޑޫއަށް ވެސް ދިމާވެގެން އުޅޭނީ އެ މައްސަލަ، 5 އަހަރު ނިމުނުއިރު އެއްވެސް ކަމެއް ކުރީމޭ ބުނެވޭކަށް ނެތް.