އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިން. --ފޮޓޯ:އޭޕީ
17 ޑިސެމްބަރ 2016 - 12:44
ވޮޝިންޓަން (ޑިސެމްބަރު 17) - އިރާގުގެ ރައީސްކަމުގެ މަގާމުގައި ސައްދާމު ހުސައިން ބެހެއްޓި ނަމަ މާބޮޑަށް ރަނގަޅުވީސް ކަމަށާއި މިއަދު އުފެދިގެން އުޅޭ ހަމަނުޖެހުންތައް އެހެން ނަމަ ނުއުފެދޭނެ ކަމަށް ސައްދާމާ ސުވާލު ކުރި ސީއައިއޭގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ކޯލީޝަނުގެ ސިފައިން ޑިސެމްބަރު، 2003 ގައި ސައްދާމު އަތުލައިގަތުމާ އެކު އޭނާއާ ސުވާލު ކުރި ސީއައިއޭގެ ކުރީގެ އޮފިޝަލް ޖޯން ނިކްސަން މި މަހު ނެރޭ ފޮތުގައި ވަނީ ސައްދާމާ އެކު ދެއްކެވި ވާހަކަތައް ހިމަނައިފަ އެވެ. ސައްދާމު ކުރިން ވެސް ވަނީ އިރާގަށް އަރައިގަނެ އެ ގައުމުގައި ތިބުމަކީ އެމެރިކާ އިން ހީކުރާހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
"އަޅުގަނޑު ސައްދާމާ ސުވާލު ކުރުމުން އޭނާ ވިދާޅުވި ކަލޭމެން އިރާގުގައި ފޭލްވާނެ ކަމަށް. އަދި އިރާގުގައި ވެރިކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި. އަދި އެހެން ތި ވިދާޅުވަނީ ކީއްވެތޯ ސުވާލު ކުރުމުން ސައްދާމު ވިދާޅުވީ ކަލޭމެން އިރާގުގައި ފޭލްވާނީ އިރާގު މީހުން ވާހަކަ ދައްކާ ބަސް ކަލޭމެންނަށް ނޭނގުމާއި ތާރީޚާއި ސަގާފަތް ނޭނގުމާއި އަރަބިންގެ ފިކުރު ނޭނގޭނެތީ ކަމަށް،" ނިކްސަންގެ ފޮތުގައި ލިޔުއްވާފައިވެ އެވެ.
ނިކްސަން މިހާރު ގަބޫލް ކުރައްވަނީ އިރާގުގެ ވެރިކަމުގައި ހުންނަން ޖެހޭނީ ސައްދާމު ހުސައިން ފަދަ ވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި ތަފާތު ނަސްލުތަކުގެ މީހުންނާއި ސުންނީންނާއި ޝިއައީންގެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވޭނީ ސައްދާމު ފަދަ ބޭފުޅަކަށް ކަމަށް އޭނާ ދެކެ އެވެ.
ގިނަ ތަޖްރިބާކާރުން ގަބޫލް ކުރާ ގޮތުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޝިއައީ-ސުންނީގެ ތަޅާފޮޅުން މިހާބޮޑުވެފައި މި ވަނީ އިރާގު ސަރުކާރު ވައްޓާލުމުން އުފެދުނު ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އރާގަށް 2003 ވަނަ އަހަރު އަރައިގަތުމަށް އެމެރިކާގެ މިހާރު ރައީސް ބަރަކް އޮބާމާ އާއި ރައީސް ކަމަށް ދެން ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވެސް ތާއީދެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސް
19 December 2016
އެމެރިކާއާއި އިނގިރޭސީންގެ އޭރުގެ ސަރުކާރުގެ ވެރިންގެ އަމިއްލަ އެދުމާއި ދަހިވެތިކަން ބޮޑުކަމުން ހިންގި މިޖަރީމާގެ ޒިންމާ އެދެގައުމުގެ އޭރުގެ ސަރުކާރުގެ ހުރިހާ އިސްވެރިން ނަގަންވާނެ. އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގައި ހައްގު އަދަބު ދެވެންވާނެ. ޖޯޖް ޑަބްލިޔު ބުޝްއާއި ޓޯނީ ބްލެއަރ އެއީ މިކަމުގެ އެންމެ އިސް ދެމޭސްތިރިން. މިހާރު ދެން ނަމަނަމައޭ ކިޔާނެ ކަމެއްނެތް. ދުނިޔެ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދެކެމުންދާ އެންމެ ނާމާން އަދި ބިރުވެރި ދުވަސްތައް ދެކެމުން މިދަނީ މިދެމުޖުރިމުންގެ ސަބަބުން. މެދުއިރުމަތި އެއްކޮށް ސުންނާފަތި ކޮށްފައިމިވަނީ މިދެމީހުން.
ޝަފީގު
18 December 2016
ދިވެހިރާއްޖެއަކީ ސިޔާސީ ޕާޓި ތައް ހަދަން ޖެހޭތަނެއް ނޫން މިތަނަކީ އިސްލާމީ އަޚުވަންތަ ބަޔަކު ތިބިތަނެއް މިހާރު މިތަނުގަ އޮތީ ފިތުނަވެރިކަން .އަޚްވަންތަކަން ގެއްލިފަ ނޭވާހޮޅިޔަން އެޅޭއިރުވެސް ހޭބޯނައަރާ <މަރުމަތިން ހަނދާން ކުރާބަޔަކު ނެއި މޭ މިއަދުގެ ހާލަތހު
ޢަލީ
17 December 2016
ބަގާވާތުން ވެރިކަން ވައްޓާނުލިނަމަ މިރާއްޖެޔައްވެސް މާފައިދާވާނެ މިހާރު ތިބެން މިޖެހުނީ ދެބުރަކަށި ޖައްސައިގެން ދޭދޭގައުމު ތަކާ ގުޅުން ކަނޑައިގެން
ވިލޭއަލި
17 December 2016
ޢިރާޤާއި ޢަރަބި ޤައުމުގތަކުގައި އެ އޮތީ އެމެރިކަން އެންޑް ވެސްޓަން ޕީސް ނަމަކަށް ކިޔާ ޞުލްޙައެއް. އެއީ ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި އެމީހުން ފަތުރަން ބޭނުންވާ ޞުލްޙަ. ދިވެހިރާއްޖެއަށްވެސް އެ ޞުލްޙަ ގެނެވޭތޯ ޔޫރަޕުންނާއި އެމެރިކާއިން އެމަސައްކަތްކުރަނީ.
ވިލޭވަރިޝްވަތާގުފައިސާ
17 December 2016
ދެން ހަމަ އެއްޗެކޭ ގޮވީދޯ. ނުލަފާ ހުރިހާ ކަމަކީ މިތަނުގެ އަމިއްލަ އުފެއްދުން. ފުދިފާ އެތުރުވެސްވޭ. ބޭރުން ގެންނާން މި ކޮލިޓީއެއް ނުލިބޭނެ. އެހެންވާނެނު، ނުބައިވެގެން ވީހާ ކަމެއްގެ ލީޑްގައި ތިބީ އިސްވެރިން. އެއާ ޚިލާފު، ބޭނުންޖެހޭ ފައިދާހުރި އެއްޗެއް ވިއްޔާ މުޅިންހެން އިމްޕޯރޓް ސާމާނު.
ސައްދާމު
17 December 2016
ކުރިންވެސް އެނގެޔޭ. އެކަން އެނގިހުރެ ހަމަ ގަސްދުގައި ކުރިކަމެއް. ޝިއިޢިންނާއި މުސްލިމުން ބައިކުރުވަ. މުސްލިމު އުއްމަތް ހަލާކުރާން
ކައުންސެލަރު
17 December 2016
ކަލޭމެންނަށް އަދިކިރިޔާދޯ ވިސްނުނީ.
ޑަފީނާ
17 December 2016
ހީކުރީ އީރާނު ވަށައިގެން ފައުޖު ރުކުރުވާލައި އެގައުމަށް ލޮޓިއެއް ދޭންކަމަށް. އެކަމަކު ލަޑެއްތާ ލިބުނީ. ދެން ހުރިހާ ފަތިވަރެއްވެސް އަމުނާނެ.
ފިނިފެންމާ
17 December 2016
ސަައްދާމް މަރާގެން މޮލުވެްއްޖެ
ސުވަދީވް ރަދުން
17 December 2016
ތިހުރިހާ ޖަރީމާއެށް ހިންގާފަ ކަލޭމެން ދެން ކޮންވާހަކައެށް
ހަސަންބެ
17 December 2016
ރައީސް މައުމޫނު މިގައުމުގެ ވެރިކަމުގައި ހުރިނަމަ މިގައުމަށްވެސް ރަގަޅު.
އަލީ
17 December 2016
މައުމޫން ވިދާޅުވަނީ ނަމަ އިން ކެއްކޭނެ ރިހައެއް ނެތް ކަމަށް.
ޔޫސުފް
17 December 2016
ތީރަގަޅު ވާހަކައެ ސައްދާމު ހުސެއިށް ވެރިކަމުގަ ހުރިނަމަ މާބޮޑަށްވެސް ރަނޅުވީސް ކުރީގާ ވިސްނުން ނަމަ