އަފްޣާނިސްތާނުގެ އަންހެނަކު އިހްތިޖާޖެއްގައި ބައިވެރި ވަނީ. --ފައިލް ފޮޓޯ
03 ފެބުރުއަރީ 2022 - 14:15
ކާބުލް (ފެބްރުއަރީ 3) - އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރަމުން ދިޔަ އަންހެން އެކްޓިވިސްޓެއް ކަމަށްވާ މުރްސަލް އާޔަރު ތާލިބާނުން ހައްޔަރުކޮށްފި އެވެ.
އާޔަރު ހައްޔަރުކޮށްފައި ވަނީ ވެރިރަށް ކާބުލްގައި ހުންނަ އޭނާގެ ގެއިންނެވެ. އާޔަރަކީ ވޭތުވެދިޔަ ހަފުތާތަކުގައި ތާލިބާނުން ހައްޔަރު ކުރި ހަ ވަނަ އަންހެން އެކްޓިވިސްޓެވެ.
އަންހެން އެކްޓިވިސްޓް ހައްޔަރުކުރި ކަމަށް ތާލިބާނުން އެއްބަހެއް ނުވެ އެވެ. ތާލިބާނުންގެ ތަރުޖަމާނަކު ބުނީ އާޔަރަށް ވީގޮތެއް ބަލަމުން އަންނަ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ މެދުތެރޭގައި ކާބުލްގައި ސުލްހަވެރި އެއްވުމެއްގައި ބައިވެރިވި އެކްޓިވިސްޓުންތަކެއް ވެސް ވަނީ ގެއްލިފަ އެވެ. އެ މީހުންގެ އެއްވުމުގައި ގޮވާލާފައި ވަނީ ތާލިބާނުންގެ ވެރިކަމުގައި އަންހެނުންނަށް މަސައްކަތް ކުރުމާއި ތައުލީމު އުނގެނުން އަދި ސިޔާސީ ހައްގުތައް ދިނުމަށެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ގެއްލުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އދ. އިން ބުނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުންނަށް އެއްވެސް ބިރެއް ނެތްކަމުގެ ޔަގީންކަން ތާލިބާނުން ދޭން ޖެހޭ ކަމަށެވެ.
މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވުމަށް ފަހު ވަނީ އަންހެނުން ވަޒީފާ އަދާކުރުމާއި މަތީ ތައުލީމް އުނގެނުން މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު
06 February 2022
އަސްލުދީން ނޭގިގެން އުޅެނީއެގެން ބޭނުންނުވާތީ ﷲ ތަޢާލާ ހަތްއުޑުމަތިން ބާވައިލެއްވި އިސްލާމްދީނަކީ ކީރިތިޤުރްޢާން ގިޔާމަތާޖެހެންދެންވެސް އެއްވެސް ބަދަލެއްނައިސް އޮއްނާނެކަމީ ޔަޤީންކަމެއް މިހާރުވެސް އެއޮތީއެކަމަކު އެބަލައި އެއަށް އުޅެގެންތާ އެފޮނުއްވިދުވަހުންފެޝިގެން ގިޔާމަތާއި ޖެހެންދެން އެދޮގުކޮށް އެގާއިވާއެއްޗެއްނޭގޭ ކަމަށްހަދާ މީހުންގެ ފަހަތުންގޮސްގެން އިސްލާމްދީން ފެއްނާނެތޯ?
އަފްގާން އަކައް ނުވީތީވެ ހަދަހާ އުފަލެކޭ މިވަނީ!
03 February 2022
އެއްބަޔަކު: އެމީހުންނަކައް ދީނެއް ނޭގޭ! އެމީހުން: އެހެންމީހުންނަކައް ދީނެއް ނޭގެނެ! އަހަރުމެން: އެހެން އެކަކައްވެސް އަސްލު ދީނެއް ނެގޭނެ! އަރަބިން: ކަލޭމެން އެކަކައްވެސް އަސްލު ފުރިހަމަ ދީނެއް ނޭގެނެ! އެހެންކަމުން، ތާ އަބަދު އެއްބަޔަކު އަނެއްބަޔަކު ކޮށާ މަރާ ހަދަމުން އެދުވަނީ! ދެންކާކައްބާ އަސްލު އެގެނީ؟