އުރީދޫގެ ކުއްލި އާއްމު ޖަލްސާއެއްގައި އެކުންފުނީގެ ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވަނީ-- ފޮޓޯ: އުރީދޫ
05 ފެބުރުއަރީ 2022 - 09:42
މިދިޔަ އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫގެ ބޯޑުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގަ އެވެ. ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގަ އެވެ.
ހިއްސާގެ ފައިދާ ބަހަން އުރީދޫގެ ބޯޑުން ނިންމައި މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅި ނަމަވެސް އެ އަދަދު ފާސް ކުރާނީ މި ޖަލްސާގައި ހިއްސާދަރުންގެ ވޯޓުންނެވެ. ޖަލްސާ އޮންނާނީ އަންނަ މަހު އެވެ.
އަހަރީ އާއްމު ޖަލްސާ ބާއްވަނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް އުރީދޫން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މި މަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް މި ޖަލްސާގައި ބައިވެރިވެ، ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އުރީދޫގެ ބޯޑު ބައްދަލުވުމުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދުގެ އިތުރުން ކުންފުނީގެ އަހަރީ ރިޕޯޓުތައް ވެސް ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓުތައް މި މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށް އެެ ކުންފުނިން ބުންޏެވެ. އަ މި މަހުގެ 20 ކުރިން އޭޖީއެމްގެ ނޯޓިސް އާއި އެޖެންޑާ ވެސް އުރީދޫން އާންމު ކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިއްސާދާރެއް
06 February 2022
މިލިއަން މިލިއަނުން ފައިދާވެގެން ތިޔަބަހަނީ ޙިއްސާގެފައިދާތޯ? ނުވަތަ ހުކުރުދުވަހު ސަލާމް ޖަހަންގުދަންފަތިކައިރީތިބޭ މީހުނައްޅާރިބަހަނީތޯ ބޯޑުގެ ލަދުހަޔާތްކޮބައިތޯ? ތިފައިދާނަގަން ކިތައްހިއްސާދާރުންދާނެތޯ???
ފޮނިޓައްޕު ހަސަނު
05 February 2022
100 ހިއްސާ ވިހިހާސް ރުފިޔާއަށް ގަނެގެން ހިއްސާއަކަށް 2.70ރ ޖެހުނީމަ މިލިބެނީ ޖުމްލަ 270ރ . ތިއިން ތަނަކުން ހިއްސާ ގަނެގެން އުޅުމަށް ވުރެން ރަނގަޅުވާނެ ރާއްޖެތެރެއިން އަންނަ އޮޑިދޯނިފަހަރު ދޮށަށް ގޮސް 20،000ރ އަށް ކާއްޓާއި، ފަތްކޭލާއި ކުރުނބާ ގަނެގެން ބާޒާރުމަތީ އިނދެގެން ވިއްކާލިއަސް މަދުވެގެން 5000ރ ފައިދާއަށް އެއްމެ ދުވަހަކުން ލިބެނެ.
ބިލް ކުލިންޓަން
05 February 2022
ދެން ޓައްޕުދޭބަލަ ކޮމެންޓުކުރަންނުހުރެ ދުވާލަކު 5000 ހޯދަން. އޭރުން މަހަކަށް އެއްލައްކަ ފަންސާސްހާސް. ޓައްޕުވެސް ތީ މަހުޖަނެެއް ދެއްތޯ؟
އައިމީ
06 February 2022
ޓައްޕު ކިހިނެއްވާނެ ތެދެއް ހެދިއްޔާ. 100 ހިއްސާ ވިއްކީ 3ހާސް ރުފިޔާއަށް. ޓައްޕޫ ތެދެއް ހެދިއްޔާ ގިއައިގަ ރިއްސަނީތަ.