ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުވި ޕާކެއްގައި ކުދިންތަކެއް ފޮތް ކިޔަނީ-- ފޮޓޯ: ބީއެމްއެލް
06 ފެބުރުއަރީ 2022 - 14:41
ބީއެމްއެލް، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީތެރިކަން ބޭނުންވާ ޕްރޮޖެކްޓުތަކުގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ކޮންމެ ކުއާޓާއެއްގައި ވެސް ފަސް ޕްރޮޖެކްޓަކަށް މި ފަންޑުން އެހީތެރިކަން ފޯރުކޮށްދެ އެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ތައުލީމާއި ކުޅިވަރާއި ތިމާވެށި ހިމާޔޔަތް ކުރުން ފަދަ ކަންކަމާ ގުޅުވައިގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ވާން ޖެހެ އެވެ.
މި ފަންޑަށް އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅޭއިރު މި ކުއާޓާގައި ހޮވޭލެވޭ ފަސް ޕްރޮޖެކްޓުގެ ތެރެއިން ކޮންމެ ޕްރޮޖެކްޓެއް ހިންގަން 50،000ރ. ދޭނެ އެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭންކުން ހުޅުވާލާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 11:59އާ ހަމައަށެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އީމެއިލް، [email protected] މެދުވެރިކޮށެވެ.
މިއަހަރުގެ ހަތަރު ކުއާޓާ ނިމޭއިރު 20 ޕްރޮޖެކްޓެއް ހިންގުމަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިހާތަނަށް މި ފަންޑުގެ ދަށުން ރާއްޖޭގެ އެކި ރަށްތަކުގައި 60 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
07 February 2022
ސަރުކާރުގެ ވައުދާއި އެއްގޮތަށް ހިޔާފްލެޓް ލިބުނު މީހުންނަށް "ނޮޓްއެލިޖަބަލް" އޭ ނުކިޔާ ބީއެމްއެލް އިން ލޯނުދީބަލަ. ތިކަހަލަ ވޭސްޓްނުކޮށް ނިކަމެތިންގެ ބޯހިޔާވަހިކަމަށް އެހީވިއްޔާ މާތާހިރުވާނެ.