އެމްއެމްއޭ އިން ބޭއްވި ޕްރެސް ކޮންފަރެންސްއެއް. އާ ޕޭމެންޓް ސިސްޓަމް ބެނުން ކުރަން ފެށޭނީ ސެޕްޓެމްބަރު ހިސާބުގައި ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައި--ފޮޓޯ:މިހާރު
11 ފެބުރުއަރީ 2022 - 11:10
އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރުން ފެށޭވަރު ވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން ފެށުން ލަސްވެފައި ވަނީ ކޮވިޑްގެ ސަބަބުން ދިމާވި ގޮންޖެހުންތަކާ ހެދިި ބޭންކްތަކަށް އެ ސިސްޓަމަށް ތައްޔާރުވާން އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މިދިޔަ އަހަރު ކުރީ ކޮޅު އެމްއެމްއޭ އިން ބުނީ އެ އަހަރުގެ ފަހު ކޮޅު އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އަނެއްކާވެސް އެމްއެމްއޭ އިން ވަނީ މި އަހަރުގެ ފެބްރުއަރީގައި އާ ސިސްޓަމް ބޭނުން ކުރަން ފެށޭނެ ކަމަށް ބުނެފަ އެވެ. އެއަށް ފަހު އެމްއެމްއޭން މި ވަނީ އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން ފެށުން މި އަހަރުގެ ފަހު ކޮޅަށް ލަސްކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނީ މި ސިސްޓަމް ޓެސްޓް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބޭންކްތައް ވެސް އާ ޕޭމެންޓް ސިސްޓަމްގެ ތެރެއަށް ވައްދާ، ޓެސްޓް މަރުހަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން ފެށުމުން ރާއްޖޭގެ ހުރިހާ މާލީ ހިދުމަތްތައް ގުޅާލާނެ "ޔުނިފައިޑް ޕޭމެންޓް ގޭޓްވޭ"އެއް ހަދާނެ އެވެ. އެއާ އެކު އެއް ސިސްޓަމް މެދުވެރިކޮށް މާލީ ހުރިހާ ހިދުމަތެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ފިންލޭންޑުގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެން ހަދާ ޕޭމެންޓް ސިސްޓަމުން ކޮންމެ ރަށަކުން ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާ، އެއް ތަނުން އަނެއް ތަނަށް ފޮނުވާލެވޭނެ އެވެ. ކުރިން ޗެކާއި ނަގުދު ފައިސާއިން ހިންގި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކުގެ ބަދަލުގައި އާ ސިސްޓަމް މެދުވެރިކޮށް "ރިއަލް ޓައިމް"ގައި ފައިސާގެ ކޮންމެ މުއާމަލާތެއް ވެސް ހިންގޭނެ އެވެ.
އާ ނިޒާމުގެ ތެރެއިން ޕޭމަންޓްތައް ހެދުމުގައި ރައްކާތެރި ނިޒާމެއް އެކުލަވައިލެވޭނެ އެވެ. ކޮންމެ ފަހަރު އެކައުންޓް ނަންބަރު ދިނުމުގެ ބަދަލުގައި ހާއްސަ ކޯޑެއް ދީގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ. މިސާލަކަށް އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާއިބްރީ
12 February 2022
#ޕޭޕަލް އިން.
އުދުހޭ
11 February 2022
ޕޭޕަލް ގެނެސްދޭށޭ ގޮވީމަ ކޮންމެވެސް ޔުނިފައިޑް ޖޯކެއް. އަދި އެވެސް އެއްމަހުން އަނެއް މަހަށް، އެއްއަހަރުން އަނެއް އަހަރަށް ބަދަލުވަމުން އިބިލީހުގެ ކައިވެންޏަށް ފަރުތޮޅިއަށް މިދަނީ.
ބާޒުލީސް
11 February 2022
ވިޔަފާރިވެރިން ރުއްސައިފައި ކުރަންވީމައި ތާރީޚުތަކަށް ބަދަލު އަންނާނެތާ
ރެޓޭ
11 February 2022
ގަވަރުނަރަކީ 2008 އިން 2012 އަށް ފޭލިވެފަހުރި ބޭފުޅެއް! މިފަދަ ބޭފުޅަކަށް ރާއްޖޭއްގެ ސެންޓަރަލް ބޭންކު ނުހިންގިގެން މި އުޅެނީ! މި ގައުމަށް އެތައްސަތޭކަ މިލިޔަން ޑޮލަރު ވަންނައިރު މުދާކޮޅެއް ގެންނަން ޓީ.ޓީ އެއް ބޭންކަކުން ހެދެނީއެއް ނޫން! ޔައުނީ ޑޮލަރެއް ނުލިބޭވާހަކަ މި ބުނީ!
ސާބަހޭެެެެެެެެެެެެެެެެެެެސެންޓްރަލްބޭންކް
11 February 2022
ވާނުވާ ނޭނގޭ ބައެއްގެ އަތަށް ތި ދޫކޮށްގެން ހުރުމުގެ ނަތީޖާ. މިލިއަނުން ހަރަދު ވެއްޖެ. އަހަރުތަކެއް ފާއިތުވެއްޖެ. ބޭންކުތަކުގެ އެތައް މުއައްޒަފުންގެ ވަގުތުތައް ބޭކާރު ކޮށްފި. އެހެން ބޭންކުތައް ކުރިއަރައި ދާތަން ފެނޭ އެކަމަކު ސެންޓްރަލް ބޭންކް މި ދަނީ ފިނިހަކައެއްހެން! ވ. ވާހަކަ!
ހުއި
11 February 2022
އެމްއެމްއޭ އިން ހިންގަން އުޅު މޯބައިލް ޕޭމަންޓް ސިސްޓަމަށް ވީވަރު ތިޔަސްވެސް ވާނީ.
ގުލްޒާރު
11 February 2022
ދިވެހިންނަށް ޕޭޕޭލުލިބޭނެގޮތް ހަދައިދީބަލަ. މީ މިޒަމާނުގާ މާބޮޑުކަމެއްނޫނޭ.
ޕޭމަންޓް
11 February 2022
ކޮންމެވެސް އެހެން ކަމަކާ އުޅެންވީނުން ދެން. ރަނގަޅުކުރަން ވެފަ ހުރި އެހެން ކަންތައްތައް ވެސް މަދީއެއް ނޫން ވިއްޔާ