އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި މާލެ ދާއިރާގެ ރައީސް ޝިފާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
12 ފެބުރުއަރީ 2022 - 15:52
އެމްޑީޕީގެ ޗެއާޕާސަނާއި އެ ޕާޓީގެ ބައެއް އިސް މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެ ޕާޓީން ކުރި އިއުލާނުގައި ބުނީ ޗެއާޕާސަންގެ މަގާމުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުންނަށް އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ މަގާމުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އޭޕްރީލް 16، 2022 ގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނާގެ ފަސް އަހަރުގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރިމަތިލައްވަން ވަނީ ނިންމައިފަ އެވެ.
އެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށްފަހު، އަންނަ އޮގަސްޓް 4 ގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަނީ އެ ހުރިހާ ކަމެއް ފާސްކޮށްފަ އެވެ.
އެ މަޖިލީހުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިސްރާބު ހިފުމަކީ ގައުމީ މަޖިލީހުގެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ. އެއާއެކު ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުމަށް ޕާޓީގެ ކޮންގްރެސް އެއް ބާއްވައި އެ އިސްލާހުތައް ގެނައުމަށް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
12 February 2022
އެމްޑީޕީ އަށް މިހާ ރު ބޭޏުން ވަނީ އާ ރައީސް އެކެވެ. ޕާޓީ އުފެދުނީއްސުރެ ހަމަ އަންނި އެވެ. އިތުރު މީހަކަށް ފުރުސަތު ނުދެ އެވެ. އެކަމު އަބަދު އޭރު ދެއްކީ 30 އަހަރުގެ ވާހަކަ އެވެ. މީނަ ވެސް 30 އަހަރު ޕާޓީ ރައީސް ކަމުގަ ހަމަ ކުރަނީ އެވެ.
އާހާ
12 February 2022
އެއްކަލަ 30% ތިކަމުގައިވެސް ގެންގުޅޭނެތަ؟