ޓެކްނޮލޮޖީއާބެހޭ މިނިސްޓަރު ޝައުނާ: ސްޓާލިންކް އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދިނުމާ ބެހޭގޮތުން ސްޕޭސް އެކްސް ކުންފުންޏާ އެކު އޭނާ މިއަދު ވަނީ މަޝްވަރާ ކުރައްވާފައި. --- ފޮޓޯ/މިހާރު
13 ފެބުރުއަރީ 2022 - 22:22
ހައި ސްޕީޑް އިންޓަނެޓް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުން ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ސްޕޭސް އެކްސް ކުންފުނިން މިއަދު މަޝްވަރާކޮށްފި އެވެ.
ޓެސްލާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު އީލޮން މަސްކުގެ ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ އެކި ގައުމުތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައިވަނީ އެ ޚިދުމަތް ފޯރުކޮށް ދިނުމާ ބެހޭގޮތުން މިނިސްޓަރު ޝައުނާ އާއި ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓާ ރަޔާން ގުޑްނައިޓާ އެކު މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
Mr. Ryan Goodnight, @SpaceX's #Starlink Market Access Director met with Minister @anuahsa today. Discussed SpaceX's plans to provide high-speed, low-latency broadband internet across the globe using their advanced satellites. pic.twitter.com/SNezYo876D
— Min. of Environment, Climate Change and Technology (@MoEnvmv) February 13, 2022
ޓެކްނޮލޮޖީ މިނިސްޓްރީގެ ޓްވީޓް
އެކަމާ ބެހޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރިއިރު، މި ސަރަހައްދަށް ސްޓާލިންކްގެ ޚިދުމަތް ލިބެން ފެށުމުން އެ ޚިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ޝައުނާ ކުރިން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރީފިީ
15 February 2022
ސްޓާލިންކް އިންޓަނެޓް ހިފަހައްޓައިފިއްޔާ މުޒާހަރާ އަށް ނުކުންނާނަށް ޔަގީން..ޒުވާނުންގެ ގިނަބަޔަކު ނުކުންނާނެ
ބީ.އެމް.އެލް
14 February 2022
އިންޓަރނެޓް މެދުވެރިކޮށް ފޮރެކްސް ޓްރޭޑިންގއާއި ކްރިޕްޓޯ ކަރަންސީ ވިޔަފާރިކުރާ ފަރާތްތަކަށް ބީ.އެމް.އެލް އިން ކުރިމަތި ކުރަމުންދާ ހުރަސްތައް ނައްތާލަންޖެހޭ. ބައިނޭންސް، ކޮއިންބޭސް، އަޕްހޯލްޑް، ޓްރަސްޓް ވޮލެޓް ފަދަ އިންޓަރނޭޝަނަލް ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖްތައް ބީ.އެމް.އެލް އިން އެވަނީ ބްލޮކް ކޮށްފަ. އެންމެ ފަހުން މޫން ޕޭވެސް އިއްޔެއިން ފެށިގެން ބީ.އެމް.އެލް އިން ބުލޮކް ކޮށްފި. މިއީ ވާ ގައުމެއް!
ބައިނޭސް
15 February 2022
ވެދާނެ ކަންނޭގޭ ބީ.އެމް. އެލް ގެ ފައިސާފޮނުވަން އުޅެތީ!!
ބަބޫ
14 February 2022
ކޮން މަޝްވަރާއެއްތަ ކުރަން އޮންނާނީ. އެޔަކީ މަޝްވަރާކުރިޔަސް ނުކުރިޔަސް މުޅިދުނިޔެއްށް ލިބޭނެ އެއްޗެއް. ނުލިބެން އިން ހަމައެކަނި ގޮތަކީ ސަރުކަރުން މަނާކުރުން. މަނާ ކޮށްފިއްޔާ ޒުވާނުންގެ ލެޔާ ކުޅެވޭނީ. މާކަ ރީއްޗެއްނުވާނެ. މަޝްވަރާކުރިނީއޭކިޔާފަ ކޮން ދަޅައެއް ތިދައްކަނީ
ވަމުންދާ ގޮތް
14 February 2022
ރާއްޖޭގައި ފެންޓަނެއް މި ވިއްކަނީ ތެޔޮޓަނެއްގެ އަގުގަ އެވެ. ބަސްދަތުރު ލަންކާގައި ކޮލަމްބޯ 3-އިން ފޯޓަށް 12 ރުފިޔާއެވެ. ޓެލެފޯނަށް ބެއްޔަސް އެންމެ ޓެރިފް ބޮޑުގައުމަކީ ރާއްޖެއެވެ. ދެން ޗައުނަމެން އައިސް ކުރަންފެށީ އިޔާދަކުރަނިވި ހަކަތައެވެ. ފޭރާން ދެރަކޮށެެވެ ރަށެއްގަ އެމަސައްކަތް ދަންނަ ބަލާބަލަހައްޓާން ތަމުރީނު ވެފަހުރި އެކަކު ވެސް ނެތެވެ. ދެން ބަހައްޓާ ފަރާތްށް ލާރިދީފަ ހުރެ ހަލާކުވީމަނިމުނީ އެވެ. ކޮންޓްރެކްޓް ނަގާފަ އޮތީ ކޮއިގެ މީހުންނެވެ.
ހަސން23423
14 February 2022
ޓްރެންޓުން ފިލުމުތަކާއި ކޮޕީރައިޓެޑް ކޮންޓެންޓް ޑައުންލޯޑް ކުރަންޔާ ސްޓާލިންކުން އެ ހިދުމަތް ނަގާ ފަރާތައް އީމެއިލްއެއް ދާނެ ހިދުމަތް މެދުކެޑިދާނެކަމައް .. މިއީ އެމެރިކާއިން ރެގިއުލޭޓް ކޮއް ބަލަހައްޓާ ހިދުމަތެއް .. އެހެންނޫން ނަމަ ޝެއާވެގެން ކޮންމެ ގޭބީސީއަކައް ނަގަން ރަގަޅު 100 ޑޮލަރު މަހު ފީއައް ދައްކައިގެން ބޭނުން ކުރާ ..
ކުޗީ
14 February 2022
މަނާކުރުމުގެ ވިސްނުމެއް ނެތް އެކަމަކު ރާއްޖޭގައި ހިދުމަތްދޭ ފަރާތްތަކަށް އަގު ކުޑަކޮށްގެން ނުވެޔޯ .... މިވީ ކޯއްޗަކަށް.
އެމްސް
14 February 2022
މޮބައިލް ފޯނު ޚިދުމަތުގެ އަގުވެސް ހެޔޮ ވާނީ ކޮމްޕެޓިޝަން އުފެދިގެން! މިހާރު ތިބީ ދާދި 1 ބަޔެއް!
ހައި
14 February 2022
ސްޓާރލިންކްވެސް އަވަހަށް ގެނޭ. މާދަމާ ނޫންކަންނޭނގެ ދުނިޔޭގަ ހަނގުރާމައެއް ފެށޭނީ. އޭގެ ކުރިން ތިޔައިގެ ރަހަވެސް ބަލާލަންވާނެ. މުޅި ދުނިޔެއަށް އިންޓަނެޓް ނުލިބިދާނެފަދަ ކިތަންމެ ކަމެއް ދިމާވެދާނެ. ވެހޭތާ ފެންނަގަންވާނެ. އެއިން ލިބޭ ގެއްލުމާ އެއްވަރަށް ފައިދާވެސް ވާ އެއްޗެއް އިންޓަނެޓަކީ.
ކޮރަލް
14 February 2022
އެކަމާ ބެހޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ބައިވަރު ފައިސާ ތަކެއް ބުނާ އެކައުންޓް ތަކަކަށް ޖަމާ ކޮށްލާއިރަށް ކުއްލި އަކަށް ހުއްދަ ލިބިގެން ދާނެ އެވެ.
ސަންދާނު
14 February 2022
އިންޓަރނެޓް ބޭނުންކޮށްގެ ޢާމްދަނީ ހޯދޭނެ ހުރިހާ ދޮރުތަކެއް އެހުރީ ބަންދުކުރެވިފައި. އެ ދޮރުތައް ނުހުޅުވައި އޭގައި ބަގުޑި ބައްދައިގެން އެތިބީ ބީ.އެމް.އެލް އާއި އެމް.އެމް.އޭ. ޝައުނާ ކިތަންމެ ވަރަކަށް އިންޓަރނެޓް ސްޕީޑް ހަލުވި ކުރިއަސް އަހަރެމެންނަށް ކުރާނެ ވަކި ފައިދާއެއްނެތް. ޔޫޓިއުބާއި ނެޓް ފްލިކްސް ބެލުން އަދި ޗެޓް ކުރުމާއި ޓިކްޓޮކް ހެދުމަށް މިހާރު މިލިބޭ ސްޕީޑް ހަމަ އޯކޭ!
ސަންދާނު
14 February 2022
ކަލޯ ތަންދޮރު އޮޅުން ފިލާތަ