މީހަކު އުރީދޫ އެޕްލިކޭޝަން ބޭނުން ކުރަނީ--
14 ފެބުރުއަރީ 2022 - 11:30
ބައިނަލްއަގުވާމީ އިންޓަނެޓް ސާވިސް ޕްރޮވައިޑާގެ ނެޓްވޯކް އަޕްގްރޭޑިންގެ މަސައްކަތެއްގެ ސަބަބުން މިއަދު އުރީދޫ އިންޓަނެޓަށް ބުރޫއަރާފަނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިއީ ކުރިން ވެސް ޕްލޭން ކޮށްފައިއޮތް އަޕްގްރޭޑެއް ކަމަށެވެ. މިއީ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ނިމޭނެ ވަގުތެއް އަދި ނޭނގޭ ކަމަށް އުރީދޫން ބުންޏެވެ.
Due to a planned network upgrade activity by our International Internet Service Providers to optimise their network, customers may face intermittent disruptions in using our services on Mon, 14th Feb 2022.
— Ooredoo Maldives (@OoredooMaldives) February 13, 2022
އިންޓަނެޓަށް ބުރޫ އަރާނެ ކަމަށް ބުނެ އުރީދޫ އިން ކުރި ޓްވީޓް--
އުރީދޫ އިން ބުނީ މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އެ ކުންފުނީގެ އިންޖިނިއަރުން ބައިނަލްއަގުވާމީ އިންޓަނެޓް ސާވިސް ޕްރޮވައިޑާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އުރީދޫ އިން ވަނީ މާފަށް އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
15 February 2022
ކުރިން ޕްލޭން ކޮށްފައިއޮތް އަޕްގްރޭޑެއްނަމަ ދުރާލާ ކަސްޓަމަރުންނަށް ތިކަން އަންގަންޖެހޭނުން! ދެއިރުދެދަޅައަށް އުރީދޫއިން ކޮންމެވެސް އެއްޗެކޭ ކިޔާފަ ކަސްޓަމަރުންގެ ފޯނަށް ގައިމު އެޑުވަޓައިސްމަންޓު މެސެޖުތައް ފޮނުވާ! ހަގީގަތުބައި ކަސްޓަމަރު އެޕުރޫވުކޮށްގެން ނުވަތަ ސަބުސްކުރައިބުކޮށްގެން ނޫނީ އެޑުވަޓައިސްމަންޓުތައް އަބަދު ފޯނަށް ފޮނުވައިގެންނުވާނެ، ތިގޮތަށް އަބަދު މެސެޖުކުރުމަކީ ތާކުންތާކުޖެހޭކަމެއްނޫން އަދި ކަސްޓަމަރުންނަށް ބޮޑު ނޮހޮރޮއްޕާނެއް!
އާކިޕެލަގޯ
14 February 2022
މިއަދުތަ??? އަބަދު ތިޔަ ބުރު އަރާފަ އޮންނަ އެއްޗެ ތީމިހާރު ފޭކް ބައެއް
2391
14 February 2022
ހާދަވަރަކަށޭ ބުރޫމިއަރަނީ.