ލައިފްސްޓައިލް

ޕީރިއަޑްވެ، ބަނޑުގައި ރިއްސާނަމަ ތަދު ކުޑަކުރަން ކުރެވިދާނެ ބައެއް ކަންކަން

16 ފެބުރުއަރީ 2022 - 06:22

މައްސަރު ކަންތައް ޖެހުމުން ބަނޑުގައި ރިހޭ ރިހުމަކީ ގިނަ މީހުން ތަހައްމަލު ކުރަމުން އަންނަ ވަރަށް ވޭން ހުރި ރިހުމެކެވެ. ބައެއް މީހުންނަށް އޮންނަ ތަނުން ކޮޅަށް ނުތެދުވެވޭ ހާ ބޮޑަށް އޭގެ ވޭން ހުރެ އެވެ.

ބަނޑުގެ ރިހުން ހުއްޓުވުމަށް ނުވަތަ ދަތު ކުޑަކުރުމަށް މިތަނުން ކޮންމެ ވެސް ކަމެއް ގޭގައި ކޮށްލެވިދާނެ އެވެ.

ޔޯގާ ޕޯސްތަކެއް

ޔޯގާ އަކީ ހަށިގަނޑުގެ މަސްތައް އެކި ގޮތްތައް ސްޓްރެޗް ކޮށްލުމަށް ހަދާ ޕޯސްތަކެކެވެ. މިގޮތަށް ހަށިގަނޑު ސްޓްރެޗް ކޮށްލުމުން ބަނޑުގައި ރިހޭ ރިހުމަށް ވެސް ލުއިތަކެއް ލިބޭނެ އެވެ. މައްސަރު ކަންތައް ދިމާވުމުގެ ކުރިންނާއި އެ ކަންތައް ދިމާވެފައި ހުންނަ އިރު ވެސް ޔޯގާ ޕޯސްތައް ހަދާލެވިދާނެ އެވެ. މި ޕޯސްތައް ހަދާއިރު، ޝޯލްޑާ ސްޓޭންޑް ޕޯސްތައް ނުހެދުމަށް އެކަމުގެ މާހިރުން ލަފާދެ އެވެ.

ހޫނު ފެނުން ބޮނޑިތާން ކުރުން

ބަނޑުގައި ރިހުން ހުންނަ ހިސާބުގައި ހޫނު ފެނުން ބޮނޑިތާން ކުރުމުން މަސްލްސްތަކަށް އަރާމުވެ، ރިހުން ކަނޑުވައިލަ އެވެ. ހީޓިން ޕެޑް އަކީ އެކަމަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ރިހުން ކަނޑުވާ ބޭހެއް ކެއުން

ޕީރިއަޑްވުމުގެ އެއް ދުވަސް ކުރިން ޕެއިން ކިލާއެއް ކާލުމުން ރިހުމަށް ކޮންމެވެ ސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. ނަމަވެސް މިގޮތަށް ކަންކަން ކުރެވޭނީ ރެގިއުލާކޮށް ޕީރިއަޑްވެ، ޕީރިޑް ވާ ދުވަސް ޔަގީންވާ މީހުންނަށެވެ. ލޭ އައުން، ބަނޑުގެ މައްސަލަތައް ހުންނަ ނުވަތަ ކިޑްނީ މައްސަލަ ހުންނަ މީހެއް ނަމަ، ބޭސް ބޭނުން ކުރާނީ ޑޮކްޓަރެއްގެ ލަފާ ހޯދައިގެންނެވެ.

އަކިއުޕަންޗާ އިން ނާރުތަކަށް ލުޔެއް

އަކިއުޕަންކްޗާ އަކީ ދާއިމީ ވޭނަށް ފަރުވާ ކުރެވިދާނެ އަލްޓަނޭޓިވް ތެރަޕީއެކެވެ. މި ތެރެޕީ އިން ނާރުތަކަށް ލުޔެއް ލިބުމަށް އެހީތެރިވެދެ އެވެ. އަދި ދިރާސާތަކުން އެނގޭ ގޮތުގައި މި ފަރުވާ އަކީ ސައިޑް އިފެކްޓްސް ނުފެންނަ ރިހުން ކަނޑުވާލަދޭ، އެންމެ ރަނގަޅު ފަރުވާ ކަމަށް ބުނެފައިވެ އެވެ.

ހާބަލް ޓީ

ބައެއް ކަހަލަ ހާބަލް ސައިން ވެސް ޕީރިއަޑް ރިހުމަށް ލުއި ލިބެ އެވެ. މައްސަރު ކަންތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ކެމޮމައިލް އާއި ޕެޕަމިންޓް ސަޔަކީ ހަށިގަނޑަށް ހަމަޖެހުން ލިބޭނެ އެއްޗެކެވެ.

އަދި އަސޭމިރުސް ނުވަތަ ސޯލްފް އިން ތައްޔާރު ކުރާ ސައިން ވެސް ރިހުމަށް ލުޔެއް ލިބޭނެ އެވެ.

ޑައިޓްގައި މެގްނީޒިއަމް މަތިކޮށްލުން

ކެއުމުގައި މެގްނީޒިއަމް ހުންނަ އެއްޗިހި ގިނަ ކޮށްލާށެވެ. މިސާލަކަށް އަލްމަންޑް، ބްލެކް ބީންސް، ސްޕިނެޗް، ޔޯގަޓް އަދި ޕީނަޓް ބަޓަރު ފަދަ ތަކެތި ކެއުން ގިނަ ކޮށްލެވިދާނެ އެވެ.

މަސާޖްކުރުން

ރިހުން ކަނޑުވާލުމަށް އެސެންޝިއަލް އޮއިލް މަސާޖެއް ރަނގަޅު ވާނެ އެވެ. ފެންވަރު ރަނގަޅު ތެލަކުން މަސާޖު ކުރުމުން ރިހުމަށް ލުޔެއް ލިބޭނެ އެވެ.

ކަސްރަތު ކުރުން

އެރޮބިކް ކަސްރަތު ކުރުމުން ވެސް ބަނޑުގައި ރިހޭ ރިހުމަށް ލުއިތަކެއް އަންނާނެ އެވެ. ހަފްތާ އަކު ތިން ދުވަހު މި ކަސްރަތުތައް ކުރުމުން، އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ޕީރިއަޑް ރިހުމަށް ވަރަށް ބޮޑު ލުޔެއް ލިބެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454