ހައުސިން މިނިސްޓަރު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
16 ފެބުރުއަރީ 2022 - 10:04
ރާއްޖޭގެ ހުރިހާ ރަށެއްގައި ތާރު އެޅުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ބައެއް ކުދި ރަށްރަށުގައި ޖަޒީރާ ސިފަތައް ދަމަހައްޓަން ޖެހޭ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. ކޮލަމާފުށީގެ މަގު ހެދުމުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެން އަސްލަމް ވިދާޅުވީ، ރަށްރަށުގައި ބަނދަރު ހެދުމަށް ޑިމާންޑް އޮތް ގޮތުން މިހާރު އެންމެ ބޮޑު ޓްރެންޑަކީ މަގުތަކުގައި ތާރު އެޅުން ކަމަށާއި ވަރަށް ގިނަ ރަށްރަށުން އެ ކަމަށް ސަރުކާރުގައި އެދެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން ނަމަ ތާރު އެޅުމަށް މިހާރު ވެސް 22 ރަށެއްގައި ކޮންޓްރެކްޓް ވަނީ ހަަދައިފަ އެވެ. އިތުރު 19 ރަށެއްގައި އެ މަސައްކަތް ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ ހުރިހާ ރަށެއްގައި ތާރު އެޅުމަށް ދާން ވިސްނުން އެއީ އެންމެ ބުއްދި ވެރި ގޮތެއް ނޫން. މި ގައުމު ޖަޒީރާ ގައުމެއް ގޮތުގައި އުޅޭއިރު ޖަޒީރާވަންތަ ކަމެއް ވެސް އަޅުގަނޑުމެންގެ ރަށްރަށުގައި، އެ ސިފަތައް ވެސް ހުންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ޓްރެފިކްގެ އުނދަގޫ ބޮޑު ރަށްރަށުގައި ތާރު އަޅައިގެން މަގުތައް ހަދަން ޖެހިދާނެ ކަމަށާއި ތަރައްގީ އަންނަ ވަރަކަށް ދިރިއުޅުމުގެ ވައްޓަފާޅި ވެސް ބަދަލުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެކަމަކު، އަސްލަމް ވިދާޅުވިގޮތުގައި ބައެއް ރަށްރަށަކީ އެ ރަށުގެ އެއްކޮޅުގައި ހުރެ ބާރަށް ގޮވައިލުމުން އަނެއްކޮޅުގައި ހުންނަ މީހާ އަށް އަޑު އިވޭހާ ކުޑަ ރަށްތަކެއް ކަމަށް ވިޔަސް އެ ރަށްރަށުން ވެސް ތާރު އެޅުމަށް ޑިމާންޑް ކުރެ އެވެ.
"އެ ތަންތަނުގައި ވެހިކަލްތަކުގައި މީހުން ދަތުރުކުރަން އެންމެ ރަނގަޅު ކަމަށް ގަބޫލެއް ނުކުރަން. ރަށަށް ވެހިކަލް އެރުވޭނެ މިންވަރު ވެސް ކަނޑައެޅިފައި އޮންނަން ޖެހޭ. ޓެކްސީތަކާއި ޕްރައިވެޓް ކާރުތައް އޮންނަން ޖެހޭ ކަމަށް ނުދެކެން،" އަސްލަމް ވިދާޅުވި އެވެ.
ތާރު ނޭޅިޔަސް ރަށްރަށުގެ މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުންނަން ނުޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ކަން ހައްލުކުރަން، ޓްރެފިކްގެ މައްސަލަތައް އާދައިގެ ރަށްރަށުގައި ފަސްގަނޑު ސާފޭސް ލެވެލް ކުރެވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްބެ
17 February 2022
ކަލޭ އެކަނިގޮސް ތާރުނާޅާ ރަށެއްގަ އޮވެބަލަ. އެރަށެއްގެ ރައްޔިތުން ތާރު އަޅަން ބޭނުމިއްޔާ ހަމަޖެހޭނީ އަޅަން. އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ.
ޢަލީ އަލޫ
17 February 2022
ކޮސް ނުގޮވާ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފައިސާއިން ކަލޭ އުޅޭ ތަނުގަ އެކަނި ތާރުއެޅީމަ ނިމުނީދޯ
ޒަމާން ބަދަލުވެއްޖެ
16 February 2022
2020 ގެ ކުރިންވެސް ދުނިޔޭގެ މޮޅު ކިޔަވައިދޭތަންތަނުން އޮންލައިންކޮށް ކިޔަވައިދޭ. މިގައުމުގެ މީހުން އުޅެނީ އޮންލައިން ތައުލީމްގެ ހުރި ފައިދާތަށް ފޮރުވައި ކުރީޒަމާނަށް ދާން. ތިޔައީވެސް މިކަހަލަ ވިސްނުމެއް.
ވަތަނަބޭ
16 February 2022
ކޮންމެމީހަކުވެސް މޮޅުއެއްޗެއްބުނެ ރައްޔިތުން މަރުމޯލުހައްދަން މިއުޅެނީ. އެޒަމާން ފަހަނަޅާހިގައްޖެ. ތާރުއެޅިމަގުމަތީގައި އުޅުމަކީ އެންމެންގެ ހައްގެއް. ވަކިމީހަކަށް ފެނިގެން ބޭނުންވެގެން ކޮށްދޭކަމެއްނޫން. އެކަން ކުރަންނޭގޭ ބަޔަކު ނަމަ ރައްޔިތުންގެ މަސްލަހަތާއި ގުޅޭކަންކަމާއި ހަވާލު ނުވާންވީ. ޖަޒީރާވަންތަކަން ދަމަހައްޓަން މިރާއްޖޭގައި ތިބިހުރިހައި ރިސޯޓުތަކެއް ފަޅުރަށްތަކަށް ބަދަލު ކުރަމާ...
ސަމަންދަރު
16 February 2022
ރާއްޖެތެރޭގަ ތާރުއެޅުން ރަންގަޅުނޫނިއްޔާ މާލޭ ހުޅުމާލެ ގަވެސް ތާރުއެޅުން ރަންގަޅެއްނޫން މާލޭމަގުތަކުގަ އެޅި ތާރާ ގާތައްނަގާފަ ޖަޒޯރާކުރަންވީނުން
ކިއްލި
16 February 2022
ވިލިނގިއްޔޯ؟ ވެހިކަލްވެސް މަނާ އެކަމަކު ގާއަތުރާފަ.
ވާނުމވާ
16 February 2022
ޖާޒީރާ ޖާއްޖެ މީހުން ބުއްދި ބޭނުންކޮށްބަލަ؟ ތާރުމަގު ބޭނުންކުރަންޖެހޭނީ 50 ރަށު މީހުންކަަމަށާއި 150 ރަށު މީހުން ތިބެނެޖެހޭނީ ޖަޒީރާކޮށްކަމަށް ނިންމުމަކީ ކަލޭމެންގެ ހައްގެއް ނޫން. 190 ރަށުގައި ބަނދަރު ހަދައިފިއްޔާ ބާކީ ރަށްތަކުގައިވެސް ހަދަންޖެހޭނެ. ދެން ބުނޭ ހުރިހާ ރަށެއްގައި ނަރުދަމާހެދުމަކީ ޖަޒީރާވަންތަކަން ގެއްލޭ ކަމެކޭ. މިނޫނީ ރައްޔިތުންނަށް ހެޔޮނޭދޭ މިނިސްޓަރެއް ނުދެކެން
11311
16 February 2022
ދިވެހި ސަގާފަތް އާލާކޮށް ދެމެހެއްޓުމަށްޓަކައި ޖަޒީރާ ސިފަތައް ރަށްރަށުގައި ހުރުމަކީ އެއް ގޮތަކުން ބަލާއިރު ރަގަޅު ކަމެއް. އެކަމު އެކަން އެހެން އޮންނަންވަނީ ތިމާމެންނާ ވެރިކަން ހަވާލުވެ ގައުމު ތަރައްގީކުރަން އުޅެންޖެހުނީމަ އުފުލަންވާ ބުރައެއްގެ ގޮތުގައި ބެލިގެންނަމަ އެއީ ގޯހެއް. އެހެން ބައެއްގެ ވެރިކަމުގައި ކަންކަމާ އިދިކޮޅަށް ވާހަކަ ދެކެވިފަ ތިމާމެންގެ ވެރިކަމުގައި އެކަން އެގޮތަށް އޮންނަންވާ ކަމަށް ގިނަ ފަހަރު ވާހަކަތައް ދެކެވިފައި ހުންނަނީ.
އަހް
16 February 2022
މަގުހެދިފައި އޮތުމަކީ މިހާރު ވަރަށް އަސާސީކަމެއްގެ ގޮތުގައި ބެލެވެނީ. މުޅި ރަށުގަ ތާރު ނޭޅިއަސް ރަށުތެރޭގެ މީހުން އުޅޭ ހިސާބުގައާ ސްކޫލްތަކާ އޮފީސްތައް ފަދަ މުހިއްމު ތަންތަން ކޮންމެ ރަށެއްގައި ހުންނަން ބޭނުންވާއިރު އެ ހިސާބު މަގުތައް އޮންނަންވާނީ ރަގަޅު ފެންވަރަކަށް. ކޮންމެ ރަށަކަށް އެމްބިއުލެންސެއް ހަމަކުރާއިރު އެއާ އެއްފެންވަރުގެ މަގެއް ނެތިގެން ވެހިކަލް ވަޅުގަނޑަކަށްޖެހި އެ ހަލާކުވެ ބަލި މީހާ ބިންމައްޗަށް ވެއްޓުން ނުވާނެ މާރީތި މަންޒަރަކަށް.
ބަބޫ
16 February 2022
ފަރެސްމާތޮޑާގައި މުށި ޖަހަންވީނު. ކަލޭ އަމިއްލަ ރަށް އެއީ. އެތަށަށް މިސަރުކާރުގައި ކަލޭ ކޮށްދިނީ ކޮންކަމެއް. އެއާޕޯޓްވެސް ޔާމީން
ސަސް
16 February 2022
ވަރަށް ރަނގަޅު ވާހަކައެއް