ހިޔާގެ ފްލެޓްތައް: ބައެއް ފްލެޓްތައް ވަނީ ބޮޑު ވިޔަފާރިއަކަށް ހަދާފައި.---ފައިލް ފޮޓޯ: މިހާރު
17 ފެބުރުއަރީ 2022 - 12:22
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އެތަނުގެ ފިނިޝިން އެއްކޮށް ނިންމައި ދުވަހު ކުއްޔަށް ދޫކުރަން ފަށައިފި އެވެ.
ސޯޝަަލް ހައުސިން ސްކީމުގެ ދަށުން އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބުނު މީހުން އެތަން އެންމެ ފުރަތަމަ ދޫކުރީ އެ މީހުންނަށް ސަރުކާރުން ފްލެޓް ދިން އަގަށް ވުރެ ބޮޑު އަގުގައި މަހު ކުއްޔަށެވެ. އެކަމަކު މިހާރު ދުވަހު ކުއްޔަށް ވެސް މި ތަންތަން ދޫކުރަން ފަށައިފި އެވެ.
"އައިބޭ"ގައި ޖަހާފައިވާ ޕޯސްޓެއްގައިވާ ގޮތުން ހިޔާގެ ފިނިޝިން ނިންމާފައިވާ ފްލެޓެއް ދުވަހު ކުއްޔަށް ދޫކުރަމުން އެބަދެ އެެވެ. ވަކިވަކިން ދެ ކޮޓަރި ވެސް ކުއްޔަށް ދޫކުރަމުން އަންނައިރު އެތަނަކީ "ފުލީ ފާނިޝްޑް" ތަނެއް ކަމަށް ޕޯސްޓުގައިވެ އެވެ.
އެތަނުގެ އޭސީ ކޮޓަރިއެއް ދޫކުރަނީ ދުވާލަކު، 650ރ. އަށެވެ. އަދި އޭސީ ނުކޮށް ހުރި ކޮޓަރި ދޫކުރަނީ 450ރ. އަށެވެ.
އެ ޕޯސްޓުގައި ޖަހާފައިވާ ނަމްބަރަށް ގުޅާލުމުން ބުނީ، މި ވަގުތު ދެ ކޮޓަރި ވެސް ފުލް ކަމަށާއި އެތަން ހުސްވާނެ ވަކި އިރެއް ނޭނގޭ ކަމަށެވެ.
ހިޔާ ފްލެޓް ދުވަހު ކުއްޔަށް ދޫކުރަން ޖަހާފައި--
ހިޔާ ފްލެޓަށް، 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އެ ކުލި ބޮޑުވެގެން ޝަކުވާކުރުމަށް ފަހު ދެ ކޮޓަރީގެ އެ ތަންތަން ކުއްޔަށް ދޫކުރަން ފާޅުގައި އިސްތިހާރުކޮށްފައި ހުރީ އެންމެ ކުޑަކޮށް ވެސް 10،000ރ. އަށެވެ.
ދިރިއުޅެން ހޯދާ ތަނެއްގައި ދިރިނޫޅެ ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. ފްލެޓް ކުއްޔަށް ދޭކަން ސާބިތުވެއްޖެ ނަމަ ފްލެޓް އަތުލެވޭނެ ކަން އެއްބަސްވުންތަކުގައި އޮތަސް މިހާތަނަށް ވެސް އެ ކަންކަމަކީ ތަންފީޒު ކުރެވޭ ކަމެއް ނޫން ކަމަށް އަސްލަމް ކުރިން ވިދާޅުވެފައިވެ އެވެ.
ސަރުކާރުން އެހެން ބުންޏަސް، ހިޔާ ފްލެޓްތައް ހިފި މީހުންނާ އެކު ކޮށްފައިވާ އެގްރިމެންޓްގައި ކުއްޔަށް ދިނުން ސީދާ މަނާކޮށްފައެއް ވެސް ނުވެ އެވެ. އެ އެގްރިމެންޓްގައި ބުނެފައި ވަނީ، "މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފްލެޓްގެ އަގު ދައްކައި ނިމުމުގެ ކުރިން، ފްލެޓް އެއްވެސް ފަރާތަކަށް ކުއްޔަށް ދިނުން ނުވަތަ ފްލެޓް އެއްވެސް ފަރާތަކަށް ވިއްކުން ނުވަތަ މިފަދަ ކަމެއް ކުރުމަށް ޓަކައި އެހެން ފަރާތަކާ އެކު އެއްބަސްވުމެއް ހަދަން ވާނީ ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވައިދެއްގެ އިމުގެ ތެރެއިން" ކަމަށެވެ.
ހިޔާ ފްލެޓް ކުއްޔަށްދޭ މައްސަލަ ފެންމަތިވެ އެ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުމަކީ އެ ފްލެޓްތަކަކީ މަސައްކަތް ނުނިންމައި ދީފައިވާ ތަންތަން ކަމަށް ވާތީ އެކަމަށް ވަރަށް ބޮޑު ހޭދައެއް ހިނގުމެވެ. އެހެންވެ، ފްލެޓް ކުއްޔަށް ދިނުމުގައި މައްސަލައެއް ނެތް ކަމަށް އެ މީހުން ދެކެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
19 February 2022
ތިޔަ އެއްރަށް ދައުލަތް ސިޔާސަތު ދޫކޮށްލާފައި "އާމްދަނީ ހޯދާނެ ވަސީލަތެއްގެގޮތުގައި ގޯތިބޭނުންކަމަށް އަޑުއުފުލާ ކ.އަތޮޅު މާލޭ މީހާއަށްވެސް ގޯތިލިބޭގޮތަށް" އަދި ކޮތަރުކޮށީގައި ރައްޔިތުން ބަންދުކުރުން ނިމުމަކަށްގެނައުމަށްޓަކާ ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫ ހިއްކެންއޮތްއެންމެބޮޑަށްހިއްކާ ބިންދޫކުރޭ.
ހޯމްސުއްޓާ
19 February 2022
ހޯމް ސްޓޭ ވިޔަފާރި ކުރެވޭނެ ސޯސަލް ހައުސިންގް ތަކުގަވެސް ޝުކުރިއްޔާ މިނިސްޓަރ އޮފް ޓުއަރިޒަމް
އެއޮތީ
18 February 2022
މިވެރިކަމުގަ ފްލެޓް ލިބެންވާ މީހުންގެ ލިސްޓް ބެލިލެއް ރަގަޅު ކަމާ ފުރިހަމަކަމުން ވެގެން އުޅޭ ގޮތެއް ތިއީ. ކުރީގެ ލިސްޓް ނުބައިވެގެން ފަހުގެ ލިސްޓް ހަދާފަ ފްލެޓްތައް ދީފަ އެއޮތީ ތިލަފަތުގެ އެއްކޮޅަށް ބަރުވާ ގޮތަށް. އެހެންވެ ތިލަފަތެއް ޖެހި ދިދައެއް ޕާޓީގަ ހިމަނައިގެން އެބައި މީހުން އުޅެނީ. ފޮޓޯގަ އެކަނި އޮންނަނީ ތިލަފަތް ހަމަހަމައަށް. މިހާރު ޕާޓީ ކުދިންގެ ނަން ފްލެޓް ލިސްޓުގަ ހިމަނައިގެން އެ މުއްސަނދިކޮށްދެނީ. ކިހާ ރަގަޅު ވެރިކަމެއް.
ނާޑުވާ
19 February 2022
މީ ޔާމީން ޖެއްސި މުސީބާތެއް. ތިން ހަތަރު ދަރިން ގޮވައިން ދެކޮޓަރީގަ ނޫޅެވޭނެކަން ނޭނގޭބާ? ދެން އޮތް ގޮތަކީ އެތަން ކުއްޔަށް ދީގެން ލިބޭ އެތިކޮޅަކުން މިހާރު ދިރިއުޅޭ ތަނުގެ ކުއްޔަށް ލުޔެއް ހޯދުން ނޫންތޯ. ސިޔާސީ ވުމަކީ ޤަމާރުވުމަކަށް ނުހައްދަވާ!
އަޒުރާ ޝަމީމް
18 February 2022
ބަލަ ފްލެޓް ނިންމީ ސަރުކާރުގެ އެއްބައި އަދި އަމިއްލަ ޚަރަދުގައި އެއްބައި، ނުވަތަ ޖޮއިންޓް ބިޒިނަސް އެއްގެ ތެރެއިން، ވީމާ ހުރިހާޤާނޫނީ ވަކީލުންވެސް އިއްތިފާގު ވަނީ މިތަން ކުއްޔަށް ދެވޭނެ ކަމަށް، އަދި ދިނުމަކީ އެއްވެސް މައްސަލައެއްވެސް ނޫން، ފްލެޓް ހަވާލު ކުރީ ނިންމާފައެއްވެސް ނޫން، ހަތަރުފާރު ހަވާލު ކުރީ. ސަރުކާރުން މި އޮތީ އަތަށް ގޮވާފަ މިކަމުގަ. މިކަމުގަ އެޅޭނެ އެއްވެސް ފިޔަވަޅެއް ޤާނޫނު ގައިވެސް ނެތް.
އަނޫޝް
18 February 2022
ހުރިހާޤާނޫނީ ވަކީލުންނޭ ވިދާޅުނުވޭ. ތީ ހަމަ ތިޔަބޭފުޅާގެ އަމިއްލަ ޚިޔާލް.
ސައްތަ
18 February 2022
ޢެ މީހަކައް ކުރެވުން ކަމެތް އެމީހަކު ކުރަންވީ.. ސަލާން ނުޖަހާ.. ވައްކަން ނުކޮއް.. އަނބި ދަރިންނައް ކާންދެވޭނެ ގޮތް ހޯދަންވީ.. މާލެ މީހާ ރާއްޖެތެރެ މީހާ ގޮވުމުގެ މާނައެއް ނެތް…
އަހަންމާ1
18 February 2022
އަޖައިބެއްފަހެ އަންތަރީސް ނުވެއްޖެނަމަ ސަހަރޯ ފުލެޓުގަ އުޅެން ބޭނުންވާ ބަޔަކު ފުލެޓުގަ ބަހައްޓާފަ މަ ބޭނުންތާކު މަ އުޅުނީއާ ކަލޭމެންނަށް ކޮންކަމެއްތަ 2.5 މިލިއަން ބޮލުގުގަ އެޅިގެން ގަންނަ ތާކު އަދި މަ ބޭނުން ކަމެއް ކޮއްގެން ވެސް ނުވެޔޯލަ ޕަކާސް
ޙހގގ×ދ
18 February 2022
2.5 އިން އެންމެ ލާރިއެއްވެސް ސަރުކާރަށްނުދައްކަ ކޮންއަނގައެއްތިއަރުވަނީ ކަލޭ
ބޮލާ ނުފޮރުއްޕާން
18 February 2022
އެއްޗެހި ދޭއިރުއާ ވިއްކާއިރު އިންސާފުންތޯ ހައްގުންތޯ ބަލާ. ދެންވެސް ބަލާ! ބޭނުންކުރާ ގޮތާ ޒާތީވެ ވަކިފަންތިޔަކާ އަޅާނުގަނޭ. ރޮށިފަޅިއެއް ދީފައި ހިފިމީހާ އެއެތި ކެއީ ޖޭމުޖައްސާގެނޭ ނޫނީ ބަތްތައްޓަކަށް ބަދަލުކޮށްފިއޭ ނުކިޔާ! އެވަރު ހައްގެއް އޮންނަންވާނެ. ވަކިބަޔަކީ ސްލޭވުންނެއް ނޫން.
ކޮއިރޮއްވި
18 February 2022
ނޫނޭ ތިޔައީ ސަރުކާރުން ވަރަށް ބަލާފަ ވަންނާނެތަނެއް ބޯހިޔާވަހިކަމެއް ނެތް މީހުން ދިރިއުޅެން ދީފައި ހުރިތަނެއް. އަނެއްކާ ސަރުކާރުން އެހާވަރަށް ރަގަޅަށް އެބައްލަވާ ތަންލިބުނު މީހުން ނޫންބަޔަކު އުޅެތޯވެސް. އެހެންވީމަ ތިޔަވާހަކައެއް ގަބޫލެއް ނުކުރާނަން
ކަތްދަ
17 February 2022
ނިންމާފަ ހަވާލުކުރި ފްލެޓްތައްވެސް ގިނަ ތަންތަން ހުރީ ކުއްޔަށްދީފަ . ވެރިފަރާތުން ދިރިއުޅެނީ ނިސްބަތުން މަދު ބަޔަކު.
ދެއްވަދޫ
17 February 2022
މިހާ ފާޅުކަންބޮޑު ގޮތެއްގަ މިކަން ކުރާއިރުވެސް ފިޔަވެއްނޭޅޭ ... އެކި ވަރުވަރުން މުސާރަ ދީފަ، އެކި ނަންނަމުގަ ވުޒާރާތަށް ހަދާފަ ބެހެއްޓުމުގެ ބޭނުމަކީ ކޮބާ؟ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުން ނޫންދެއް ކޮންކަމެއް ތިޔާކުރަނީ... ބޯހަލާކު