ސ. މަރަދޫ-- -- ފޮޓޯ: މަރަދޫ ފޭސްބުކް ޕޭޖް
19 ފެބުރުއަރީ 2022 - 11:34
މަރަދޫފޭދޫ ފަޅުގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި މީހަކު މަރުވެފައި އޮތް މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަރަދޫފޭދޫ ކައުންސިލް މެމްބަރު، ހާލިދާ މުހައްމަދު، "މިހާރު" އަށް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ފޭދޫގައި އުޅޭ ފުވައްމުލަކު މީހެއް ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އަދި ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy