ސެމްސަން އެސް22 ސީރީޒް--
21 ފެބުރުއަރީ 2022 - 10:40
ސެމްސަންގްގެ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް "ރީސޭލާ" ބެސްޓް ބައި މޯބައިލް އިން އެންމެ ފަހުގެ ފޯނުތައް ޕްރިއޯޑަރަށް އިއްޔެ ހުޅުވާލައިފި އެވެ.
ދުނިޔޭގެ ބާޒާރަށް ނެރޭ ފަހުގެ ފޯނުތައް އެންމެ ކުރިން ރާއްޖެ އަށް ގެންނަ ބެސްޓް ބައި އިން، ސެމްސަންގް އެސް22 ސީރީޒްގެ ގެލެކްސީ އެސް22 އާއި ގެލެކްސްސީ އެސް22 ޕްލަސް އަދި ގެލެކްސީ އެސް22 އަލްޓްރާއަށް މިހާރު ޕްރިއޯޑަރު ކުރެވޭނެ އެވެ.
މި ފޯނުތަކަށް ޕްރިއޯޑަރު ކުރާއިރު، ފީއެއްގެ ގޮތުގައި 1،000ރ. ބެސްޓް ބައި އިން ޗާޖު ކުރެ އެވެ. އެކަމަކު، ފޯނު ގަތުމަށް ދައްކާ ޖުމުލަ އަދަދުން އެ 1،000ރ. ކެނޑޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.
ސެމްސަންގް ފޯނުތަކާއެކު، ބެސްޓްބައި އިން އެއް އަހަރު ދުވަހުގެ ވޮރެންޓީ އާއި ސެންސަންގްގެ އޮރިޖިނަލް ސްމާޓް ކަވަރު އަދި ގެލްކްސީ ބަޑްސް2 ހިލޭ ލިބޭނެ އެވެ.
- ސެމްސަންގް ގެލެކްސީ އެސް22، 256 ޖީބީ: 19،500ރ.
- ސެމްސަންގް ގެލެކްސީ އެސް22 ޕްލަސް، 256ޖީބީ: 23،450ރ.
- ސެމްސަންގް ގެލެކްސީ އެސް22 އަލްޓްރާ، 256ޖީބީ: 28،900ރ.
ސެމްސަންގް ގެލެކްސީ އެސް22 އަލްޓްރާ، 512ޖީބީ: 32،500ރ.
މި ފޯނުތައް އަންނަ އަންނަ ހުކުރު ދުވަހު ދުނިޔޭގެ ބާޒާރަށް ނެރޭއިރު، ޕްރިއޯޑަރު ކުރާ ކަސްޓަމަރުންގެ ފޯނުތައް އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ލިބޭނެ ކަމަށް ބެސްޓް ބައި އިން ބުނެ އެވެ.
ޕޮލްކޯ އާއި ބީއެމްއެލް އީޒީ އާއި އެމްއައިބީ އާއި އެމްއެފްއެލްސީ އާއި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމްގެ ދަށުން ވެސް ބެސްޓް ބައި ފިހާރަ އިން ފޯނު ގަނެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަޒް
21 February 2022
12 ހާސް ރުފިޔާ ލިބޭ ފޯނު ބޮޑުއަގުގައު
ެއދަ
21 February 2022
ކިޑްނީ ގަބޫލު ކުރޭތަ ފައިސާގެ ބަދަލުގައި؟ ރައްޓެއްސަކު ބުނެގެން.
ރަދީފްއޮފިޝިއަލް
21 February 2022
ޑޮކްޓާރ ބަނާނާ ޔޫ ކޮބާ؟؟ ފޯނަށް ނިގަނީ؟؟
ރަދީފްއޮފިޝިއަލް
21 February 2022
ދަރަންޏަށް ފައިސާ ނާގެނަސް މިކަން ކެރާށިއެ.އެ ސްޓައިލް ދޫނިކޮށް އަގަ ބޮނޑަ މުޅު ފޯނާ ޖީބަށް ލާގެން ތިބިމެއި އޭ ފަޙްރަށް.ދެރަ ދީ މެހެން ވީމެއި.