އެފްސީޕީޑީން ބުނީ ގޭގައި ކުޑަކުދިން ބަންދުކުރުމަށް ފަހު އެ ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތުގައި ކުޑަކުދިން ބައިވެރިކުރުވާ ކަމަށް.
ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އައްޑާއެއް ބަލައި ފާސްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ފެބުރުއަރީ 2022 - 12:53
ކުއްޖާގެ އުމުރުން އަދި ވީ 14 އަހަރެވެ. އެކަމަކު މިދިޔަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ އެކި މައްސަލަތަކުގައި 50 އަށްވުރެ ގިނަ ފަހަރު ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ. އެކި މައްސަލަތަކުގައި މިހާތަނަށް 354 ފަހަރު ފުލުހުން މި ކުއްޖާއާ މުއާމަލާތުކުރަން ޖެހިފައިވެ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި މީޑިއާ އިވެންޓްގައި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) އިން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 13-18 އަހަރާ ދެމެދުގެ 932 ކުއްޖަކު މީގެ ކުރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ކެޓަގަރީތަކުގެ ތެރެއިން އެންމެ ގިނައީ 18 އަހަރުގެ ކުދިންނެވެ. އެ އުމުރުގެ 525 ކުދިން ހައްޔަރުކޮށްފައިވެ އެވެ.
މާލެ ސަރަހައްދުން ކުޑަކުދިންނާ ގުޅޭ ޑްރަގްގެ މައްސަލަތައް އެންމެ ގިނައީ މާލޭގަ އެވެ. އެއީ މާލެއިން 9،047 މައްސަލަ، ހުޅުމާލެއިން 1،011 އަދި ވިލިމާލެއިން 960 މައްސަލަ އެވެ.
އެފްސީޕީޑީން ބުނީ ގޭގައި ކުޑަކުދިން ބަންދުކުރުމަށް ފަހު އެ ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތުގައި ކުޑަކުދިން ބައިވެރިކުރުވާ ކަމަށެވެ.
އެ ފަދަ އޮޕަރޭޝަނެއްގައި ތަނެއް ބަލައި ފާސްކުރިއިރު ކުޑަކުއްޖަކު ލައިގެން ހުރި ޖިންސުގެ ޖީބުން މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އަދި އެ މައްސަލައިގެ އެންމެ ބޮޑު ތުހުމަތުކުރެވޭ މީހާ ކުއްޔަށް ހިފާފައި ހުރި ގޭގެ ތަޅުދަނޑި އެ ކުއްޖާގެ ޖިންސުން ފެނިފައިވާ ކަމަށް ވެސް، އެފްސީޕީޑީން މައުލޫމާތު ދެއްވި އޮފިސަރު ވިދާޅުވި އެވެ.
އެ ކުދިން ރެކްރޫޓްކުރުމަށް، އެ ކުދިންނަށް ކުރީބައިގައި ހުންނަނީ ކިޔައިދީފައި ފުލުހުން އައިސްފިއްޔާ އަމަލުކުރަންވީ ގޮތާއި މައްސަލައިގައި ފުލުހުން ސުވާލުކޮށްފިއްޔާ އަމަލުކުރަންވީ ގޮތް. މި ގޮތަށް ރެކްރޫޓުކޮށްފައި މި ހުންނަނީ: އެފްސީޕީޑީ
ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނުނެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ގުޅިގެން އެހެން ގެއެއް ބަލައި ފާސްކުރިއިރު ކުޑަކުދިން ބޭތިއްބުމަށް ވަކި ކޮޓަރިއެއް ފެނުނު ކަމަށެވެ.
📸 Launching of Integrated Drug Enforcement Dashboard containing substantial information needed to tackle the issue of substance abuse in Maldives - A crucial step towards tackling the menace. pic.twitter.com/Kgd6u9Kohq
— Maldives Police (@PoliceMv) February 21, 2022
"އެ ކުދިން ރެކްރޫޓްކުރުމަށް، އެ ކުދިންނަށް ކުރީބައިގައި ހުންނަނީ ކިޔައިދީފައި ފުލުހުން އައިސްފިއްޔާ އަމަލުކުރަންވީ ގޮތާއި މައްސަލައިގައި ފުލުހުން ސުވާލުކޮށްފިއްޔާ އަމަލުކުރަންވީ ގޮތް. މި ގޮތަށް ރެކްރޫޓުކޮށްފައި މި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.
"އެ ކުޑަކުދިން ތިބި ކޮޓަރިން ފުލުހުން ބަލައި ފާސްކުރެވުނު މަސްތުވާތަކެތީގެ ތެރޭގައި ހަތަރު ސެލޯފިން ހިމެނޭ. ބޭނުންކުރާ މިންގަނޑަށް މަސްތުވާތަކެތި ފެނިފައި މި ވަނީ،"
އެ ތަނުން ކުއްޖެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅުމަށް މެެދުވެރިވީ އެ ކުދިންގެ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތެވެ. އަދި އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ދަރިންނަށް އިހުމާލުވުމުން އެ ކުދިން މުޖުތަމައުއަށް ނުކުތުމަކީ ވެސް ކުށްކުރުމަށް މަގުފަހިވާކަން ފާހަގަކުރި އެވެ. އޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޓާގެޓުކޮށްގެން އެ ކުދިންނަށް ރަނގަޅު ގޮތް ހަދައިދޭނެ ކަމަށް ބުނެ އެ ކުދިންގެ މައިންބަފައިންގެ ރުހުމާ އެކު އަދި ރުހުމާނުލައި އޮޅުވާލައިގެން މާލެ ގެނެސް ގްރޫމްކޮށް އެކްސްޕްލޮއިޓުކޮށް އެ ކުދިންގެ ބޭނުން ނަމަހަގޮތުގައި ހިފާ ކަމަށް އެފްސީޕީޑީން ބުންޏެވެ.
ފުލުހުން ބުނީ މައިންބަފައިންނާއި މުއައްސަސާތަކުން ކުދިންގެ ކަންތައްތައް އެކަށީގެންވާ ގޮތަށް މޮނީޓާ ނުކުރެވޭތީ ވެސް ކުށް ކުރުމަށް މަގުފަހިވާ ކަމަށެވެ.
ފުލުުހުން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން "ޑްރަގް ކެފޭ" ނުވަތަ އައްޑާތަކުން އާއްމުކޮށް 1،118 ދިވެހިން ހިދުމަތް ހޯދާއިރު، އޭގެ ތެރޭގައި ގަވައިދުން ހިދުމަތް ހޯދާ 14 ކުއްޖަކު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންމަ
23 February 2022
"ގަވައިދުން ހިދުމަތް ހޯދާ 14 ކުއްޖަކު" ---- ކިހިނެއް ތޯ ގަވައިދުން ކުރަނީ؟
ހަންސު
22 February 2022
ތިވާހަކަ ލިއުމުންވެސް ތިހިރައަރައިގަނެވެނީ އޭނާގެ ހައްގަށްނޫންތޯ! އޭނަގެ ހާދަބޮޑު ހައްގެއް އެބައޮވެއޭ! އެހައްގު ބައިނަލްއަގުވާމީ މުވާހަދާތަކުން ރައްކާތެރިކޮށްދެއެވެ. އެމުވާހަދާތަކަށް ކޮށްނުދެވޭކަމަކީ ތީނަގެފަރާތުން ލިބޭ އުނދަގުލާއި ވޭނަށް ލުޔެއްލިބިނުދެވުމެވެ.
ވިސްނާށޭ
22 February 2022
ތިޔަކުދިންނަށް ފަރުވާ ކުރުމަށް ސިފައިންގެ ޓްރެއިނިންގ ސެންޓަރ (ގިރިފުށި) ނުވަތަ ޕޮލިސް ޓްރެއިނިންގ ސެންޓަރ (ވާނީ) އަށް ގެންގޮސްގެން އެކުދިން މުޖުތަމައުއަށް ބޭނުންތެރި ކުދިންނަށް ހަދާ ބަލަރިހެބަށް ށޭ ކިޔާފައި ކޮންމެވެސް ރަށެއްގައި ހުންނަ ޖެންޑާގެ ތަނަކަށް ބަދަލު ކުރުމުން ވާގޮތަކީ އެކުއްޖާ އެތަނުން ނިކުމެ ރަށުތެރޭގައި އުޅޭ ކުދިންނާ ގުޅި އެކުދިން އޭގެ ތެރެއަށް ވައްދާކަން ފާހަގަ ކުރެވޭ މީގެ ސަބަބުން އިތުރު ކުދިންތަކެއް އެކަމުގެ ތެރެއަށް ވަދެގެން ދަނީ
މިކަމާ ވިސްނާ.
22 February 2022
ގައުމުދެކެ ލޯބިނުވާ މަޖިލިސް މެންބަރުން ގިނަ ވީމާ މިހެން ދިމާވާނެ. ސީދާ ރައްޔިތުންނާއި ގުޅިފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރަން ގާނޫނެއް ހަދަނީ އެއް ނޫން. ޒުވާބު ކުރުމާއި ކުޅޭ ކުޅޭ ވާހަކަ ދެއްކުން އޮންނަނީ. ކުއްވެރިންގެ ހައްގު ހޯދަން އެކިއެކި އިޖުރާތްތައް ފާސް ކުރަނީ. ކުއްވެރިންނަށް ހައްގުދީ ގައުމު ހަލާކު ކުރަނީ. ހުރިހާ އިއްޒަތްތެރިން ދަރިން ތަރުބިއްޔަތު ކުރަނީ ރާއްޖޭން ބޭރުން. ހަލާކުވެގެން ދަނީ ނިކަމެތިންގެ ދަރިން
و ن ه
21 February 2022
ގަނޫނު ހެދުމުގައި ރަނގަޅު ވިސްނުމާއި ނުބައި ވިސްނުން ވެސް އޮވެދާނެއެވެ. މިގައުމުން ފެނިގެންދާ ނަތީޖާއިން މަންޒަރު ތަފާތެވެ. 1 ގުރަމު ޑްރަގު އަތުގައި އޮތުން ކުޑަކަމަކަށްނުވި ދުވަސް މާޟިވެގޮސް މިހާރު ވަކާލާތު ކުރެވެމުން މިދަނީ 14ގުރާމް ޑްރަގު އަތުގައި އޮތްމީހާ އަށް ދޭންވާ ލުއިތަކެވެ. މަޖިލިސްގޮޑިތަކުގައި ތައްމަކުނު ގިނައިން އެޅިވަރަކަށް މެމްބަރުންގެ ހަށިކޮޅުން ލޭގޮދު ބޯލެއް ގިނަވަނެއެވެ. ގައިގެ އެތަންމިތަނުގައި ހިރުވަތީ ފެންނާނެއެވެ.
އޮނަރަބްލް އަފީފު ދީދީ
21 February 2022
ފަންސާސް އަހަރު ފުރުނު ޓްއަރިޒަމްގެ ބާނީން ނުވަތަ "ޕައިނީއަރުން" ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން ދުނިޔޭގެ ފެންވަރުގެ މަހުޖަނުންނަށްވެ ދިވެހި ދައުލަތަށްވުރެން އެމީހުންގެ މުއްސަނދިކަން ބޮޑުވެއްޖެ. # ޤައުމުގެ ވަޒަންވެރިންގެ ދަރިންގެ އުމުރުން 14 އަހަރު ފުރެނީ "ސެކްސް ރިންގްތަކާއި ޑްރަޤް އަދި މަނީ ލޮންޑަރިންގެ އަމަލުހިންގާ " ގޭންގް ތަކުގެ ބޮޑުން ގެންގުޅޭ ކުއްތާތަކެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް. މިއީ ޙަޤީގަތުގައި ކަންހިގާގޮތް އިގޭތޯ.
ގަފސފ
21 February 2022
މަސްތުވާ ތަކެއްޗާ އެކު ބޭނުން ކުރާ މީހާ ވެސް ނައްތާލަންވީ.
ލަތީފާ
21 February 2022
ކޮބާތަ މޫތައް އެބުރިބުރި ކޮއްގެން މެނުވީ ފުލުހުންނަށް ތިޔަކަން ނުހުއްޓުވޭނެ
އިންސާނަ
21 February 2022
ތިވަރުން ދެން ގެންގޮސް ޖަލަށް ލާބަލަ
ސަންޓޭ
21 February 2022
އަކަ ކިލޯމީޓަރު ވެސް ހަމަ ނުވާތަނެއް ނުބެލެހެއްޓިގެން ދެ ހާހެއް ހާ ފުލުހުން މި އުޅެނީ.. ދެން ކޮން ވާހަކަ އެއްތޯ މިދައްކަނީ.. އަމިއްލަ އަށް ބަރަހަނާ އެއް ނޫންތޯ ތި ވަނީ.